logo
ޚަބަރު

ހަމަނުޖެހުން ހިންގަން ހިތްވަރު ލިބޭ ގޮތަށް ޕޯސްޓްތަކެއްކުރި މީހަކު ހައްޔަރުކޮށްފި

މުހައްމަދު މޫސާމުހައްމަދު މޫސާ
20 އޯގަސްޓު 2025 - 18:10
ހަމަނުޖެހުން އުފައްދަން ހިތްވަރުދިން މައްސަލައެއްގައި ހައްޔަރުކުރި މީހާ، ފޮޓޯ: ޕޮލިސް
ހަމަނުޖެހުން އުފައްދަން ހިތްވަރުދިން މައްސަލައެއްގައި ހައްޔަރުކުރި މީހާ، ފޮޓޯ: ޕޮލިސް

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަން ބިލާ ގުޅިގެން އިހުތިޖާޖު ކުރާ ފަރާތްތަކާ ދެކޮޅަށް ހަމަނުޖެހުން ހިންގުމަށް ހިތްވަރުދޭ ގޮތަށް ސޯޝަލް މީޑިއާގައި ޕޯސްޓްތަކެއް ކުރި މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން މައުލޫމާތު ދެއްވި ގޮތުގައި، ސޯޝަލް މީޑިއާ ޕްލެޓްފޯމް "އެކްސް" ގައި މިފަދަ ޕޯސްޓްތަކެއް ކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ވަނީ ސ. ހިތަދޫ / އަތަމާވިލާ، އަލީ އާނިމް މުފީދު (29 އަހަރު) އެވެ.

Ad by Hajj Corporation

Ad by Hajj Corporation

އާނިމް ހައްޔަރުކޮށްފައި ވަނީ 2025 އޯގަސްޓް 20 ވަނަ ދުވަހުގެ ރޭ ކޯޓު އަމުރެއްގެ ދަށުންނެވެ.

މި މައްސަލައިގެ ތަހުގީގު ފުލުހުން ދަނީ ކުރިއަށް ގެންދަމުންނެވެ.

 ''މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލު'' އަކީ ތުޅާދޫ ދާއިރާގެ މިނިވަން މެންބަރު އަބްދުލްހަންނާނު އަބޫބަކުރު މަޖިލީހަށް ހުށަހަޅުއްވާފައިވާ ބިލެކެވެ. އެ ބިލު ހުށަހެޅުއްވި ހަންނާން ވިދާޅުވެފައިވާ ގޮތުގައި ބިލަކީ ރާއްޖޭގެ މީޑިއާ ބާރުވެރިކުރުމުގެ މަޤްޞަދުގައި އޭނާ ހުށަހަޅުއްވާފައިވާ ބިލެކެވެ. އަދި މީޑިއާތަކަށް ފުރިހަމަ ބާރާއި އިމްތިޔާޒުތަކާއި ޙައްޤުތައް ލިބިދީ، ތެދު ޚަބަރު ފެތުރުމަށް މި ބިލުން މަގުފަހިކޮށްދީފައިވާކަމަށް ވިދާޅުވެ، އެ ބިލަށް އެއްބާރުލުން ދިނުމަށް އޭނާ ވަނީ އެދިވަޑައިގެންފައެވެ.

Hajj Corpooration

Hajj Corpooration

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ސޯސަން މަގުގައި މީހަކަށް ހަމަލާދީ ޒަޚަމްކޮށްލައިފިޚަބަރު | 3 ގަޑިއިރު ކުރިންހަމަނުޖެހުން ހިންގަން ހިތްވަރު ލިބޭ ގޮތަށް ޕޯސްޓްތަކެއްކުރި މީހަކު ހައްޔަރުކޮށްފިޚަބަރު | 4 ގަޑިއިރު ކުރިންރާއްޖޭގެ ސަރަހައްދަށް ގަވާއިދާ ހިލާފަށް ވަދެ އުޅުނު ބޭރުގެ މަސްބޯޓެއް އަތުލައިގެންފިޚަބަރު | 18 ގަޑިއިރު ކުރިންކުށުގެ މާހައުލަށް ކުޑަކުދިން ހުށަހެޅޭ މިންވަރު އިތުރުވަނީ، އިތުރަށް މޮނިޓާކުރަން ފަށަނީ ޚަބަރު | 2 ދުވަސް ކުރިން