logo
Bank of Maldives

Bank of Maldives

ޚަބަރު

ހައްޖުވެރިންގެ ފުރަތަމަ ފްލައިޓް މިމަހު 15 ގައި!

އައިޝަތު ނަޝާ
13 މޭ 2026 - 07:58
ހައްޖުވެރިންގެ ފުރަތަމަ ފްލައިޓް މިމަހު 15 ގައި!

މިއަހަރުގެ ހައްޖުގެ މަތިވެރި އަޅުކަން އަދާ ކުރުމަށް، ރާއްޖޭން ސައުދީއަށް ދަތުރު ކުރާ ހައްޖުވެރިން ފުރުމަށް ހަމަޖެހިފައިވާ ތާރީހުތަކާއި ފްލައިޓްތަކުގެ މައުލޫމާތު ހައްޖު ކޯޕަރޭޝަނުން އާންމުކޮށްފިއެވެ.

ހައްޖު ކޯޕަރޭޝަނުން އާންމުކޮށްފައިވާ މައުލޫމާތައް ބަލާއިރު، ހައްޖުވެރިން ސައުދީއަށް ދިއުމަށް ހަމަޖެހިފައިވަނީ ހަތަރު ދުވަސްމަތިން ހަތަރު ފްލައިޓެއްގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ހައްޖުވެރިން ފުރާ ތާރީހާއި ފްލައިޓުގެ ތަފްސީލް:

  • 15 މޭއި 2026: ސައުދީ އެއާލައިންސް (ފުރާ ގަޑި: 15:25)
  • 17 މޭއި 2026: މޯލްޑިވިއަން (ފުރާ ގަޑި: 07:10)
  • 18 މޭއި 2026: ސައުދީ އެއާލައިންސް (ފުރާ ގަޑި: 15:25)
  • 19 މޭއި 2026: މޯލްޑިވިއަން (ފުރާ ގަޑި: 09:45)

ދިވެހި ހައްޖު ވެރިންނަށް ފުރިހަމަ އިންތިޒާމުތަކެއް ހަމަޖެހޭނެ ކަމަށް ދިވެހި ހައްޖުވެރިންނަށް ހިދުމަތް ފޯރުކޮށްދިނުމުގައި އެހީތެރިކަން ފޯރުކޮށްދޭ ސައުދި އަރަބިއްޔާގެ މުތައްވިފް، ރަވާފް މިނާއިން ވަނީ ހާމަކޮށްފައެވެ.

ޙައްޖުވެރިންނަށް ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރު މަތިކުރުމަށް މިއަހަރު ޚާއްޞަ އިސްކަމެއް ދީފައިވެއެވެ. ޚާއްޞަކޮށް މިނާގައި ޤާއިމުކުރާ ޓެންޓުތަކުގެ އިންތިޒާމުތައް އިތުރަށް ފުރިހަމަކުރުމުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށްދެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ހައްޖުވެރިންގެ ފުރަތަމަ ފްލައިޓް މިމަހު 15 ގައި!ޚަބަރު | ގަޑިއިރެއް ކުރިންހައްޖު މިޝަންއިން މިނާގެ އެންމެ ފަހުގެ އިންތިޒާމްތައް ބައްލަވާލައްވައިފިޚަބަރު | 4 ދުވަސް ކުރިންހައްޖުވެރިންގެ އެހީތެރިންނަށް ހާއްސަ ތަމްރީނުތަކެއް ދިނުމަށް ނިންމައިފިޚަބަރު | 11 ދުވަސް ކުރިންހައްޖަށްދާ ފަރާތްތަކުން ވީހާވެސް އަވަހަށް ވެކްސިން ފުރިހަމަ ކުރުމަށް އިލްތިމާސްކޮށްފިޚަބަރު | މަހެއް ކުރިން