logo
ޚަބަރު

ކުށުގެ މާހައުލަށް ކުޑަކުދިން ހުށަހެޅޭ މިންވަރު އިތުރުވަނީ، އިތުރަށް މޮނިޓާކުރަން ފަށަނީ

އާމިނަތު ޝަފާ
19 އޯގަސްޓު 2025 - 07:40
ކުށުގެ މާހައުލަށް ކުޑަކުދިން ހުށަހެޅޭ މިންވަރު އިތުރުވަމުން އަންނާތީ  އިތުރަށް މޮނިޓާކުރަން ފަށާފައިވާކަމަށް ފުލުހުން ބުނޭ// ފޮޓޯ: އަދަދު
ކުށުގެ މާހައުލަށް ކުޑަކުދިން ހުށަހެޅޭ މިންވަރު އިތުރުވަމުން އަންނާތީ އިތުރަށް މޮނިޓާކުރަން ފަށާފައިވާކަމަށް ފުލުހުން ބުނޭ// ފޮޓޯ: އަދަދު

ކުށުގެ މާހައުލަށް ކުޑަކުދިން ހުށަހެޅޭ މިންވަރު އިތުރުވަމުން އަންނާތީ އިތުރަށް މޮނިޓާކުރަން ފަށާފައިވާކަމަށް ފުލުހުން ބުނެފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ ދުވަހުން ދުވަހަށް ކުރެވޭ އާންމު ޕެޓްރޯލިން އާއި އެ ޚިދުމަތުގެ ތަފާސް ހިސާބު ތަކުން ދައްކާ ގޮތުން، ކުށް ހިންގާ ކަމަށް ފާހަގަކުރެވޭ ބައެއް ސަރަހައްދުތަކުގައި އުމުރުން 18 އަހަރު ނުފުރޭ ފިރިހެން ކުދިންގެ ގްރޫޕްތައް އެއްވެ ތިބޭ މިންވަރު އިތުރުވަމުންދާކަން ފާހަގަކުރެވިފައިވާކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކުށުގެ މާހައުލުތަކަށް ކުޑަކުދިން ހުށަހެޅުމަކީ ކަންބޮޑުވުމެއްކަން ފާހަގަކޮށް މިކަމުގެ ސަބަބުން ކުޑަކުދިން ގުރޫމިންގެ ޝިކާރައަކަށްވެ، ރައްކާތެރިނޫން ހާލަތްތަކާ ކުރިމަތިލާން ޖެހުމުގެ ފުރުސަތު އިތުރުވެ، ގާނޫނާ ހިލާފަށް އެއްގަމު އުޅަނދު ދުއްވުމަށް ހިތްވަރު ލިބި، މައިންބަފައިންނާ ނުރުހުންވެ ފިލައިގެން ގެއިން ނުކުމެ، މަސްތުވާތަކެތީގެ ވަބާއަށް ހުށަހެޅި، އަދި އެހެނިހެން ޤާނޫނާ ހިލާފު އަމަލުތަކުގައި ބައިވެރިވުމުގެ ފުރުސަތު އިތުރުވެގެންދާކަމަށް ފުލުހުންވަނީ ބުނެފައެވެ.

މިފަދަ ކަންކަމަށް މައިންބަފައިންނާއި ބެލެނިވެރިން އިތުރަށް ސަމާލުވެ، ކުދިން ހަރަކާތްތެރިވާ ތަންތަން ބެލުމަށާއި، އަދި ރައްކާތެރިކަމާއި ޒިންމާދާރު އުޅުމާ ބެހޭގޮތުން އެ ކުދިންނާއެކު ވާހަކަދައްކައި މަޝްވަރާތައް ކުރެއްވުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.

ފުލުހުން ވަނީ މި ސަރަހައްދުތަކަށް އަމާޒުކޮށް ސްޕޮޓް ޗެކް ކުރުމާއި، ދުވަހުން ދުވަހަށް ކުރާ ޕެޓްރޯލިންގެ ތެރެއިން ގާތުން މޮނިޓަރކޮށް ބަލަހައްޓަމުން ގެންދާނެކަން ހާމަކޮށް އަދި ކުޑަ ކުދިންގެ ރައްކާތެރިކަމާއި ދުޅަހެޔޮކަން ކަށަވަރުކުރުމަށްޓަކައި މައިންބަފައިންނާއި، ތައުލީމީ ވުޒާރާއާއި، އަދި ދައުލަތާއި މުޖުތަމައުގެ ކަމާބެހޭ ފަރާތްތަކާ ގުޅިގެން މަސައްކަތްތަކެއް ކުރުމަށް ހަމަޖެހިފައިވާކަމަށް ބުނެފައެވެ.

