logo
Bank of Maldives

Bank of Maldives

ޚަބަރު

ސަމާލުވޭ! އަދިވެސް ރާއްޖޭގެ ވައިނުސާފު!

ޒިދާން މުޙައްމަދު
20 ފެބްރުއަރީ 2026 - 05:17
ސަމާލުވޭ! އަދިވެސް ރާއްޖޭގެ ވައިނުސާފު!

މިމަހުގެ 21 ގެ ނިޔަލަށް ރާއްޖޭގެ ސަރަހައްދުގައި ނުރައްކާތެރި މިންވަރަށް ވައި ނުސާފުވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ ލަފާކޮށްފައެވެ.

ވައި ނުސާފުވެ މެޓް އޮފީހުން ރަތް އިންޒާރު ނެރެފައިވާތީ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވެސް ވަނީއިލްތިމާސްކޮށްފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެޗްޕީއޭއިން ސޯޝަލްމީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ ރާއްޖޭގެ މޫސުމާ ބެހޭ އިދާރާ، މެޓް އޮފީހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖޭގެ ބޮޑު ސަރައްހައްދަކަށް މިއަދު ދުންފުހުގެ ނުވަތަ ނުސާފު ވައިގެ އަސަރުކުރާނެއެވެ.

މިކަމާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުއްވުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އެޗްޕީއޭ އިން އެދިފައިވެއެވެ.

ވިލިމާލޭގައި ހުންނަ ގައުމީ ޔުނިވާސިޓީގެ ސެންޓަ ފޯ މެރިޓައިމް ސްޓަޑީސްގެ ކެމްޕަސް އިމާރާތުގައި ބަހައްޓާފައިވާ އެއާ ކޮލިޓީ މޮނީޓަރިން ސިސްޓަމުން ދައްކާ ގޮތުން، އެ ސަރަހައްދުގެ ވައިގެ ކޮލިޓީ މިވަގުތު ހުރީ 154 ގައެވެ. 

އެއާ ކޮލިޓީ އިންޑެކްސް 151-200 އާ ދެމެދުގައި ހުންނަ ނަމަ ނެރެނީ ރެޑް އެލާޓް ނުވަތަ ރަތް އިންޒާރެވެ. އޭގެ މަނާއަކީ ވައިގެ ނުސާފުކަން، އެންމެންނަށް ނުރައްކާވާ މިންވަރަށް ހުރުމެވެ. އަދި އެއާ ކޮލިޓީ އިންޑެކްސް 101-150 އާ ދެމެދުގައި ހުންނަ ނަމަ ނެރެނީ އޮރެންޖު އެލާޓް ނުވަތަ އޮރެންޖު އިންޒާރެވެ. އޭގެ މާނައަކީ ހައި ރިސްކު މީހުން ހާއްސަ ސަމާލުކަމެއް ދޭން ޖެހުމެވެ. 

"އައިކިއު އެއާ"ގައި ހުރި މައުލޫމާތުން ދައްކާ ގޮތުން ވިލިމާލޭގައި "ފައިން ޕާޓިކިއުލޭޓް މެޓާ" (ހިރަފުސް ކުނޑި) ނުވަތަ ޕީއެމް2.5 މިހާރު ހުރީ ކޮންމެ ކިއުބިކް މީޓަރެއްގައި 60 މައިކްރޯ ގްރާމްގަ އެވެ. އެއީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ކަނޑައަޅާފައިވާ އެންމެ ދަށް މިންވަރަށް ވުރެ 12 ގުނަ މަތީ މިންވަރެކެވެ.

ރާއްޖޭގެ އެކި ހިސާބުތަކުގައި ވައިގެ ކޮލިޓީ ހުރި މިންވަރު:

  • ހދ. ކުޅުދުއްފުށީގައި ހުރީ 159 ގައި
  • ށ. ފުނަދޫގައި ހުރީ 68 ގައި
  • ދ. ކުޑަހުވަދޫގައި ހުރީ 119 ގައި
  • ފުވައްމުލަކުގައި ހުރީ 82 ގައި
  • އައްޑޫގައި ހުރީ 110 ގައި

މިހާރު އާންމުކޮށް ކޮންމެ އަހަރަކު ވެސް، އިރުވައި މޫސުމުގައި ރާއްޖެއަށް ޖައްވު ތަޣައްޔަރުވުމުގެ ސަބަބުން ހޭޒް ނުވަތަ ފުސްކަމުގެ އަސަރު ކުރެއެވެ. ރާއްޖޭގެ ޖައްވު ތަޣައްޔަރު ވަނީ އުތުރު އިންޑިއާގެ ސަރަހައްދުތަކުގައި އަންނަ ނުސާފު ވައިގެ ސަބަބުންނެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ސަމާލުވޭ! އަދިވެސް ރާއްޖޭގެ ވައިނުސާފު!ޚަބަރު | ގަޑިއިރެއް ކުރިންނުރައްކާތެރި މިންވަރަށް ވައި ނުސާފުވެ ރަތް އިންޒާރު!ޚަބަރު | 20 ގަޑިއިރު ކުރިންމޫސުން ރަނގަޅަސް ކަނޑުތައް ގަދަ!ޚަބަރު | 7 ދުވަސް ކުރިންކުރިއަށް އޮތް 24 ގަޑިއިރު މޫސުން ގޯސްވާނެ: މެެޓް އޮފީސްޚަބަރު | 12 ދުވަސް ކުރިން