logo
Bank of Maldives

Bank of Maldives

ޚަބަރު

އަގުހެޔޮކޮށް އުމްރާއަށް ދާން ބޭނުންވާ ފަރާތްތަކަށް ޚާއްސަ ޕެކޭޖުތަކެއް ތައާރަފްކޮށްފި

އައިޝަތު ނަޝާ
4 ނޮވެމްބަރު 2025 - 10:46
 އަގުހެޔޮކޮށް އުމްރާއަށް ދާން ބޭނުންވާ ފަރާތްތަކަށް  ޚާއްސަ ޕެކޭޖުތަކެއް ތައާރަފްކޮށްފި

ގުރޫޕަކާ ނުލައި ވަކިން, އަގުހެޔޮކޮށް އުމްރާއަށް ދާން ބޭނުންވާ ފަރާތްތަކަށް ސައުދީ އަރަބިއްޔާގެ ހައްޖާއި އުމްރާ މިނިސްޓްރީން ޚާއްސަ ޕެކޭޖުތަކެއް ތައާރަފްކޮށްފިއެވެ.

"ނުސޫކު އުމްރާ" ގެ ނަމުގައި  ސައޫދީގެ ހައްޖާއި އުމްރާ މިނިސްޓްރީން ތައާރްފްކުރި މި ޚިދުމަތާއެކު، ކޮންމެހެން ސީދާ އެމްބަސީއަށް ނުގޮސް އޮންލައިންކޮށް އެ މީހަކަށް ފަސޭހަ ޕެކޭޖެއް ނެގޭނެއެވެ. އަދި މި ޚިދުމަތުގެ ބޭނުންހިފައި އުމްރާއަށް ދާ މީހުންގެ ކަންކަން ސައޫދީގެ ހައްޖާއި އުމްރާ މިނިސްޓްރީން ބެލެހެއްޓުމުގެ އިތުރުން، އެ މީހުންނަށް އިންޝުއަރެންސް ލިބޭނެ ކަމަށް، އެ މިނިސްޓްރީން މައުލޫމާތުދެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

"ނުސޫކް އުމްރާ"ގެ ވެބްސައިޓުގައިވާ ގޮތުން ސައޫދީއަށް އުމްރާއަށް ގޮސް އެ ގައުމުން ފުރުމާ ހަމައަށް އުމްރާވެރިންނަށް ރައްކާތެރިކަންދީ، ތަފާތު ތަޖުރިބާއެއް ލިއްބައިދޭނެކަމުގެ ޔަގީންކަން ދެއެވެ. އެ ވެބްސައިޓުގައިވާ މައުލޫމާތަށް ބަލާއިރު ކުޑަ ޚަރަދަކުން ވިސާއާއި ހުރުމާއި ދުވާލުގެ ކެއުމާއި ދަތުރުފަތުރާއި ތަންތަނަށް ޒިޔާރަތްކުރުމުގެ ކަންކަން ހަމަޖެހިގެން ދެއެވެ.

މި ގޮތަށް ދިއުމަށް އެންމެ ފުރަތަމަ ޖެހޭނީ ނުސޫކް އުމްރާގެ ވެބްސައިޓަށް ވަދެ ރަޖިސްޓްރީކޮށްލާށެވެ. އެގޮތުން އެ މީހަކު މިހާރު ދިރިއުޅޭ ގައުމާއި ނިސްބަތްވާ ގައުމާއި އީމެއިލް އެޑްރެސް ދީ ރަޖިސްޓާކޮށްލުމުން އެވަގުތު ނެގެން ހުރި ޕެކޭޖުތަކުގެ މައުލޫމާތު ވެބްސައިޓުން ފެންނާނެއެވެ.

މީގެއިތުރުން ވިސާ ހިމެނޭގޮތަށް ނުވަތަ ވިސާ ނުހިމެނޭ، 65 ޕެކޭޖަކުން ބޭނުން ޕެކޭޖެއް އިޚްތިޔާރުކުރެވޭނެކަމަށާއި،އަދި ޕެކޭޖުތަކުގެ އަގުތައް އުޅެނީ 2،500 ރިޔާލު (10،269.08 ރުފިޔާ) އިން 14،573.60 ރިޔާލު (59،863 ރުފިޔާ) އާ ދެމެދު ކަމަށް އެ މިނިސްޓްރީ މައުލޫމާތުދެއެވެ. އަދި މަދުވެގެން އެކަކަށް، ގިނަވެގެން އަށް މީހުންނަށް އެއްފަހަރާ ޕެކޭޖެއް ނެގޭނެކަމަށާއި،ޕެކޭޖުތަކުގެ މުއްދަތުތަކަކީ ފަސް ދުވަހާއި ތިން ހަފުތާއާ ދެމެދު ކަމަށް ވެސް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.

މީގެއިތުރުން އުމްރާ ދަތުރުގައި ހަމައެކަނި މައްކާގައި ނުވަތަ މައްކާއާއި މަދީނާގައި މަޑު ކުރެވޭނެއެވެ. އަދި މި ޚިދުމަތް ސައޫދީގެ 15 ޖަމާއަތަކުން ދޭން ވަނީ ނިންމާފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އަގުހެޔޮކޮށް އުމްރާއަށް ދާން ބޭނުންވާ ފަރާތްތަކަށް ޚާއްސަ ޕެކޭޖުތަކެއް ތައާރަފްކޮށްފިޚަބަރު | 7 ގަޑިއިރު ކުރިންޢުމްރާ ވިސާގައި ސައުދީއަށް ވަދެވޭ މުއްދަތު ކުޑަކުރަނީޚަބަރު | 2 ދުވަސް ކުރިންދިވެހި ޙައްޖުވެރިންގެ 3ވަނަ ގުރޫޕު ރާއްޖެ އައިސްފި ޚަބަރު | 5 މަސް ކުރިންހައްޖުވެރިންގެ ފުރަތަމަ ގުރޫޕް ރާއްޖެ އަތުވެއްޖެ ޚަބަރު | 5 މަސް ކުރިން