ރާއްޖޭގައި ކުޑަކުދިންނަށް ޖެހޭ ރޯގާއެއް އިތުރުވަނީ

25 ސެޕްޓެމްބަރު 2024 - 04:07

ކުޑަކުދީންގެ ތެރޭގައި އާރުއެސްވީ (ރެސްޕިރޭޓަރީ ސިންސީޝިއަލް ވައިރަސް) ނުވަތަ ނޭވާލާ ނިޒާމަށް ޖެހޭ ވަައިރަހުގެ ކޭސްތައް އިތުރުވަމުންދާތީ ސަމާލުވާން އެޗްޕީއޭއިން އިލްތިމާސްކޮށްފިއެވެ.
މިއީ އާންމުކޮށް މި ޖެހޭ ރޯގާއާ އެއްވައްތަރެއްގެ ނިޝާންތަކެއް ފެންނަ ރޯގާއެކެވެ. ހުންއައުން، ކެއްސުން، މޭގަ ރިއްސުން، އަދި ނޭވާލާން އުނދަގޫވާނަމަ ޑޮކްޓަރެއްގެ ލަފާ ހޯއްދެވުމަށް އެޗްޕީއޭ އިން އިލްތިމާސްކުރައްވައެވެ.

Ad by Hajj Corporation
މި ރޯގައަކީ އާންމުކޮށް ތުއްތު ކުދިންނަށް ޖެހޭ ރޯގާއެކެވެ. ތިން އަހަރުން ދަށުގެ ކުދިންނަށް މި ބަލި ޖެހުމުގެ ފުރުސަތުބޮޑެވެ.
މި ބަލިން ރައްކާތެރިވުމުގެ ގޮތުން ގިނަގިނައިން އަތް ދޮވުމާއި، ގިނަ މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުމަށް އެޗްޕީއޭގެ އިލްތިމާސްގަވެެއެވެ.
މިކަމާ ގުޅިގެން އެޗްޕީއޭއިން އެކްސް ގައި ކުރި ޕޯސްޓެއްގައި ބުނެފައިވާގޮތުން، ކުޑަކުދިންގެ މެދުގައި ރެސްޕިރޭޓަރީ ސިންސިޝަލްގެ ވޭދަނަތައް އިތުރުވުމާ ގުޅިގެން އެކަމުގެ ހާލަތު ކައިރިން ބަލަމުން އަންނަ ކަމަށެވެ. ހަމައެހެންމެ، ކުޑަކުދީންގެ ނޭވާލާ ނިޒާމުގެ ބަލިތައް ފެތުރުނަ ނުދިއުމަށް އަޅަންޖެހޭ ރައްކާތެރިކަމުގެ ފިިޔަވަޅުތައް އެޅުމަށް އިލްތިމާސްކުރާކަމަށްވެސް އެޗްޕީއޭއިން ވަނީ ބުނެފައެވެ.