logo
Bank of Maldives

Bank of Maldives

ޚަބަރު

ށ.އަތޮޅުގައި ޓޮބޭކޯ ސިޒޭޝަން ތަމްރީނު ޕްރޮގްރާމެއް ބާއްވައިފި

އައިޝަތު ނަޝާ
27 ސެޕްޓެމްބަރު 2025 - 12:11
ށ.އަތޮޅުގައި ޓޮބޭކޯ ސިޒޭޝަން ތަމްރީނު ޕްރޮގްރާމެއް ބާއްވައިފި

ދުންފަތް ކޮންޓްރޯލް ކުރުމުގެ މަސައްކަތްތައް ހަރުދަނާ ކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން ހެލްތު ޕްރޮޓެކްޝަން އެޖެންސީއާއި ށ.އަތޮޅު ހޮސްޕިޓަލާ ގުޅިގެން އެއަތޮޅުގައި ޞިއްޙީ ހިދުމަތްދޭ ފަރާތްތަކަށް "ޓްރޭނިންގ އޮން ބޭސިކްސް އޮފް ޓޮބޭކޯ ސިޒޭޝަން" ގެ ނަމުގައި ތަމްރީނު ޕްރޮގްރާމެއް ބާއްވައިފިއެވެ.

މި ތަމްރީނު ޕްރޮގްރާމްގައި ބައިވެރިވެ އެއަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކުން ޖުމްލަ 22 ބައިވެރިން ވަނީ ތަމްރީނު ފުރިހަމަކޮށްފައެވެ. މި ތަމްރީނު ޕްރޮގްރާމުގެ މަގްސަދަކީ ދުންފަތުގެ އިސްތިޢުމާލުކުރުން ހުއްޓާލުމަށް ބޭނުންވާ ފަރާތްތަކަށް އެކަމުގެ އެހީތެރިކަން ފޯރުކޮށްދޭނޭ ގޮތާއި އެކަމުގެ ހުނަރު ދަސްކޮށްދިނުމެވެ. އަދި ދުންފަތް ކޮންޓްރޯލް ކުރުމުގެ ގާނޫނާއި ގަވާއިދުތަކަށް އަމަލުކުރުމުގެ މުހިއްމުކަމާއި އަދި ދުންފަތުގެ އިސްތިޢުމާލުކުރުން ހުއްޓާލުމަށް ފަރުދުންނަށް އެހީތެރިވުމުގައި އެމީހުންގެ ދައުރު އެންމެ ބޭނުންތެރިގޮތުގައި ބޭނުންކުރާނެ ގޮތްތައް ދަސްކޮށްދިނުމެވެ.

Ad by Hajj Corporation

Ad by Hajj Corporation

މީގެ އިތުރުން އަތޮޅު ފެންވަރުގައި މި މަސައްކަތުގެ ތެރެއިން ލޯކަލް ކައުންސިލްތަކާއި ގާނޫނު ތަންފީޒުކުރާ ފަރާތްތަކާއި ކަމާބެހޭ އެހެން އިދާރާތަކުގެ ޒިންމާދާރުވެރިން ހިމެނޭ ގޮތަށް އެންފޯސްމަންޓް ޕާޓްނަރުންނާއެކު ސްޓޭކްހޯލްޑަރުންގެ މަޝްވަރާ ބައްދަލުވުމެއް ވެސް ވަނީ ބާއްވާފައެވެ. މި ބައްދަލުވުމުގައި ށ.އަތޮޅުގެ ހުރިހާ ހިސާބެއްގައި ދުންފަތުގެ އިސްތިޢުމާލުކުރުން ކޮންޓްރޯލް ކުރުމުގެ މަސައްކަތްތައް ހަރުދަނާކުރުމާބެހޭގޮތުން މަޝްވަރާކުރެވުނެވެ.

މި ހަރަކާތްތަކަކީ އާންމު ޞިއްޙަތު ރައްކާތެރިކޮށް، ދުންފަތުގެ އިސްތިޢުމާލުކުރުމުގެ ގެއްލުން ކުޑަކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތާއި އެއްގޮތަށް، ދުންފަތުގެ އިސްތިޢުމާލު ނުކުރާ ރާއްޖެއެއް "ޓޮބޭކޯ ފްރީ މޯލްޑިވްސް"އެއް ބިނާކުރުމަށް އަޅަމުންގެންދާ މުހިންމު ފިޔަވަޅެކެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ސަމާލުވޭ! މާލެ ސަރަހައްދުގައި ނުރައްކާ މިންވަރަށް ވައި ނުސާފުވެ އޮރެންޖް ސަމާލު ނެރެފިޚަބަރު | 8 ދުވަސް ކުރިންރާއްޖޭގައި އެއިޑްސް ޖެހުނުކަމަށް ރެކޯޑް ކުރެވިފައި ވަނީ 53 މީހަކަށްޚަބަރު | 18 ދުވަސް ކުރިންސަމާލުވޭ: އަރިދަފުސް ރޯގާއާއި ނޭވާލާ ނިޒާމަށް ޖެހޭ ބަލިތައް އިތުރުވެއްޖެޚަބަރު | 21 ދުވަސް ކުރިންށ.އަތޮޅުގައި ޓޮބޭކޯ ސިޒޭޝަން ތަމްރީނު ޕްރޮގްރާމެއް ބާއްވައިފިޚަބަރު | 3 މަސް ކުރިން