ސަރަހައްދީ އެއާޕޯޓުތައް އެމްއޭސީއެލްގެ ދަށަށް
2 ސެޕްޓެމްބަރު 2025 - 10:36

ރީޖަނަލް އެއަރޕޯޓްސްއިން ހިންގަމުން އައި 9 އެއަރޕޯޓެއް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމްއޭސީއެލާ ހަވާލުކޮށްފިއެވެ.
އެސްއޯއީ ރިފޯމް މަސައްކަތްތަކުގެ ދަށުން ރީޖަނަލް އެއަރޕޯޓްސް ކޮމްޕެނީ، އެމްއޭސީއެލްގެ ދަށަށް ބަދަލުކުރުމަށް ވަޒީރުންގެ މަޖިލީހުން ނިންމަވާފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރ މަހުގެ 1 ވަނަ ދުވަހުއެވެ.
މެންދުރަށް މައުލޫމާތުދެއްވަމުން އެމްއޭސީއެލުން ބުނީ ރީޖަނަލް އެއަރޕޯޓްސްއިން ހިންގަމުން އައި 9 އެއަރޕޯޓަކާ އެމްއޭސީއެލުން މީގެ ދެހަފްތާ ކުރިން ހަވާލުވެފައިވާކަމަށެވެ.
ރީޖަނަލް އެއާޕޯޓްސްއިން އެއާޕޯޓުތައް ހިންގަމުން އައިިއިރު އެއާޕޯޓުތަކުގެ ގްރައުންޑް އޮޕަރޭޝަންތައް ބަލަހައްޓަމުން އައީ އައިލެންޑް އޭވިއޭޝަނުންނެވެ.
ރީޖަނަލް އެއާޕޯޓްސް ކުންފުނީގެ ހުރިހާ މަސައްކަތަކާ އެމްއޭސީއެލާ ހަވާލުވި ނަމަވެސް އެ ކުންފުނި އުވައިލުމުގެ މަސައްކަތްތައް އަދި މުޅިން ނުނިމެއެވެ.

Ad by Hajj Corporation