އެމްއޭސީއެލްގެ "ހުނަވަރު" ޕްރޮގްރާމް ކާމިޔާބު ކަމާއެކު ނިންމާލައިފި
21 އޯގަސްޓު 2025 - 12:01

އެމްއޭސީއެލްގެ “ހުނަވަރު” ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
މި ޕްރޮގްރާމް 54 ފަރާތަކުން ފުރިހަމަކޮށްފައިވާއިރު، ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްއާއެކު މި ޕްރޮގްރާމްގެ ނިމުން ފާހަގަ ކުރުމުގެ ގޮތުން ބުދަ ދުވަހުގެ ރޭ ހުޅުލެ އައިލެންޑް ހޮޓެލްގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ޕްރޮގްރާމުތައް ފުރިހަމަކުރި ޖުމްލަ 54 ފަރާތަކަށް ވަނީ ސެޓްފިކެޓް ހަވާލުކޮށްފައެވެ.

Ad by Hajj Corporation
އެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވާފައި ވަނީ ޔޫތް މިނިސްޓަރު އިބްރާހިމް ވަހީދު ކަމަށް ވެސް ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޖުތަބާ ލަތީފް ވިދާޅުވީ އެމްއޭސީއެލްގެ "ހުނަވަރު" ޕްރޮގްރާމުގެ ތެރެއިން ރާއްޖޭގެ އޭވިއޭޝަން ދާއިރާއަށް އަދި ވަކިން ހާއްސަކޮށް ގައުމު ބިނާކުރުމުގައި މީހުން ތަމްރީނުކުރުމަށް އެމްއޭސީއެލް އިން ގިނަ ދާއިރާތަކުން ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
އެމްއޭސީއެލްގެ "ހުނަވަރު" ޕްރޮގްރާމަކީ އެމްއޭސީއެލް އިން ކުންފުންޏަށް ބޭނުންވާ އެކި ދާއިރާތަކުން މީހުން ބިނާކުރުމަށް ހިންގަމުން އަންނަ ޕްރޮގްރާމެވެ. އެގޮތުން ހަޔާއެޑިއުކޭޝަން މިނިސްޓްރީން ކުރިއަށް ގެންދާ "ދާލަން" އެކްސްޕޯގެ ތެރެއިން އެމްއޭސީއެލްގެ ހުނަވަރު ޕްރޮގްރާމުގައި ބައިވެރިވި 25 ޒުވާނަކަށް ހިންގި ހަ މަހުގެ ތަމްރީން ޕްރޮގްރާމަކަށްފަހު އޭގެ ތެރެއިން 17 ފަރާތަކަށް ވަނީ އެމްއޭސީއެލް އިން ވަޒީފާ ދީފައި ކަމަށް އެ ކުންފުނިން ވިދާޅުވެއެވެ.
އެމްއޭސީއެލް އިން އެ ޕްރޮގްރާމުގައި ބައިވެރިވެ ވަޒީފާގެ މާހައުލުގައި މިހާރުވެސް މަސައްކަތް ކުރަމުން އަންނަ, ނަމަވެސް ސަނަދެއް ނެތް 34 މުވައްޒަފަކު ވަނީ މި ޕްރޮގްރާމްގެ ތެރެއިން ގައުމީ އޮނިގަނޑު ލެވަލް 3ގެ ސަނަދެއް ހާސިލުކޮށްފައި ކަމަށް އެ ކުންފުނިން ވިދާޅުވެއެވެ.