logo
Bank of Maldives

Bank of Maldives

ޚަބަރު

ހޫނުވުމާއި ގުޅިގެން ރައްކާތެރިވުމަށް ސަމާލުކަން ދިނުމަށް އިލްތިމާސްކޮށްފި

މުޙައްމަދު އަފްރާޙް
21 މާރިޗު 2026 - 06:23
rg
rg

ހޫނުވުމާއި ގުޅިގެން އިރުގެ ހޫނުން ރައްކާތެރިވުމަށް ސަމާލުކަން ދިނުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.

އެޗްޕީއޭ އިން މިގޮތަށް އިލްތިމާސްކޮށްފައި މިވަނީ މިދުވަސްވަރު ރާއްޖޭގެ ހުރިހާ ހިސާބުތަކަށްވެސް ހޫނުގަދަވާނެ ކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން އާންމުކޮށްފައިވާ ހިސާބުތަކުން ދައްކާފައިވާތީއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މެޓް އޮފީހުން ބުނެފައިވަނީ ކޮންމެ އަހަރެއްގެވެސް މާރިޗު އަދި އޭޕްރީލް މަހަކީ ހޫނުމިން އެންމެ މަށްޗަށް ދާ ދުވަސްވަރުކަމަށެވެ. އަދި މި ދުވަސްވަރު ހޫނު ގަދަވުމަށް މެދުވެރިވާ ސަބަބަކީ ވިލާ މަދުވެ، ވައި މަޑުވެ، ވައިގެ ތެއްކަން ހިފެހެއްޓޭ މިންވަރު މަތިވުމުންނެވެ.

މީގެ އިތުރުން ދުވާލުގެ ހޫނުމިން މަތިވެގެންދާ ވަރާއި ރޭގަނޑުގެ ހޫނުމިން މަތިވެގެންދާ ވަރާ އަޅާބަލާއިރު، އެ ފަރަގުވެސް ކުޑަވާއިރު، މިކަމުގެ ސަބަބުން ޢާންމު ވައިގެ ހޫނުމިނަށްވުރެ އިހުސާސް ކުރެވޭ ހޫނުމިން މަތިވެގެންދާ ކަމަށް ވެސް މެޓް އޮފީހުން ބުނެއެވެ.

މިކަމާގުޅިގެން އެޗްޕީއޭއިން ކުރި ޕޯސްޓެއްގައި ވަނީ، ހޫނު ގަދަވުމުގެ ސަބަބުންނާއި އިރުގެ ދޯދިން ތުއްތު ކުދިންނާއި، ކުޑަކުދިންނަށް ކުރާ އަސަރު މާބޮޑުކަން ފާހަގަކޮށް، އެކަމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް އިލްތިމާސްކޮށްފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ސަމާލުވޭ! ޑެންގޫގެ ނުރައްކަލުގެ ރަނގަބީލު ގަދަވަނީޚަބަރު | 16 ގަޑިއިރު ކުރިން"ނޯ ޓޮބޭކޯ ޑޭ" އެވޯޑަށް ކުރިމަތިލުމުގެ މުއްދަތު އެޗްޕީއޭ އިން އިތުރުކޮށްފިޚަބަރު | 21 ގަޑިއިރު ކުރިންމާރިޗު، އެޕްރީލް ގައި އަރިދަފުސް ރޯގާ ޖެހިގެން 21،687 ކޭސް ރިޕޯޓްކުރިޚަބަރު | 7 ދުވަސް ކުރިންހޫނުވުމާއި ގުޅިގެން ރައްކާތެރިވުމަށް ސަމާލުކަން ދިނުމަށް އިލްތިމާސްކޮށްފިޚަބަރު | މަހެއް ކުރިން