logo
Bank of Maldives

Bank of Maldives

ޚަބަރު

ހެޔޮ އެދޭ ފަރާތަކުން މިއަހަރު ވެސް ރ. އަތޮޅުގެ ކޮންމެ ރަށަކުން މީހަކު ހިލޭ ހައްޖަށް ފޮނުވަނީ

މުހައްމަދު މޫސާމުހައްމަދު މޫސާ
13 ޖެނުއަރީ 2026 - 14:41
ހެޔޮ އެދޭ ފަރާތަކުން މިއަހަރު ވެސް ރ. އަތޮޅުގެ ކޮންމެ ރަށަކުން މީހަކު ހިލޭ ހައްޖަށް ފޮނުވަނީ

ހެޔޮ އެދޭ ފަރާތަކުން އިސްނަގައިގެން ރ. އަތޮޅުގެ ކޮންމެ ރަށަކުން އެކަކަށް ހިލޭ ހައްޖަށް ދިއުމުގެ ފުރުސަތު މިއަހަރު ވެސް ހުޅުވާލައިފިއެވެ. މިއީ މާލީ ތަނަވަސްކަން ނެތުމުގެ ސަބަބުން ހައްޖުގެ މުގައްދަސް އަޅުކަން އަދާނުކުރެވި ތިބި ފަރާތްތަކަށް އަމާޒުކޮށްގެން ދޭ ފުރުސަތެކެވެ.

މި ފުރުސަތުގެ ދަށުން ކުރިމަތިލެވޭނީ އުމުރުން 40 އަހަރު ފުރިފައިވާ، އަދި ހައްޖަށް ދިއުމުގެ މާލީ ގާބިލުކަން ނެތް މީހުންނަށެވެ. ޝަރުތު ހަމަވާ ފަރާތްތަކުން އެ މީހަކު ދިރިއުޅޭ ރަށެއްގެ ކައުންސިލް އިދާރާއަށް އަންނަ އާދިއްތަ ދުވަހުގެ ނިޔަލަށް ފޯމު ހުށަހަޅަން ޖެހޭނެއެވެ. އެއް ރަށަކުން ޝަރުތު ހަމަވާ އެކަކަށް ވުރެ ގިނަ މީހުން ކުރިމަތިލައިފި ނަމަ، ހައްޖަށް ދާނެ މީހަކު ހޮވާނީ ގުރުއަތުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިފަދަ ދީލަތި ފުރުސަތެއް ހުޅުވާލާފައިވާއިރު، ސަރުކާރުން ވެސް އަންނަނީ ފަގީރުންގެ ދަފުތަރުގައި ހިމެނޭ ފަރާތްތައް ހައްޖަށް ފޮނުވުމުގެ މަސައްކަތް ކުރަމުންނެވެ. އިސްލާމިކް މިނިސްޓްރީން މިދިޔަ އޮކްޓޯބަރު މަހު ހާމަކޮށްފައިވާ ގޮތުގައި، ފަގީރުންގެ ދަފުތަރުގައި މިހާރު ހައްޖު ނުކުރެވި ތިބި 376 މީހުން ތިބި އިރު، މި ދައުރުގެ ތެރޭގައި އެ އެންމެން ހައްޖަށް ފޮނުވައިދޭނެއެވެ.

މި ވެރިކަމުގެ ފަސް އަހަރުގެ ތެރޭގައި ޖުމްލަ 1،000 މީހުން ސަރުކާރުގެ ހަރަދުގައި ހައްޖަށް ފޮނުވުމަކީ ރައީސުލްޖުމްހޫރިއްޔާގެ ވައުދުފުޅެކެވެ. ސައުދީ ސަރުކާރުން ރާއްޖެއަށް ދޫކުރާ 1،000 ކޯޓާގެ ތެރެއިން، ކޮންމެ އަހަރަކު ވެސް 50 ފުރުސަތު ހާއްސަކުރަނީ ފަގީރުންގެ ލިސްޓުގައި ހިމެނޭ ފަރާތްތަކަށެވެ.

ބާކީ އޮތް ކޯޓާގެ ތެރެއިން 850 ފުރުސަތު ކިޔޫ ތަރުތީބުން ދޫކުރާއިރު، 100 ފުރުސަތު ހާއްސަކުރަނީ ބަލި މީހުންގެ އެހީތެރިންނާއި ކައްކާއިން ހިމެނޭހެން އެހީތެރިންގެ ގޮތުގައި ދާ ފަރާތްތަކަށެވެ. ކަލަންޑަރުގައިވާ ގޮތުން މިއަހަރުގެ ހައްޖު ދުވަސް ދިމާވަނީ މޭ މަހުގެ 26 ވަނަ ދުވަހަށެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މިއަހަރު ހައްޖަށް ދިޔަ ހުރިހާ ހައްޖުވެރިން ރާއްޖެ އަތުވެއްޖެޚަބަރު | 17 ދުވަސް ކުރިންޙައްޖުވެރިންގެ ދެވަނަ ގްރޫޕް ރާއްޖެ އަތުވެއްޖެޚަބަރު | 20 ދުވަސް ކުރިންދިވެހި ހާޖީން ޢަރަފާތް ބިމަށް ވަދެއްޖެޚަބަރު | މަހެއް ކުރިންހައްޖުގެ ސަލާމަތީ ކަންކަން ވަރުގަދަ ކުރުމަށް އޭއައި އާއެކު ގިނަ ފިޔަވަޅުތަކެއް އަޅައިފިޚަބަރު | މަހެއް ކުރިން