" ކުޑަ ކުދިން ހެޔޮ ގޮތުގައި ތަރުބިއްޔަތު ކޮށް، އެ ކުދިންނަކީ ޒިންމާދާރު، ހެޔޮލަފާ، ހުލްގުހެޔޮ ބައެއްގެ ގޮތުގައި މުޖުތަމައަށް ނެރެދެއްވުމަށްޓަކައި، އެންމެހައި މައިންބަފައިންނާއި ބެލެނިވެރިންގެ އިތުރުން، ކަމާގުޅުންހުރި ދައުލަތުގެ އެންމެހައި މުއައްސަސާތަކުން ވެސް ދެމެހެއްޓެނިވި ގޮތެއްގައި މަސައްކަތްކުރުމަށް މި ފުރުސަތުގައި ގޮވާލަމެވެ. މިފަދަ ކަމަކާ ގުޅިގެން އެއްވެސް އެހީތެރިކަމެއް ބޭނުންފުޅުވާނަމަ، ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަންގެ ނަންބަރު 9790163، ނުވަތަ ވިކްޓިމް ސަޕޯޓް ޔުނިޓް ގެ ނަންބަރު 9770640 އަށް ގުޅުއްވުން އެދެމެވެ. ކުއްލި ހާލަތެއްގައި 911 އަށް ގުޅުއްވުމަށް ދަންނަވަމެވެ." ފުލުހުންގެ މެސެޖުގައިވެއެވެ.

ކުޑަކުދިން ކުށްތަކަށް އަރައިގަތުމަށް މެދުވެރިވާ ސަބަބުތައް ހޯދުމަށްޓަކައި ދިރާސާއެއް ހެދުމުގެ މަސައްކަތްތައް ކުރަމުން ގެންދާ ކަމަށް ސަރުކާރުންވަނީ ބުނެފައެވެ.

ކުޑަކުދިންގެ އަދުލުގެ ޤާނޫނެއް ފާސްވެގެން އައީ 2019ވަނަ އަހަރުގައެވެ. ކުށުގެ މާހައުލަށް ހުށައެޅޭ ކުދިން ރީހެބިލިޓޭޓްކުރުމަށް ހަދާ "ހޯޕް އައިލެންޑް"ގެ މަސައްކަތް ސަރުކާރުން ފަށާފަވާއިރު  ޖިނާޢީ ކުށެއް ކޮށްގެން ޒިންމާ ނަގަންޖެހޭ އުމުރު 12 އަހަރަށް ކުޑަކުރުމަށް ޤާނޫނީ ގޮތުން ކުރަންޖެހޭ މަސައްކަތްތައްވެސް ސަރުކާރުން އަންނަނީ ކުރަމުންނެވެ.

Hajj Corpooration

Hajj Corpooration

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ހަމަނުޖެހުން ހިންގަން ހިތްވަރު ލިބޭ ގޮތަށް ޕޯސްޓްތަކެއްކުރި މީހަކު ހައްޔަރުކޮށްފިޚަބަރު | 32 މިނިޓު ކުރިންރާއްޖޭގެ ސަރަހައްދަށް ގަވާއިދާ ހިލާފަށް ވަދެ އުޅުނު ބޭރުގެ މަސްބޯޓެއް އަތުލައިގެންފިޚަބަރު | 14 ގަޑިއިރު ކުރިންކުށުގެ މާހައުލަށް ކުޑަކުދިން ހުށަހެޅޭ މިންވަރު އިތުރުވަނީ، އިތުރަށް މޮނިޓާކުރަން ފަށަނީ ޚަބަރު | ދުވަހެއް ކުރިންޖަޕާނުން ދިވެހި ފުލުހުންނަށް ލޯންޗުތަކެއް ހަދިޔާކޮށްފިޚަބަރު | 2 ދުވަސް ކުރިން