logo
MPL - Maldives Maritime Conference

MPL - Maldives Maritime Conference

ޚަބަރު

ބާރުގަދަ ބިންހެލުމަކާއެކު ސުނާމީގެ އިންޒާރު

މުހައްމަދު މޫސާމުހައްމަދު މޫސާ
2 އޭޕްރީލު 2026 - 02:47
 ބާރުގަދަ ބިންހެލުމަކާއެކު ސުނާމީގެ އިންޒާރު

އިންޑޮނޭޝިއާގެ ޓާނޭޓްގެ އައްސޭރިފަށުން އުތުރު މޮލުކާ ކަނޑަށް ރިކްޓަރ މިންގަނޑުން 7.8 ގެ ބާރުގަދަ ބިންހެލުމެއް އައިސްފިއެވެ.

ޔުނައިޓެޑް ސްޓޭޓްސް ޖިއޮލޮޖިކަލް ސާވޭ (ޔޫ.އެސް.ޖީ.އެސް) އިން ހާމަކޮށްފައިވާ ގޮތުގައި، މި ބިންހެލުމާ ގުޅިގެން އެ ސަރަހައްދުގެ އަވަށްޓެރި ގައުމުތަކަށް މިހާރު ވަނީ ސުނާމީގެ އިންޒާރު ނެރެފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ޔޫ.އެސް.ޖީ.އެސް އިން މައުލޫމާތު ދޭ ގޮތުގައި މި ބިންހެލުން އައިސްފައިވަނީ ބިމުގެ 10 ކިލޯމީޓަރު އަޑިއަށެވެ. ބިންހެލުން އައި ސަރަހައްދަކީ 205,000 އަށްވުރެ ގިނަ މީހުންގެ އާބާދީއެއް އޮންނަ އިންޑޮނޭޝިއާގެ ނޯތު މަލުކޫ ޕްރޮވިންސްގެ ޓާނޭޓް ސިޓީއާ ގާތްގަނޑަކަށް 120 ކިލޯމީޓަރު ދުރު ސަރަހައްދެކެވެ.

އެމެރިކާގެ ސުނާމީ ވޯނިންގ ސިސްޓަމުން ބުނެފައިވަނީ، ބިންހެލުން އައި ސަރަހައްދުން ފެށިގެން 1,000 ކިލޯމީޓަރުގެ ރޭޑިއަސްއެއްގެ ތެރޭގައި ހިމެނޭ ގައުމުތަކަށް ނުރައްކާ އެބައޮތް ކަމަށެވެ. މީގެ ތެރޭގައި އިންޑޮނޭޝިއާ، ފިލިޕީންސް އަދި މެލޭޝިއާގެ އައްސޭރިފަށުގެ ސަރަހައްދުތަކަށް ނުރައްކާތެރި ސުނާމީ ރާޅުތަކެއް އެރުމުގެ ފުރުސަތު އޮތް ކަމަށް އެ އިދާރާއިން ވަނީ އިންޒާރު ދީފައެވެ.

މި ބިންހެލުމާއި ގުޅިގެން ރާއްޖޭގެ މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް އޮފީސް) އިން ބުނެފައިވަނީ މި ބިންހެލުން އައިސްފައިވަނީ މާލެއާ 5,865 ކިލޯމީޓަރު ދުރަށް ކަމަށެވެ. އެހެންކަމުން މި ބިންހެލުމުގެ ސަބަބުން ރާއްޖެއަށް ސީދާ ނުރައްކަލެއް ނެތް ކަމަށް އެ އިދާރާއިން ވަނީ ކަށަވަރުކޮށްދީފައެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބާރުގަދަ ބިންހެލުމަކާއެކު ސުނާމީގެ އިންޒާރުޚަބަރު | 2 ގަޑިއިރު ކުރިންސަމާލުވޭ! އަދިވެސް ރާއްޖޭގެ ވައިނުސާފު!ޚަބަރު | މަހެއް ކުރިންމޫސުން ރަނގަޅަސް ކަނޑުތައް ގަދަ!ޚަބަރު | 2 މަސް ކުރިންކުރިއަށް އޮތް 24 ގަޑިއިރު މޫސުން ގޯސްވާނެ: މެެޓް އޮފީސްޚަބަރު | 2 މަސް ކުރިން