logo
MPL

MPL

ޚަބަރު

ރާއްޖެއިން ފުރަތަމަ ފްލައިޓްގައި ޙައްޖަށް ދިޔަ އެންމެންގެ ހާލު ވެސް ރަނގަޅު

ރާއްޖެއިން ފުރަތަމަ ފްލައިޓްގައި ޙައްޖަށް ދިޔަ އެންމެންގެ ހާލު ވެސް ރަނގަޅު

ރާއްޖެއިން ފުރަތަމަ ފްލައިޓްގައި ޙައްޖަށް ދިޔަ އެންމެންގެ ހާލު ވެސް ރަނގަޅު ކަމަށް މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން ބުނެފިއެވެ.

އެ ކޯޕަރޭޝަނުން ބުނީ ޙާޖީންނަށް އެއަރޕޯޓުންނާއި ހޮޓަލުގައި ހޫނު މަރުހަބާއެއް ކިޔާފައިވާ ކަަމަށާއި އެއަރޕޯޓުން ޙާޖީންނަށް މަރުހަބާކީ ދިވެހިރާޖެއިން ސައުދީއަށް ކަނޑައަޅާފައިވާ ސަފީރު އަޙުމަދު ސަރީރުއާއި ދިވެހިރާއްޖޭގެ ޙައްޖު މިޝަންގެ ރައީސް އައްޝައިޚް އިމްތިޠާއު ޢައްބާސް ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

މައްކާ ރޫޓު އިނީޝިއޭޓިވްގެދަށުން، ޙާޖީން ޖިއްދާ އެއަރޕޯޓްގައި މަޑުކުރަން ނުޖެހި، ސީދާ ހޮޓަލަށް ގޮސްފައިވާއިރު، ހޮޓަލަށް ދިއުމުން ކޮންމެ ޙާޖީއަކަށް ހަދިޔާ ދީ، ތަފާތު ފޮނިކާތަކެއްޗާ ބުއިންތަކާއެކު، ހޮޓަލުގެ ލޮބީ އޭރިއާއިން މަރުހަބާކިޔައި، ކޭކެއްވެސް ވަނީ ފަޅާފައެވެ.

ހައްޖު ކޯޕަރޭޝަނުން މައުލޫމާތު ދީފައިވާގޮތުގައި ހޮޓަލުގައި ކުޑަ ވަގުތުކޮޅެއް މަޑުކޮށްލުމަށްފަހު، ޢުމްރާގެ އަޅުކަމުގެ ކަންކަން މިހާރު ވަނީ ފަށާފައެވެ. ޢުމްރާއަށް ދިއުމުގެ ކުރިންވެސް ޙާޖީންނަށް އިރުޝާދާއި ދީނީ މަޢުލޫމާތު ހޮޓަލުގައި ޙައްޖު ކޯޕަރޭޝަނުން ވަނީ ފޯރުކޮށްދީފައެވެ.

ޙަރަމުގައި ކޮންމެ ގްރޫޕަކާއެކުވެސް އެހީތެރިން ހަރަކާތްތެރިވާނެ ކަމަށާއި އެތަށް ލައްކަ ބަޔަކު ޙައްޖުގެ އަޅުކަން އަދާކުރުމަށް މައްކާއަށް އައިސްފައިވާއިރު، ބައިބޯވުމުގެ ސަބަބުން ޢުމްރާ ފުރިހަމަކުރުމަށްފަހު އެނބުރި ހޮޓަލަށް އާދެވޭނެކަމަށް ބެލެވެނީ މެންދުރުފަހުގެ ވަގުތެއްގައި ކަަމަށް އެ ކޯޕަރޭޝަނުން ހާމަކުރެއެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޙައްޖު ކޯޕަރޭޝަންގެ އާ އެމްޑީ އަކަށް ފިރުޒުލްޚަބަރު | 2 މަސް ކުރިންމިއަހަރު ހައްޖަށް ދިޔަ ހުރިހާ ހައްޖުވެރިން ރާއްޖެ އަތުވެއްޖެޚަބަރު | 3 މަސް ކުރިންޙައްޖުވެރިންގެ ދެވަނަ ގްރޫޕް ރާއްޖެ އަތުވެއްޖެޚަބަރު | 3 މަސް ކުރިންހައްޖުވެރިންގެ ފުރަތަމަ ގުރޫޕުގައި ހިމެނޭ 241 ހައްޖާޖީން މާލެ އަތުވެއްޖެޚަބަރު | 3 މަސް ކުރިން