logo
Bank of Maldives

Bank of Maldives

ޚަބަރު

ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް މިރޭ ހުޅުވަނީ

އައިޝަތު ނަޝާ
9 ނޮވެމްބަރު 2025 - 06:43
 ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް މިރޭ ހުޅުވަނީ

ކުލަގަދަ ރަސްމިއްޔާތަކާއެކު ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް މިރޭ ރަސްމީކޮށް ހުޅުވާނެއެވެ.

ހަނިމާދޫގައި ބާއްވާ ޚާއްސަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދެކަނބަލުންނެވެ. އަދި ސަރުކާރުގެ އިސްވެރިން ވެސް މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަންނަވައެވެ.

މިރޭގެ ރަސްމިއްޔާތަށް، ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ފުރަތަމަ ފަހަރަށް އޭ-320 މަރުކާޒުގެ މަތިންދާ ބޯޓެއް ޖައްސާނެއެވެ. މިއީ 150 މީހުންގެ ޖާގައިގެ ނެރޯ ބޯޑީ ފްލައިޓެކެވެ. އޭ-320 ޖައްސަން ފަށަނީ، ރަންވޭ ބޮޑުކޮށް ގެނެސްފަވާ ބަދަލުތަކާއެކުއެވެ.

ރައީސްއާއި މިރޭގެ ރަސްމިއްޔާތުގެ މެހުމާނުންނަށް މަރުޚާބާ ކިޔުމަށް ސަޤާފީ ހުށައެޅުމެއްވެސް ކުރިއަށްދާނެއެވެ. އަދި ހަވާއެރުވުމުގެ ހަރަކާތެއްވެސް ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

3 އަހަރަށްފަހު މި މަސައްކަތް ނިމުމަކާ ހަމައަށް އައިސްފަވާއިރު، ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓަކީ މުޅި އުތުރުގެ ތަރައްޤީއާއި ގުޅިފަވާ ވަރަށް މުހިންމު މަޝްރޫޢެކެވެ. އަދި ސަރަޙައްދުގެ ރައްޔިތުންގެ އުއްމީދާއި ހުވަފެންތަކާ ގުޅިފަވާ ވަރަށް މުހިންމު މަޝްރޫޢުއެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ރަސްމިއްޔާތު އޮންނަނީ ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް ސަރަޙައްދުގައެވެ.

ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް މަޝްރޫޢާއެކު އަހަރަކު 1.3 މިލިޔަން ޕަސެންޖަރުންނަށް ޚިދުމަތް ދެވޭނެއެވެ. އަދި މި މަޝްރޫޢުއާއެކު މުޅި ސަރަޙައްދަށް އިޤްތިޞާދީ ބޮޑެތި ކުރިއެރުންތަކެއް ލިބޭނެކަމަށް ދެކެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބަންގްލަދޭޝްއަށް ކުރިމަތިވެފައިވާ ފެންބޮޑުވުމުގެ ކާރިސާއާ ގުޅިގެން ރައީސް ތަޢުޒިޔާއާއި ހަމްދަރުދީޚަބަރު | 4 ގަޑިއިރު ކުރިން"ގްރޭޓަރ މާލެ ޓްރާންސްޕޯޓް އެންޑް މޮބިލިޓީ އޮފީސް" އުފައްދަވައިފިޚަބަރު | 7 ގަޑިއިރު ކުރިންޤަތަރުގެ ކުރީގެ އަމީރު އަވަހާރަވުމުމާ ގުޅިގެން ރައީސް ތައުޒިޔާ ވިދާޅުވެއްޖެޚަބަރު | 11 ގަޑިއިރު ކުރިންޞިއްޙީ އޮނިގަނޑުތައް ދެމެހެއްޓުމަށް، ޒުވާނުންގެ ޞިއްޙަތަށް ވުނަކުރުމަކީ ލާޒިމު ކަމެއް: ރައީސްޚަބަރު | ދުވަހެއް ކުރިން