logo
Bank of Maldives

Bank of Maldives

ޚަބަރު

ދުންފަތުގެ ބާވަތްތައް ވިއްކަން މިހާތަނަށް 200 އަށްވުރެ ގިނަ ލައިސެންސް

އާމިނަތު ޝަފާ
2 އޯގަސްޓު 2025 - 09:58
ދުންފަތުގެ ބާވަތްތައް ވިއްކަން މިހާތަނަށް 200 އަށްވުރެ ގިނަ ލައިސެންސް

ދުންފަތުގެ ބާވަތްތައް ވިއްކުމަށް 200 އަށްވުރެ ގިނަ ލައިސެންސް ދޫކޮށްފައިވާކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ- އެޗްޕީއޭ އިން ބުނެފިއެވެ.

ދުންފަތުގެ ބާވަތްތައް ވިއްކުމަށް ލައިސަންސް ނަގަން ޖެހޭ ގޮތައް ޤާނޫނަށް ބަދަލުގެނެސް އަމަލުކުރަން ފަށާފައިވަނީ މި އަހަރުގެ ޖަނަވަރީ މަހުގެ 15 ވަނަ ދުވަހުން ފެށިގެންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

ދުންފަތް ކޮންޓްރޯލް ކުރުމާ ގުޅޭ އާއްމު ގަވާއިދުގެ ދަށުން ދޫކުރާ ލައިސަންސަށް އެދި 17 އެޕްރީލާއި ހަމައަށް 767 އެޕްލިކޭޝަން ހުށަހަޅާފައިވާއިރު މީގެ ތެރެއިން 652 އެޕްލިކޭޝަން ވެރިފައިކޮށް ނިމިފައިކަމަށް އެޗްޕީއޭއިން މައުލޫމާތުދެއެވެ.
އޭގެތެރޭގައި ތެރޭގައި ހިމެނެނީ ޓޮބޭކޯ ވެންޑަރ ލައިސަންސް އެދި ހުށަހެޅި 608 އެޕްލިކޭޝަނާއި ޓޮބޭކޯ ނިއު ޕްރޮޑަކްޓް ރެޖިސްޓްރޭޝަން ކުރުމަށް ހުށަހެޅި 15 އެޕްލިކޭޝަންގެ އިތުރުން ޓޮބޭކޯ އިމްޕޯޓް ލައިސަންސް އެދި ހުށަހެޅި 28 އެޕްލިކޭޝަން ހިމެނޭކަމަށް އެޗްޕީއޭއިން މައުލޫމާތުދެއެވެ. މީގެ އިތުރުން ޓޮބޭކޯ ރީ އެކްސްޕޯރޓް ލައިސަންސްއަށް އެދި 01 އެޕްލިކޭޝަން ވެރިފައިކޮށްފައިވެއެވެ.

މީގެ ތެރެއިން 243 އެޕްލިކޭޝަން، ޝަރުތު ފުރިހަމަ ނުވުމުގެ ސަބަބުން ކެންސަލް ކޮށްފައިވާއިރު އިޞްލާޙުކުރަންޖެހޭ ބައެއްކަންކަން ހުރުމުން 177 އެޕްލިކޭޝަން މިވަގުތު ހުއްދަނުދީ ހިފަހައްޓާފައިވާކަމަށް އެޗްޕީއޭއިން މައުލޫމާތުދެއެވެ. އަދި އެޕްރޫވް ކުރެވިފައިވާ ނުވަތަ ދުންފަތުގެ ބާވަތްތައް ވިއްކުމުގެ ހުއްދައަށް އެދި ހުށައެޅި ފަރާތްތަކުގެ ތެރެއިން 209 ފަރާތަކަށް މިހާތަނަށް ހުއްދަ ދީފައިވާކަމަށް އެޗްޕީއޭއިން މައުލޫމާތުދެއެވެ.

ދުންފަތުގެ ބާވަތްތައް ވަކިން ނުވަތަ ގަނޑުކޮށް ވިއްކުމުގެ ލައިސަންސް ނެގުމަށާއި އައު ކުރުމަށް 5000 ރުފިޔާގެ ފީއެއް ދައްކަން ޖެހެއެވެ. އަދި އެހެން ލައިސަންސް ނެގުމަށާއި އައު ކުރުމަށް 10،000 ރުފިޔާގެ ފީއެއް ދައްކަން ޖެހެއެވެ.

މި ލައިސަންސްތައް ދޫކުރަނީ 5 އަހަރު ދުވަހަށެވެ. ފަސް އަހަރަށްފަހު އަލުން ލައިސަންސް އައު ކުރަންޖެހޭ ކަމަށާއި ލައިސަންސް ނެގުމަށާއި އައު ކުރުމަށްވެސް ފީ ދައްކަންޖެހޭނެއެވެ.

ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ޤާނޫނު" ގެ ދަށުން އާންމުކޮށްފައިވާ "ދުންފަތް ކޮންޓްރޯލްކުރުމާ ގުޅޭ އާންމު ޤަވާޢިދު"ގެ ދަށުން، ދުންފަތުގެ ވިޔަފާރީގެ މުޢާމަލާތްކުރާ ފަރާތްތަކަށް ލައިސަންސް ނެގުން ލާޒިމުވެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ދުންފަތުގެ ބާވަތްތައް ވިއްކަން މިހާތަނަށް 200 އަށްވުރެ ގިނަ ލައިސެންސްޚަބަރު | މަހެއް ކުރިންނަފްސާނީ ސިއްޙަތުގެ ޤައުމީ ހެލްޕްލައިންގެ ޚިދުމަތް އަލުން ފަށައިފިޚަބަރު | 2 މަސް ކުރިންބޭރަށް ހިންގުމާއި ހޮޑުލުން އަދި އިންފުލުއެންޒާ އެންމެ ގިނައީ މާލެ ސަރަޙައްދުން - އެޗްޕީއޭޚަބަރު | 2 މަސް ކުރިންހައްޖުވެރިން ބަލާ ވީހާވެސް މަދުބަޔަކު އެއާޕޯޓަށް ދިއުމަށް އެޗްޕީއޭއިން އިލްތިމާސްކޮށްފިޚަބަރު | 3 މަސް ކުރިން