logo
ޚަބަރު

އެއާޕޯޓް އެމެޖެންސީ ޑްރިލް- އެފެކްސް އަށް ތައްޔާރުވުމަށް ހާއްސަ ހަރަކާތެއް ކުރިއަށްގެންގޮސްފި

ޝަހްޒާ މުހައްމަދު
1 ސެޕްޓެމްބަރު 2025 - 07:46
އެއާޕޯޓް އެމެޖެންސީ ޑްރިލް- އެފެކްސް އަށް ތައްޔާރުވުމަށް ހާއްސަ ހަރަކާތެއް ކުރިއަށްގެންގޮސްފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި ދިމާވެދާނެ އެމަޖެންސީ ހާލަތަކަށް ތައްޔާރުވެ ތިބުމަށް ބާއްވަން ނިންމާފައިވާ އެއާޕޯޓް ފުލް-ސްކޭލް އެމަޖެންސީ އެކްސަސައިޒް (އެފެކްސް) އަށް އެމްއޭސީއެލް އާއި ކަމާގުޅޭ އިދާރާތައް ތައްޔާރުވެފައިވާ މިންވަރު ބެލުމަށް މިއަދު ހާއްސަ ހަރަކާތެއް ކުރިއަށް ގެންގޮސްފިއެވެ.

އެފެކްސްގެ މައިގަނޑު މަޤްޞަދަކީ އެއާޕޯޓުގައި ދިމާވެދާނެ އެމަޖެންސީ ހާލަތެއްގައި ވީއައިއޭގެ އެމަޖެންސީ ޕްލޭން އަދި މުއައްސަސާތަކުގެ އެސްއޯޕީތަކާއި އެ ހަރަކާތުގައި ބައިވެރިވާ އެއާލައިންގެ ކުއްލި ހާލަތުގެ ޕްލޭން ޓެސްޓުކުރުންކަމަށް އެމްއޭސީއެލްއިން ބުންޏެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެކުންފުނިން މައުލޫމާތު ދިން ގޮތުގައި ، ހުޅުލޭ އައިލެންޑް ހޮޓަލުގައި ބޭއްވުނު މި ހަރަކާތުގައި، އެފެކްސްގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އެމަޖެންސީ ހާލަތު އަސްލަކަށް ބަލައިގެން، އެ ހާލަތަށް ތައްޔާރުވެފައިވާ މިންވަރު ވަނީ ދެނެގަނެވިފައެވެ. އަދި ހަރަކާތް ނިންމާލުމަށްފަހު ހަރަކާތުން ފާހަގަވި ކަންކަމާއި ރަނގަޅުކުރަންޖެހޭ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރެވުނެވެ.

މި ހަރަކާތުގައި އެމްއޭސީއެލްގެ ކަމާގުޅޭ ހުރިހާ ޑިޕާޓްމަންޓަކާއި 18 އިދާރާއަކުން 80 ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ. މީގެ ތެރޭގައި އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު މުހައްމަދު އާއި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޖުތަބާ ލަތީފު އަދި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ލަމްއާން ހިމެނިވަޑައިގަންނަވައެވެ.

އެފެކްސްއަކީ މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ (އެމްސީއޭއޭ) އާއި އިންޓަނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަން (އައިކާއޯ) އިން ކަނޑައަޅާފައިވާ މިންގަނޑުތަކާ އެއްގޮތަށް ވީއައިއޭގައި ދިމާވެދާނެ ކުއްލި ހާލަތަކަށް ތައްޔާރުވުމަށް އަޅަންޖެހޭ ފިޔަވަޅުތައް ތަންފީޒުކުރާކަން ކަށަވަރުކުރުމަށް ލާޒިމުކުރާ ހަރަކާތެއްކަމަށް އެމްއޭސީއެލްއިން ބުންޏެވެ. އެންމެ ފަހުން މިފަދަ ހަރަކާތެއް ބާއްވާފައި ވަނީ 2022 ވަނަ އަހަރުއެވެ. މިއަހަރުގެ އެފެކްސްގައި 33 އިދާރާއަކާއި ވޮލަންޓިއަރުންގެ ގޮތުގައި 391 ފަރާތަކުން ބައިވެރިވާނެކަމަށް ވަނީ ހާމަކޮށްފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ނޮޅިވަރަމްގައި މަލްޓި ސްޕޯޓްސް ކޮމްޕްލެކްސްއެއް އެޅުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފި ޚަބަރު | 17 ގަޑިއިރު ކުރިންއެއާޕޯޓް އެފެކްސް ތައްޔާރުވުމުގެ ގޮތުން މެޑިކަލް މެނޭޖްމަންޓް ތަމްރީނެއް ކުރިއަށް ގެންގޮސްފިޚަބަރު | ދުވަހެއް ކުރިންސަރަހައްދީ އެއާޕޯޓުތައް އެމްއޭސީއެލްގެ ދަށަށް ޚަބަރު | 2 ދުވަސް ކުރިންފުވައްމުލައް އެއާޕޯޓް ވަގުތީގޮތުން ބަންދުކުރުމާއި ގުޅިގެން މޯލްޑިވިއަންގެ ދަތުރުތައް މެދުކެނޑިއްޖެ ޚަބަރު | 2 ދުވަސް ކުރިން