logo
MPL - Maldives Maritime Conference

MPL - Maldives Maritime Conference

ޚަބަރު

އަންގާރަ އަދި ބުދަ ދުވަހު ވާރޭވެހޭނެ ކަމަށް ލަފާކުރެވޭ، އެކަމަކު މިއީ އެންމެ ހޫނުގަދަ އެއް މަސް

މުހައްމަދު މޫސާމުހައްމަދު މޫސާ
6 އޭޕްރީލު 2026 - 02:13
އަންގާރަ އަދި ބުދަ ދުވަހު ވާރޭވެހޭނެ ކަމަށް ލަފާކުރެވޭ، އެކަމަކު މިއީ އެންމެ ހޫނުގަދަ އެއް މަސް

މި ހަފުތާގެ އަންގާރަ އަދި ބުދަ ދުވަހު ރާއްޖޭގެ ބައެއް ހިސާބުތަކަށް ވާރޭވެހި ގުގުރާނެ ކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓު އޮފީސް) އިން ލަފާކޮށްފިއެވެ.

މެޓު އޮފީހުން ހާމަކުރި ގޮތުގައި ކުރިއަށް އޮތް ދެ ދުވަހު ބައެއް ރަށްތަކަށް ވާރޭވެހުނު ނަމަވެސް، މި ހިނގާ އޭޕްރީލް މަހަކީ މުޅި އަހަރުގެ ތެރޭގައި ވެސް ރާއްޖެއަށް އެންމެ ހޫނުގަދަވާނެ މަހެވެ. އެހެންކަމުން ވާރޭވެހުމުގެ ސަބަބުން ހޫނުމިނަށް މާ ބޮޑު ބަދަލެއް އަންނާނެ ކަމަކަށް ނުބެލެވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ތަފާސްހިސާބުތަކަށް ބަލާއިރު، މިވަގުތު ރާއްޖޭގައި އެންމެ ހޫނުގަދަކޮށް ރެކޯޑު ކުރެވިފައިވަނީ މާލެ ސަރަހައްދަށެވެ. މާލޭގައި ވައިގެ ހޫނުމިން ހުރި މިންވަރަށް ވުރެ، އިންސާނާގެ ހަށިގަނޑަށް އިހުސާސްކުރެވޭ ހޫނުމިން ވަނީ 37.3 ޑިގްރީ ސެލްސިއަސްއަށް އުފުލިފައެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނީ ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖޭގެ ކަނޑުތައް އާންމުކޮށް މަޑުވާނެ ކަމަށެވެ. އަދި ވައި ޖެހޭނީ ގަޑިއަކު 3 މޭލާއި 10 މޭލާ ދެމެދުގެ މަޑު ބާރުމިނެއްގައި ކަމަށް ވެސް އެ އިދާރާއިން ލަފާކުރެއެވެ.

މި މަހުގެ ތެރޭގައި ރާއްޖެއަށް މިހާރު ކުރަމުންދާ އިރުވައި މޫސުން ނިމި، ހުޅަނގު މޫސުން ފެށޭނެ ކަމަށް ބެލެވެއެވެ.

ނަމަވެސް، މެޓު އޮފީހުން ލަފާކުރާ ގޮތުގައި ރާއްޖެއަށް ބޮޑަށް ވިއްސާރަ ކުރަން ފަށާނީ އަންނަ މެއި މަހުގެ ތެރޭގައެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އަންގާރަ އަދި ބުދަ ދުވަހު ވާރޭވެހޭނެ ކަމަށް ލަފާކުރެވޭ، އެކަމަކު މިއީ އެންމެ ހޫނުގަދަ އެއް މަސްޚަބަރު | ގަޑިއިރެއް ކުރިންއަންގާރައިން ފެށިގެން ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަ ކުރާނެ:މެޓް އޮފީސްޚަބަރު | 16 ގަޑިއިރު ކުރިން ބާރުގަދަ ބިންހެލުމަކާއެކު ސުނާމީގެ އިންޒާރުޚަބަރު | 4 ދުވަސް ކުރިންސަމާލުވޭ! އަދިވެސް ރާއްޖޭގެ ވައިނުސާފު!ޚަބަރު | މަހެއް ކުރިން