logo
Bank of Maldives

Bank of Maldives

ޚަބަރު

ނުރައްކާތެރި މިންވަރަށް ވައި ނުސާފުވެ ރަތް އިންޒާރު!

ޒިދާން މުޙައްމަދު
19 ފެބްރުއަރީ 2026 - 10:31
ނުރައްކާތެރި މިންވަރަށް ވައި ނުސާފުވެ ރަތް އިންޒާރު!

ނުރައްކާތެރި މިންވަރަށް ވައި ނުސާފުވެ ރަތް އިންޒާރު ނެރެފައިވާތީ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.

އެޗްޕީއޭއިން ސޯޝަލްމީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ ރާއްޖޭގެ މޫސުމާ ބެހޭ އިދާރާ، މެޓް އޮފީހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖޭގެ ބޮޑު ސަރައްހައްދަކަށް މިއަދު ދުންފުހުގެ ނުވަތަ ނުސާފު ވައިގެ އަސަރުކުރާނެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިކަމާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުއްވުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އެޗްޕީއޭ އިން އެދިފައިވެއެވެ.

ވިލިމާލޭގައި ހުންނަ ގައުމީ ޔުނިވާސިޓީގެ ސެންޓަ ފޯ މެރިޓައިމް ސްޓަޑީސްގެ ކެމްޕަސް އިމާރާތުގައި ބަހައްޓާފައިވާ އެއާ ކޮލިޓީ މޮނީޓަރިން ސިސްޓަމުން ދައްކާ ގޮތުން، އެ ސަރަހައްދުގެ ވައިގެ ކޮލިޓީ މިވަގުތު ހުރީ 154 ގައެވެ. 

އެއާ ކޮލިޓީ އިންޑެކްސް 151-200 އާ ދެމެދުގައި ހުންނަ ނަމަ ނެރެނީ ރެޑް އެލާޓް ނުވަތަ ރަތް އިންޒާރެވެ. އޭގެ މަނާއަކީ ވައިގެ ނުސާފުކަން، އެންމެންނަށް ނުރައްކާވާ މިންވަރަށް ހުރުމެވެ. އަދި އެއާ ކޮލިޓީ އިންޑެކްސް 101-150 އާ ދެމެދުގައި ހުންނަ ނަމަ ނެރެނީ އޮރެންޖު އެލާޓް ނުވަތަ އޮރެންޖު އިންޒާރެވެ. އޭގެ މާނައަކީ ހައި ރިސްކު މީހުން ހާއްސަ ސަމާލުކަމެއް ދޭން ޖެހުމެވެ. 

"އައިކިއު އެއާ"ގައި ހުރި މައުލޫމާތުން ދައްކާ ގޮތުން ވިލިމާލޭގައި "ފައިން ޕާޓިކިއުލޭޓް މެޓާ" (ހިރަފުސް ކުނޑި) ނުވަތަ ޕީއެމް2.5 މިހާރު ހުރީ ކޮންމެ ކިއުބިކް މީޓަރެއްގައި 60 މައިކްރޯ ގްރާމްގަ އެވެ. އެއީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ކަނޑައަޅާފައިވާ އެންމެ ދަށް މިންވަރަށް ވުރެ 12 ގުނަ މަތީ މިންވަރެކެވެ.

ރާއްޖޭގެ އެކި ހިސާބުތަކުގައި ވައިގެ ކޮލިޓީ ހުރި މިންވަރު:

  • ހދ. ކުޅުދުއްފުށީގައި ހުރީ 159 ގައި
  • ށ. ފުނަދޫގައި ހުރީ 68 ގައި
  • ދ. ކުޑަހުވަދޫގައި ހުރީ 119 ގައި
  • ފުވައްމުލަކުގައި ހުރީ 82 ގައި
  • އައްޑޫގައި ހުރީ 110 ގައި

މިހާރު އާންމުކޮށް ކޮންމެ އަހަރަކު ވެސް، އިރުވައި މޫސުމުގައި ރާއްޖެއަށް ޖައްވު ތަޣައްޔަރުވުމުގެ ސަބަބުން ހޭޒް ނުވަތަ ފުސްކަމުގެ އަސަރު ކުރެއެވެ. ރާއްޖޭގެ ޖައްވު ތަޣައްޔަރު ވަނީ އުތުރު އިންޑިއާގެ ސަރަހައްދުތަކުގައި އަންނަ ނުސާފު ވައިގެ ސަބަބުންނެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ނުރައްކާތެރި މިންވަރަށް ވައި ނުސާފުވެ ރަތް އިންޒާރު!ޚަބަރު | 2 ގަޑިއިރު ކުރިންވައި ނުސާފުވެ، ރައްކާތެރިކަމުގެ ފިޔަވަޅު އަޅަން އެޗްޕީއޭއިން އެދިއްޖެޚަބަރު | 20 ދުވަސް ކުރިންނިޕާ ވައިރަސް ފެތުރޭތީ ސަމާލުވާން އެޗްޕީއޭ އިން އިލްތިމާސްކޮށްފިޚަބަރު | 22 ދުވަސް ކުރިންނޭވާލާ ނިޒާމުގެ ބަލިތައް ވެސް ސަމާލުވާން ޖެހޭ ވަރަށް އިތުރުވެއްޖެޚަބަރު | މަހެއް ކުރިން