logo
MPL - Maldives Maritime Conference

MPL - Maldives Maritime Conference

ޚަބަރު

ތޮއްޑޫއަށް އުފާވެރިކަން، އަންނަ އަހަރުގެ ފެބްރުއަރީ މަހު ސީޕްލޭންގެ ޚިދުމަތް ފަށަނީ

މުހައްމަދު މޫސާމުހައްމަދު މޫސާ
20 އޯގަސްޓު 2025 - 18:51
ތޮއްޑޫއަށް އުފާވެރިކަން، އަންނަ ފެބްރުއަރީ މަހު ސީޕްލޭންގެ ޚިދުމަތް ފަށަނީ

އއ. ތޮއްޑޫގައި އަންނަ އަހަރުގެ ފެބްރުއަރީ މަހު ސީޕްލޭން ޚިދުމަތް ފަށަން ނިންމަވާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

އއ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި ތޮއްޑުއަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ އެކު ބޭއްވެވި ބައްދަލުވުމުގައި ރައީސް މުއިއްޒު ވިދާޅުވީ، ރާއްޖޭގެ އިގްތިސާދަށް އެންމެ ބޮޑު ކުރިއެރުމެއް ލިބޭ ޓޫރިޒަމް ދާއިރާ އާއި މަސްވެރިކަމާއި ދަނޑުވެރިކަމުގެ އެންމެ ކުރީ ސަފުގައި ދެހާހެއްހާ މީހުން ދިރިއުޅޭ ތޮއްޑޫ ފާހަގަކުރެވޭ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި، އެ ރަށަށް ޚާއްސަ ސީޕްލޭން ޕްލެޓްފޯމް ގާއިމުކޮށްދީ، އެކަމަށް ބޭނުންވާ ހުރިހާ ތައްޔާރީތަކެއް ވުމަށްފަހު، އަންނަ އަހަރުގެ ފެބްރުއަރީ މަހުން ފެށިގެން ސީޕްލޭން ޝެޑިއުލްތައް އެ ރަށަށް ފެށޭނެއެވެ. އަދި މި ޚިދުމަތުގެ ސަބަބުން މިހާރު އެ ރަށުގެ ފަތުރުވެރިންގެ ހުރި ކަންބޮޑުވުންތަކަށް ހައްލު ލިބޭނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ތޮއްޑޫއަކީ ލޯކަލް ޓޫރިޒަމް ފައްކާވެފައިވާ، ގިނަ ފަތުރުވެރިންތަކެއް ޒިޔާރާތްކުރާ ރަށެއްގެ ގޮތުގައި ފާހަގަކޮށްލެވޭއިރު، މޫސުން ގޯސްވެ، ކަނޑުގަދަވާ ހާލަތްތަކުގައި ފަތުރުވެރިން ކުރާ ދަތުރުތަކަށް ބުރޫ އަރާކަމުގެ ޝަކުވާތައް އެ ރަށުން އަންނަމުންދެއެވެ. ނަމަވެސް ސީޕްލޭންގެ ޚިދުމަތް ފެށުމާއެކު މިފަދަ ދަތިތަކަށް ނިމުމެއް އަންނާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވެފައިވެއެވެ.

ފަތުރުވެރިކަން އިތުރަށް ކުރިއެރުވުމަށް ކޮށްދެވެން ހުރި އެހެނިހެން ކަންކަންވެސް ސަރުކާރުން ކޮށްދެއްވާނެ ކަމުގެ ޔަގީންކަން ރައީސް މުއިއްޒު ތޮއްޑޫގެ ރައްޔިތުންނަށް ދެއްވާފައިވެއެވެ.

ރައީސްގެ ދަތުރުފުޅުގެ ތެރެއިން މިއަދު ވަނީ ތޮއްޑޫގައި ކައުންސިލް އިދާރާގެ އައު އިމާރާތާއި ފުލުހުންގެ މަރުކަޒާއި، ތޮއްޑޫ ބީއެމްއެލް ބްރާންޗްގެ ބިންގާ އަޅާފައެވެ. އަދި  ތޮއްޑޫގެ ނަރުދަމާ ނިޒާމުގެ ޚިދުމަތާއި، ޑޮލަރު އޭޓީއެމްގެ ޚިދުމަތް ވެސް މިއަދު ވަނީ ރަސްމީކޮށް ފަށާފައެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެދެނީ ރައްްޔިތުންނަށް އުފާ ފާގަތިކަން - ދެއްވި ފުރުސަތަށް ރައީސް އަށް ޝުކުރު!ޚަބަރު | 15 ގަޑިއިރު ކުރިންވޭމަންޑޫ ބިން ހިއްކުމުގެ މަޝްރޫޢު ނިންމާލައިފިޚަބަރު | 17 ގަޑިއިރު ކުރިންދުނިޔޭގެ ޞިއްޙަތު ރައްކާތެރިކުރުމުގައި ސައިންސްގެ ދައުރު މުހިންމު: ރައީސްޚަބަރު | 18 ގަޑިއިރު ކުރިންއިޖުތިމާއީ ގޮންޖެހުންތަކާ ދެކޮޅަށް މަސައްކަތްކުރުމުގައި ކުޅިވަރަކީ ވަރުގަދަ ބާރެއް: ރައީސްޚަބަރު | 2 ދުވަސް ކުރިން