logo
Bank of Maldives

Bank of Maldives

ޚަބަރު

ފުވައްމުލައް އެއާޕޯޓް ވަގުތީގޮތުން ބަންދުކުރުމާއި ގުޅިގެން މޯލްޑިވިއަންގެ ދަތުރުތައް މެދުކެނޑިއްޖެ

ޝަހްޒާ މުހައްމަދު
2 ސެޕްޓެމްބަރު 2025 - 04:57
ފުވައްމުލަކު އެއާޕޯޓު -- ފޮޓޯ: ޓްވިޓާ
ފުވައްމުލަކު އެއާޕޯޓު -- ފޮޓޯ: ޓްވިޓާ

ފުވައްމުލަކު ސިޓީގެ އެއާޕޯޓް ވަގުތީ ގޮތުން ބަންދުކުރުމާއި ގުޅިގެން މޯލްޑިވިއަނުން އެ ސިޓީއަށް ކުރަމުންދާ ދަތުރުތަކަށް ބުރޫ އަރާފައިވަކަމަށް މޯލްޑިވިއަނުން ބުނެފިއެވެ.

މޯލްޑިވިއަނުން ބުނީ ފުވައްމުލަކު އެއާޕޯޓް ވަގުތީގޮތުން ބަންދުކުރުމުން ޝެޑިއުލް ކޮށްފައިވާ ފްލައިޓްތަކުގެ ދަތުރުތަކަށް ބުރޫ އަރާފައިވާ ކަމަށާއި، އަލުން ހުޅުވާނެ ތާރީހެއް ނޭނގޭ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

މޯލްޑިވިއަނުން ފުވައްމުލަކަށް ދަތުރުކުރުމަށް ހަމަޖެހިފައިވާ ފަސެންޖަރުންނަށް އެކަން އަންގައި އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށް ވެސް މޯލްޑިވިއަނުން ބުންޏެވެ.

މޯލްޑިވިއަނުން ވަނީ ފްލައިޓްތައް ކެންސަލްވުމުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވި ދަތިތަކަށް ޓަކައި މާފަށް އެދިފައެވެ. އަދި ފަސިންޖަރުން ދޭ އެއްބާރުލުމަށް ޝުކުރު އަދާކޮށްފައެވެ. އިތުރު މައުލޫމާތު ސާފުކުރުން މޯލްޑިވިއަންގެ 24 ގަޑައިރު ހިދުމަތްދޭ ނަންބަރު 1671 އަށް ގުޅުމަށް އެ އެއާލައިނުން އެދިފައިވެއެވެ.

ފުވައްމުލައް ސިޓިގެ މޭޔާ އިސްމާއިލް ރަފީގް މެންދުރު ޓީވީއަށް ވިދާޅުވީ، އެއާޕޯޓް ވަގުތީގޮތުން ބަންދުކުރަންޖެހުނީ، ފަޔާ ޓްރަކްގެ ހޮޅިއެއްފަޅައިގެން ދިއުމުގެ ސަބަބުންކަމަށެވެ.

އިއްޔެ ހަވީރުން ފެށިގެން މިއަދުގެ އެއްވެސް ފްލައިޓެއް ދަތުރުކޮށްފައި ނުވާކަމަށް މޭޔާ ވިދާޅުވިއެވެ. މޭޔާ ވިދާޅުވީ، ދިމާވި މައްސަލަ ހައްލުކުރުމަށް އެމްއޭސީއެލްގެ ޓެކްނިކަލް މުވައްޒަފުން ، މިހާރު އެ އެއާޕޯޓުގައި މަސައްކަތްކުރަމުންދާކަމަށެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

"ޢީދު ހަވީރު 1447" ގައި އެމްއޭސީއެލް އިން ބައިވެރިވާނެޚަބަރު | 5 ގަޑިއިރު ކުރިންޢީދު ބަންދަށް ފުރާ މީހުން ވަގުތަށް އެއާޕޯޓަށް ދިއުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފިޚަބަރު | 3 ދުވަސް ކުރިން ޙައްޖާޖީން ފުރުވާލުމުގެ މަސައްކަތް އެމްއޭސީއެލްއިން ކާމިޔާބުކަމާއެކު ފުރިހަމަކޮށްފިޚަބަރު | 6 ދުވަސް ކުރިންތަރައްޤީއަށް އެހީތެރިކަން ފޯރުކޮށްދޭ އެއަރޕޯޓެއްގެ ގޮތުގައި ދެމިއޮންނާނަން: އެމްއޭސީއެލް ޝަރީފްޚަބަރު | 12 ދުވަސް ކުރިން