logo
Bank of Maldives

Bank of Maldives

ޚަބަރު

ނަފްސާނީ ސިއްޙަތުގެ ޤައުމީ ހެލްޕްލައިންގެ ޚިދުމަތް އަލުން ފަށައިފި

އާމިނަތު ޝަފާ
21 ޖުލައި 2025 - 04:13
އެޗްޕީއޭ//
އެޗްޕީއޭ//

ނަފްސާނީ އެކިއެކި އުނދަގޫތައް ހުންނަ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދޭ ޤައުމީ ހެލްޕްލައިންގެ ޚިދުމަތް އަލުން ފަށާފައިވާ ކަމަށް ނޭޝަނަލް މެންޓަލް ހެލްތު ޑިޕާރޓްމަންޓުން ބުނެފިއެވެ.

މެންޓަލް ހެލްތު ޑިޕާރޓްމަންޓުން ބުނީ ނަފްސާނީ އެހީތެރިކަމެއް ބޭނުންވެއްޖެ ޙާލަތެއްގައި 24 ގަޑިއިރު ޚިދުމަތް ފޯރުކޮށްދޭ ހިލޭ ގުޅޭ ނަންބަރު، 1677 އަށް މިހާރު ގުޅޭނެކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން ހެލްޕްލައިންގެ ޚިދުމަތް މެދުކެނޑުމާއެކު ނަފްސާނީ އެހީތެރިކަމަށް ބޭނުންވެއްޖެނަމަ 7265402 ނަމްބަރަށް ގުޅޭނެ ކަމަށް މެންޓަލް ހެލްތު ޑިޕާރޓްމަންޓުން އޭރުވަނީ އަންގާފައެވެ.

ނަފްސާނީ ހެލްޕްލައިންގެ މައިގަނޑު އެއް މަޤްސަދަކީ ނަފްސާނީ ގޮތުން އުނދަގޫވާ އެކިއެކި ހާލަތްތަކުގައި އާއި ނަފްސާނީ ބަލި ހުންނަ އެކި އުމުރު ފުރައިގެ މީހުންނަށް، ނަފްސާނީ ފުރަތަމަ އެހީތެރިކަން، 24 ގަޑިއިރު ލިބިގެން ދިއުމެވެ.

ނަފްސާނީ އެކިއެކި ކަންކަން ކުރިމަތިލަމުންދާ ފަރާތްތަކަށް ފޯރުކޮށްދޭ ޚިދުމަތްތަކަށް ޚާއްޞަ ހެލްޕްލައިން 1677 އިފްތިތާޙު ކޮށް ޚިދުމަތް ފެށިފައިވަނީ، 21 ފެބްރުއަރީ 2024 ގައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ސަމާލުވޭ! މާލެ ސަރަހައްދުގައި ނުރައްކާ މިންވަރަށް ވައި ނުސާފުވެ އޮރެންޖް ސަމާލު ނެރެފިޚަބަރު | 8 ދުވަސް ކުރިންރާއްޖޭގައި އެއިޑްސް ޖެހުނުކަމަށް ރެކޯޑް ކުރެވިފައި ވަނީ 53 މީހަކަށްޚަބަރު | 18 ދުވަސް ކުރިންސަމާލުވޭ: އަރިދަފުސް ރޯގާއާއި ނޭވާލާ ނިޒާމަށް ޖެހޭ ބަލިތައް އިތުރުވެއްޖެޚަބަރު | 21 ދުވަސް ކުރިންށ.އަތޮޅުގައި ޓޮބޭކޯ ސިޒޭޝަން ތަމްރީނު ޕްރޮގްރާމެއް ބާއްވައިފިޚަބަރު | 3 މަސް ކުރިން