logo
MPL - Maldives Maritime Conference

MPL - Maldives Maritime Conference

ޚަބަރު

އަންގާރައިން ފެށިގެން ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަ ކުރާނެ: މެޓް އޮފީސް

އައިޝަތު ނަޝާ
5 އޭޕްރީލު 2026 - 11:53
އަންގާރައިން ފެށިގެން ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަ ކުރާނެ:މެޓް އޮފީސް

އަންގާރަ ދުވަހުން ފެށިގެން ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަ ކުރާނެ ކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ބުނެފިއެވެ. ބޮޑަށް ވިއްސާރަ ކުރާނެ ކަމަށް ލަފާ ކުރެވެނީ އަންގާރަ ދުވަހު މެންދުރު ފަހުކަމަށް އެ އިދާރާއިން ލަފާކުރެއެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރައިން މި ހަފުތާގައި މޫސުން ލަފާކުރާގޮތަށް ބަލާއިރު ކުރިއަށް އޮތް 5 ދުވަހު ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަ ކުރާނެއެވެ. އަދި ބޮޑަށް ވިއްސާރަ ކުރާނެ ކަމަށް ލަފާކުރެވެނީ ދެކުނާއި މެދުރާއްޖެ ތެރެއަށް ކަމަށެވެ. އަދި ބުދަ ދުވަހު އުތުރުގެ ސަރަހައްދަށް ކެރީގެ އަސަރު ފޯރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރައިން އިތުރަށް ބުނީ، އުތުރާއި މެދުތެރޭގެ އަތޮޅުތަކަށް ހުޅަނގުދެކުނާއި ހުނޅަގުން ގަޑިއަކު 4 މޭލާއި 10 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށެވެ. އަދި ދެކުނުގެ އަތޮޅުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 3 މޭލާއި 10 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށެވެ. އަދި ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް ވެސް އެ އިދާރާއިން މައުލޫމާތުދެއެވެ.

އަދި މި ވިއްސާރައަކީ ދިގުދެމިގެން ދާނެ ވިއްސާރައެއް ނުން ކަމަށްވެސް މެޓު އޮފީހުން ވަނީ ބުނެފައެވެ.

މި ހަފުތާގައި ވިއްސާރަކުރާނެ ކަމަށް ލަފާކޮށްފައިވާއިރު މިއީ ރާއްޖެއަށް އެންމެ ހޫނު ގަދަ ދުވަސްވަރެވެ. އެގޮތުން މިދިޔަ މަހުން ފެށިގެން އިޙްސާސް ކުރެވޭ ހޫނުމިން ވަނީ މަތިވެފައެވެ. އަދި މިދުވަސްވަރުވެސް ރާއްޖޭގެ ބޮޑު ބަޔަކަށް އިޙްސާސް ކުރެވޭ ހޫނު މިން ހުރީ 37 ޑިގްރީ ސެލްސިއަސްވުރެ މަތީގައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އަންގާރައިން ފެށިގެން ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަ ކުރާނެ:މެޓް އޮފީސްޚަބަރު | 4 ގަޑިއިރު ކުރިން ބާރުގަދަ ބިންހެލުމަކާއެކު ސުނާމީގެ އިންޒާރުޚަބަރު | 4 ދުވަސް ކުރިންސަމާލުވޭ! އަދިވެސް ރާއްޖޭގެ ވައިނުސާފު!ޚަބަރު | މަހެއް ކުރިންމޫސުން ރަނގަޅަސް ކަނޑުތައް ގަދަ!ޚަބަރު | 2 މަސް ކުރިން