logo
Bank of Maldives

Bank of Maldives

ޚަބަރު

ސަމާލުވޭ! މާލެ ސަރަހައްދުގައި ނުރައްކާ މިންވަރަށް ވައި ނުސާފުވެ އޮރެންޖް ސަމާލު ނެރެފި

އާމިނަތު ޝަފާ
12 ޑިސެމްބަރު 2025 - 12:24
ސަމާލުވޭ! މާލެ ސަރަހައްދުގައި ނުރައްކާ މިންވަރަށް ވައި ނުސާފުވެ އޮރެންޖް ސަމާލު ނެރެފި

މާލެ ސަރަހައްދުގައި ވައި ނުސާފުވެ ދުރު ފެންނަ މިންވަރު ނުރައްކާ މިންވަރަކަށް ދަށްވެފައިވާތީ، އޮރެންޖު ސަމާލު ނެރެފިއެވެ.

ދުންފުހުގެ ސަބަބުން އުތުރާއި މެދުރާއްޖެތެރޭގައި ވައި ނުސާފުވެ ހަމަ ލޮލަށް ސާފުކޮށް ފެންނަ ދުރުމިން ވަނީ ދަށްވެފައެވެ. އެގޮތުން މި ދުވަސްވަރު މާލެ ސަރަހައްދުގެ ވައިގެ ނުސާފުކަން އިތުރުވެ ދުރު ފެންނަ މިންވަރު ހުރީ 7000 މީޓަރުގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިހާރު މާލެ ސަރަހައްދުގެ ވައި ހުރީ ނޭވާލާ ނިޒާމުގެ ބަލިތައް ތަހަައްމަލުކުރާ މީހުންނާއި ކުޑަކުދިންގެ ސިއްހަތަށް ސަމާލުކަން ދޭންޖެހޭ މިންވަރަކަށެވެ.

ވައި ނުސާފުވެފައިވާ ދުވަސްވަރު ފުއްޕާމޭގެ ބައްޔާއި ހިތުގެ ބައްޔާއި އެލާޖީ ހުންނަ މީހުންގެ އިތުރުން ކުޑަކުދިންނާއި ދޮށީ އުމުރުގެ މީހުން އަދި މާބަނޑު މީހުން ގިނަ ވަގުތު ބޭރުގައި ހޭދަ ނުކުރުމަށް ކަމާ ބެހޭ އިދާރާތަކުން އިލްތިމާސް ކުރެއެވެ. މީގެ އިތުރުން ބޭރަށް ނިކުންނަން ޖެހޭ ހާލަތްތަކުގައި ރައްކާތެރި މާސްކު އެޅުމަށާއި ގޭގެ ދޮރުތައް ލައްޕާފައި ބެހެއްޓުމަށްވެސް އިލްތިމާސް ކޮށްފައިވެ އެވެ.

މީގެ އިތުރުން ވައި ނުސާވުމުގެ ސަބަބުން ނާޒުކު ހާލަތުގައިވާ ފަރާތްތަކާއި އާއްމު ފަރާތްތަކަށްވެސް ނޭވާލާ ނިޒާމުގެ މައްސަލަތައް ދިމާވުމުގެ ފުރުސަތު ބޮޑުވާނެތީ އެއާރ ޕިއުރިފަޔަރ ބޭނުންކުރުމަށާއި ބޭރުގައި ކުޅިވަރު ކުޅުމާއި ކަސްރަތު ކުރުންފަދަ ކަންތައްތައް މަޑުޖައްސާލުމަށް އެޗްޕީއޭއިންވަނީ އިލްތިމާސްކޮށްފައެވެ.

މާލެ ސަރަހައްދުގައި ނުރައްކާ މިންވަރަށް ވައި ނުސާފުވެފައި ވާއިރު ށ. ފުނަދޫ، ދ.ކުޑަހުވަދޫ، ލ.ގަން، އަދި ފުވައްމުލަކުގެ އިތުރުން އައްޑޫއަށްވެސް އަށް ވަނީ މެދުމިންވަރަކަށް ވައި ނުސާފުވާނެކަމަށް ލަފާކޮށް ރީނދޫ ސަމާލުނެރެފައެވެ.

ރާއްޖޭގެ އުތުރާއި މެދުތެރޭގެ ހިސާބުތަކަށް ކުރިއަށް އޮތް ހަފުތާގެ ތެރޭގައިވެސް ދުންފުހުގެ އަސަރުކުރާނެކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން މައުލޫމާތުދީފައިވާއިރު ރާއްޖެ ސަރަހައްދުގެ ވައި ނުސާފުވެ ދުރު ފެންނަ މިންވަރު ދަށަށް ގޮސްފައިވަނީ އިންޑިއާ އާއި ޕާކިސްތާން އަދި ޗައިނާ ހިއްސާކުރާ ފަރުބަދަ "ހިމާލިޔާ" އަށް ޖެހޭ ނުސާފު ވައި ރާއްޖެއާ ދިމާލަށް ދަތުރުކުރާތީއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކުރިޔަށް އޮތް ތިން ދުވަސްތެރޭ ވައި ސާފުވާނެ: މެޓްޚަބަރު | 17 ދުވަސް ކުރިންސަމާލުވޭ! އަދިވެސް ރާއްޖޭގެ ވައިނުސާފު!ޚަބަރު | 19 ދުވަސް ކުރިންނުރައްކާތެރި މިންވަރަށް ވައި ނުސާފުވެ ރަތް އިންޒާރު!ޚަބަރު | 20 ދުވަސް ކުރިންވައި ނުސާފުވެ، ރައްކާތެރިކަމުގެ ފިޔަވަޅު އަޅަން އެޗްޕީއޭއިން އެދިއްޖެޚަބަރު | މަހެއް ކުރިން