logo
ވަޒީރުންގެ މަޖިލީހަށް ގިނަ ބަދަލުތަކެއް؛ އައު ވުޒާރާތަކާއެކު ވަޒީރުން ހުވާކޮށްފިBank of Maldives

Bank of Maldives

ޚަބަރު

ވައި ނުސާފުވެ، ރައްކާތެރިކަމުގެ ފިޔަވަޅު އަޅަން އެޗްޕީއޭއިން އެދިއްޖެ

ޒިދާން މުޙައްމަދު
30 ޖެނުއަރީ 2026 - 04:24
ވައި ނުސާފުވެ، ރައްކާތެރިކަމުގެ ފިޔަވަޅު އަޅަން އެޗްޕީއޭއިން އެދިއްޖެ

ކުރިއަށް އޮތް ދެ ދުވަހު ރާއްޖޭގެ ޖައްވުގެ ސަރަހައްދުގައި ވައި ނުސާފުވެފައިވާތީ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އެދިއްޖެއެވެ.

އެޗްޕީއޭއިން ބުނީ ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން ތަަފާސްހިސާބުތަކުން ދައްކާގޮތުން ރާއްޖޭގެ ސަރަހައްދުތަކަށް، ހާއްސކަޮށް މެދުރާއްޖެތޭރެ އަތޮޅުކަަަށް ދުންފަހުގެ އަަސަރު ވަަރަށް ބޮޑަށް ކުރަމުންދާ ކަމަށެވެ. އަދި ކުރިއަށް އޮތް ދެ ދުވަހުވެސް ދުންފަހުގެ އަސަރު ރާއްޖޭގައި ހުންނާނެ ކަމަށް ބެލެވޭ ކަމަށް އެޗްޕީއޭއިން ބުންޏެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިކަމާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އެޗްޕީއޭއިން ވަނީ އެދިފައެވެ.

އެގޮތުން ފުއްޕާމޭގެ ބަލިތަކާއި ހިތުގެ ބަލި އަދި އެލާޖީ މައްސަލަތައް ހުންނަ މީހުން ގެއިން ބޭރުގައި ގިނަ ވަގުތު ހޭދަނުކުރުމަށް އިލްތިމާސްކޮށްފައިވެއެވެ.

ބޭރަށް ނުކުންނަން ޖެހޭ ހާލަތްތަކުގައި ރައްކާތެރިކަމަށް މާސްކް އެޅުމަށާއި ގޭގެ ދޮރުތައް ލައްޕާގައި ބެހެއްޓުމަށް އެދިފައިވެއެވެ.

ކުޑަކުދިންނާއި ދޮށީ އުމުރުގެ މީހުންނާއި މާބަނޑު މީހުން ބޭރުގައި ގިނަ ވަގުތު ހޭދަނުކުރުމަށާއި ތުއްތު ކުދިން ބޭރަށް ނުނެރުމަށް ވެސް އެޗްޕީއޭއިން އިލްތިމާސްކޮށްފައިވެއެވެ.

އެޗްޕީއޭއިން ވަނީ ބޭރުގައި ކުޅިވަރު ކުޅުމާއި ކަސްރަތު ކުރުން ފަދަ ކަންތައްތައް މަޑުޖައްސާލުމަށް ވެސް އިރުޝާދުދީފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ހޫނުވުމާއި ގުޅިގެން ރައްކާތެރިވުމަށް ސަމާލުކަން ދިނުމަށް އިލްތިމާސްކޮށްފިޚަބަރު | 25 ދުވަސް ކުރިންމިދިޔަ މަހު ގައިން ގަޔަށް އަރާ ބަލިތައް ފެތުރުނު މިންވަރު ދަށަށް ހިނގައްޖެޚަބަރު | މަހެއް ކުރިންކުރިޔަށް އޮތް ތިން ދުވަސްތެރޭ ވައި ސާފުވާނެ: މެޓްޚަބަރު | 2 މަސް ކުރިންސަމާލުވޭ! އަދިވެސް ރާއްޖޭގެ ވައިނުސާފު!ޚަބަރު | 2 މަސް ކުރިން