logo
Bank of Maldives

Bank of Maldives

ޚަބަރު

ހައްޖުވެރިން ބަލާ ވީހާވެސް މަދުބަޔަކު އެއާޕޯޓަށް ދިއުމަށް އެޗްޕީއޭއިން އިލްތިމާސްކޮށްފި

ހުސައިން ވަސީމް
11 ޖޫން 2025 - 09:21
ހައްޖުވެރިން ބަލާ ވީހާވެސް މަދުބަޔަކު އެއާޕޯޓަށް ދިއުމަށް އެޗްޕީއޭއިން އިލްތިމާސްކޮށްފި

ހައްޖާޖީން އެންބުރި ރާއްޖެއަންނަ އިރު، އެއަރޕޯޓަށް ދާ މީހުން ވީހާވެސް މަދުކުރުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ އެޗްޕިއޭ އިން އިލްތިމާސްކޮށްފިއެވެ.

ހައްޖުން އެނބުރި އައުމަށްފަހު ސަމާލުވާންވީ ކަންކަމާއި ގުޅޭގޮތުން ރޭ ޕީއެސްއެމް ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން އެޗްޕީއޭގެ ޕަބްލިކް ހެލްތު ކޯރޑިނޭޓަރ މުހައްމަދު ހަމްޒަތު ވިދާޅުވީ ހައްޖުން އެންބުރި އަންނަމީހުންވެސް ރޯގާ ޖެހިގެން އަންނަކަމަށްވާނަމަ މާސްކު އަޅައިގެން އައުމަށް ވަނީ އިރުޝާދު ދެއްވާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ހަމްޒާ ވިދާޅުވީ ހައްޖުން އެނބުރި ރާއްޖެއައިސް ވެސް 14 ދުވަސް ތެރޭގައި ރޯގާގެ އެއްވެސް އަލާމާތެއް ހުރިނަމަ ހޮސްޕިޓަަލަށް ދިއުމަށް ވަނީ އެދިފައެވެ.

ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ޓްރީޓޮޕްގެ އެސިސްޓެންޓް މެޑިކަލް ޑިރެކްޓަރު، ކޮންސަލްޓެންޓް ފެމިލީ މެޑިސިން، ޑރ. އިބްރާހީމް އިޔާޒު ވިދާޅުވެފައިވަނީ ހައްޖުވެރިން އެނބުރި އައުމަށްފަހު ދެ ހަފުތާ ވަންދެން ބޮޑެތި އެއްވުންތައް ނުބޭއްވުމަށް ވެސް އިލްތިމާސްކޮށްފައެވެ. ހާއްސަކޮށް ފުރަތަމަ ހަފުތާގައި ކުޑަކުދިންނާއި، އުމުރުން ދުވަސްވީ މީހުންނާއި ބަލިމީހުން ގެނެސްގެން އެއްވުންތައް ނުބޭއްވުމަށް އެދިވަޑައިގެންނެވިއެވެ.

ޑރ. އިޔާޒު ވަނީ ރޯގާގެ އަލާމާތްތައް ހުރިނަމަ، މާސްކު އެޅިނަމަވެސް މީހުންގެ ތެރެއަށް ނުނިކުތުމަށާއި، ކުދިންގެ ކިބައިން ރޯގާގެ އަލާމާތްތައް ފެންނަނަމަ ސްކޫލަށް ނުފޮނުވުމަށް ނަސޭހަތްތެރިވެވަޑައިގެންފައެވެ.

އެޗްޕިއޭގެ ތަފާސް ހިސާބުތަކުން ބަލާއިރުގައި މިއަހަރުގެ މިހާތަނަށް ފާހަގަކުރެވެނީ އާންމު ރޯގާތައް އިތުރުކަމަށެވެ. އޭގެތެރޭގައި އިންފުލުއެންޒާ، އާރުއެސްވީ، ކޮވިޑް ފާހަގަކުރެވެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކުރިޔަށް އޮތް ތިން ދުވަސްތެރޭ ވައި ސާފުވާނެ: މެޓްޚަބަރު | 18 ދުވަސް ކުރިންސަމާލުވޭ! އަދިވެސް ރާއްޖޭގެ ވައިނުސާފު!ޚަބަރު | 20 ދުވަސް ކުރިންނުރައްކާތެރި މިންވަރަށް ވައި ނުސާފުވެ ރަތް އިންޒާރު!ޚަބަރު | 21 ދުވަސް ކުރިންޙައްޖާއި ޢުމްރާގެ ކަންކަމުގައި އެހީވުމަށް ގައުމީ އެއާލައިނާއެކު އެއްބަސްވުމެއްޚަބަރު | 23 ދުވަސް ކުރިން