logo
Bank of Maldives

Bank of Maldives

ޚަބަރު

އަނެއްކާވެސް ޢުމްރާގެ އަޅުކަމަށް ދިޔަ ދިވެއްސަކު ނިޔާވެއްޖެ

އައިޝަތު ނަޝާ
24 ޖެނުއަރީ 2026 - 11:24
އަނެއްކާވެސް ޢުމްރާގެ އަޅުކަމަށް ދިޔަ ދިވެއްސަކު ނިޔާވެއްޖެ

ޢުމްރާގެ އަޅުކަން އަދާކުރުމަށް ސައުދީ އަރަބިއްޔާގެ މައްކާއަށް ގޮސްހުރި ދިވެއްސަކު ނިޔާވެއްޖެއެވެ.

ނިޔާވެފައިވަނީ ހދ. ވައިކަރަދޫ، މުޙައްމަދު ޙަސަން (86އ) އެވެ. އޭނާ ނިޔާވެފައިވަނީ މައްކާގެ އަލް ނޫރު ސްޕެޝަލިސްޓް ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށެވެ.

Ad by Hajj Corporation

Ad by Hajj Corporation

މަޢުލޫމާތު ލިބިފައިވާ ގޮތުގައި، މުޙައްމަދު ޙަސަންގެ ބަލިހާލަތު ހުރިގޮތުން އޭނާ އެ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދޭން ފަށާފައިވަނީ މި ހިނގާ މަހުގެ 17 ވަނަ ދުވަހުއެވެ. އޭނާ ޢުމްރާގެ އަޅުކަމަށް ރާއްޖެއިން ފުރާފައިވަނީ މި މަހުގެ 9 ވަނަ ދުވަހު، ޤިބްލަ ޙައްޖު އެންޑް ޢުމްރާ ގްރޫޕުގެ ހަވާލުގައެވެ.

މި ޗުއްޓީގައި ހަތް ހާހަށް ވުރެ ގިނަ ދިވެހީން އުމްރާގެ އަޅުކަން އަދާކުރަން ސައުދީއަށް ގޮސްފައިވެއެވެ.

މިއީ ރާއްޖެއިން ޑިސެންބަރު އަދި ޖަނަވަރީ އުމްރާއަށް ގޮސް އުޅޭ މީހުންގެ ތެރެއިން މައްކާގައި ނިޔާވި 3 ވަނަ މީހާކަން ފާހަގަކޮށްލެވެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ދިވެހި ހާޖީން ޢަރަފާތް ބިމަށް ވަދެއްޖެޚަބަރު | 5 ދުވަސް ކުރިންހައްޖުގެ ސަލާމަތީ ކަންކަން ވަރުގަދަ ކުރުމަށް އޭއައި އާއެކު ގިނަ ފިޔަވަޅުތަކެއް އަޅައިފިޚަބަރު | 8 ދުވަސް ކުރިންރާއްޖެއިން ފުރަތަމަ ފްލައިޓްގައި ޙައްޖަށް ދިޔަ އެންމެންގެ ހާލު ވެސް ރަނގަޅުޚަބަރު | 15 ދުވަސް ކުރިންހައްޖުވެރިންގެ ފުރަތަމަ ފްލައިޓް މިމަހު 15 ގައި!ޚަބަރު | 18 ދުވަސް ކުރިން