logo
MPL

MPL

ޚަބަރު

މޫސުން ރަނގަޅަސް ކަނޑުތައް ގަދަ!

ޒިދާން މުޙައްމަދު
13 ފެބްރުއަރީ 2026 - 06:17
މޫސުން ގޯސްވުން
މޫސުން ގޯސްވުން

ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައި ބައެއް ރަށްތަކަށް ކެރީގެ އަސަރު ފޯރިނަމަވެސް މޫސުން އާންމުގޮތެއްގައި ރަނގަޅުވާނެ ކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް - މެޓް އޮފީހުން ނިމުތުކޮށްފިއެވެ.

މެޓް އޮފީހުން ލަފާކުރަނީ މޫސުން އާންމު ގޮތެއްގައި ރަނގަޅުވި ނަމަވެސް ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށެވެ. އެއީ ވައިގެ މިސްރާބު އިރުއުތުރާއި އިރުން ހުރެފައި، ގަޑިއަކު ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކުރެވޭތީއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރާޅުގެ އުސްމިން އާންމުކޮށް ތިން ފޫޓުގައި ހުންނާނެ ކަމަށް ބެލެވުނު ނަމަވެސް ރާޅުގެ އުސްމިން ހަ ފޫޓާ ހަމައަށް އުފުލިދާނެ ކަމަށް ވަނީ ނިމުތުކޮށްފައެވެ.

މެޓް އޮފީހުގެ ނިމުތުގައި މިހެން ބުނެފައިވީ ނަމަވެސް މިއަދު މިނިމޭ ދިނަށަ ނަކަތުގައި އާންމު ގޮތެއްގައި އުޑުމަތި ސާފުވެފައި ކަނޑުތައްވެސް މަޑުވާނެއެވެ. ވައި ޖެހޭނީ އިރު އުތުރުން އާދައިގެން ވަރަކަށެވެ. މާދަމާ ފެށޭ ހިޔަވިހާ ނަކަތުގައިވެސް އުޑުމަތި ސާފުވެފައި، ކަނޑުތައް އާންމު ގޮތެއްގައި މަޑުވާނެއެވެ. މިނަކަތުގައި ވެސް ވައި ޖެހޭނީ އިރު އުތުރުންނެވެ.

އިރުވައިގެ 6ވަނަ ނަކަތް ހިޔަވިހާ ކުރިއަށްދާނީ ފެބްރުއަރީމަހުގެ 14 އިން 26އަށެވެ. އެހެންކަމުން މި ނަކަތުގައި ވަނީ 12 ދުވަހެވެ.

ޖުމުލަ 9 ނަކަތް ހިމެނޭ އިރުވައި މޫސުމުގައި އަދި 3 ނަކަތް އެބައޮތެވެ.

އިރުވައި މޫސުން ނިމި ހުޅަނގު މޫސުން ފެށޭނީ 'އައްސިދަ' ނަކަތުންނެވެ.

 

 

 

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މޫސުމީ އެންމެ ފަހުގެ މަޢުލޫމާތާއި އިންޒާރުތައް ވަގުތުން ލިބޭ 'މޫސުން' އެޕް މެޓުން ތަޢާރަފުކޮށްފިޚަބަރު | 2 ދުވަސް ކުރިންރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުން ގޯސްވެ، ކުރިއަށް އޮތް 5 ދުވަހުވެސް ވިއްސާރަކުރާނެ ކަމަށް ލަފާކޮށްފިޚަބަރު | 3 ދުވަސް ކުރިންރާއްޖޭގެ ބޮޑު ސަރަހައްދަކަށް ނުރައްކާތެރި މިންވަރަކަށް ވައި ނުސާފުވެ، ދުރު ފެންނަ މިންވަރު ވަރަށް ބޮޑަށް ދަށަށްޚަބަރު | 8 ދުވަސް ކުރިން މޫސުން އަލިވާން ފަށާނީ އާދިއްތަ ދުވަހުން ފެށިގެން: މެޓްޚަބަރު | 18 ދުވަސް ކުރިން