ރަސްދޫ ކައުންސިލުން އެދުނީ ބަނދަރުގެ މަސައްކަތް އަވަސްކޮށްދިނުމަށް
20 އޯގަސްޓު 2025 - 16:31

އއ. ރަސްދޫ ބަނދަރުގެ މަސައްކަތް ހުއްޓިފައި އޮތުމުން ރަށަށް ލިބެމުންދާ ދަތިތަކުގެ މައުލޫމާތު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާ ހިއްސާކޮށްފިއެވެ.
މި މައުލޫމާތު ހިއްސާކުރީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، އަރިއަތޮޅު އުތުރުބުރީ ރަސްދޫ ކައުންސިލާއި، އ.ތ.މ ކޮމިޓީ އަދި ރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން ކުރެއްވި މަޝްވަރާތަކުގެ ތެރެއިންނެވެ.

Ad by Hajj Corporation
މި ބައްދަލުކުރެއްވުމުގައި، ކައުންސިލްގެ ފަރާތުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި ބަނދަރު ތަރައްޤީ ކުރުމުގެ މަސައްކަތާއިއެކު ފިނޮޅުގެ މަސައްކަތް ހުއްޓުމެއްނެތި ކުރިއަށްގެންދިއުމަށާއި، ރަށުގެ ތަރައްޤީއަށްޓަކައި މިހާރު ފަށާފައި ހުރި ޕްރޮޖެކްޓްތައް ނުހުއްޓި ކުރިއަށް ގެންދިއުމަށް އެދިވަޑައިގެންނެވިއެވެ. އަދި ރަށުގެ ބަނދަރުގެ މަސައްކަތް ހުއްޓިފައި އޮތުމުން ރަށަށް ލިބެމުންދާ ދަތިތަކުގެ މައުލޫމާތު ކައުންސިލުން ހިއްސާކުރެއްވިއެވެ. މީގެއިތުރުން ސްކޫލްގެ ޖާގައިގެ ދަތިކަމާއި ޞިއްޙީ މަރުކަޒުގެ މުވަޒަފުންގެ ދަތިތައް ހައްލުކޮށްދެއްވުމަށްވެސް އެދިވަޑައިގެންނެވިއެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަން ބައްލަވާނެކަމުގައި ވިދާޅުވެފައެވެ. އަދި ބައްދަލަކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންނާއި، ދައުލަތުގެ ކުންފުނިތަކުގެ ވެރިން މެދުވެރިކުރައްވައި އެމަނިކުފާނު ވަނީ ރަށުގައި ކުރިއަށްދާ މަޝްރޫޢުތަކުގެ އަދާހަމަ މަޢުލޫމާތު ޙިއްޞާކުރައްވާފައެވެ.