logo
ޚަބަރު

އެއާޕޯޓް އެފެކްސް ތައްޔާރުވުމުގެ ގޮތުން މެޑިކަލް މެނޭޖްމަންޓް ތަމްރީނެއް ކުރިއަށް ގެންގޮސްފި

ނުހާ އަޙްމަދު
3 ސެޕްޓެމްބަރު 2025 - 10:40
ފޮޓޯ--// އެމްއޭސީއެލް
ފޮޓޯ--// އެމްއޭސީއެލް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި ދިމާވެދާނެ އެމަޖެންސީ ހާލަތަކަށް ތައްޔާރުވެ ތިބުމަށް ބާއްވަން ނިންމާފައިވާ އެއާޕޯޓް ފުލް-ސްކޭލް އެމަޖެންސީ އެކްސަސައިޒް (އެފެކްސް) އަށް ތައްޔާރުވުމަށް މެޑިކަލް މެނޭޖްމަންޓް ތަމްރީނެއް ކުރިއަށް ގެންގޮސްފިއެވެ.

އެމްއޭސީއެލް އިން ބުނީ، މިއީ އައިޖީއެމްއެޗް އިން އިސްނަގައިގެން އެމްއޭސީއެލްއާ ގުޅިގެން ކުރިއަށް ގެންދިޔަ ތަމްރީން ޕްރޮގްރާމެއް ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ތަމްރީން ޕްރޮގްރާމުގައި އައިޖީއެމްއެޗް, ހުޅުމާލެ ހޮސްޕިޓަލް, ޓްރީ ޓޮޕް ހޮސްޕިޓަލް, އޭޑީކޭ, މޯލްޑިވްސް މެޑިކަލް ސާވިސަސް (މެމްސް) އަދި އެއާޕޯޓް އެމަޖެންސީ ސާވިސަސް އިން 73 ބޭފުޅުން ބައިވެރިވެފައިވާ ކަމަށް އެމްއޭސީއެލްއިން ވަނީ ބުނެފައެވެ.

އެމްއޭސީއެލް އިން ބުނީ، މި މަހުގެ 8 ވަނަ ދުވަހު ބާއްވަން ހަމަޖެހިފައިވާ އެފެކްސްގެ ބޭނުމަކީ އެއާޕޯޓުގައި ދިމާވެދާނެ އެމަޖެންސީ ހާލަތެއްގައި ވީއައިއޭގެ އެމަޖެންސީ ޕްލޭން އަދި މުއައްސަސާތަކުގެ އެސްއޯޕީތަކާއި އެ ހަރަކާތުގައި ބައިވެރިވާ އެއާލައިންގެ ކުއްލި ހާލަތުގެ ޕްލޭން ޓެސްޓުކުރުން ކަމަށެވެ.

Gz2V5sGWMAAPLUN.jfif

ފޮޓޯ--// އެމްއޭސީއެލް

 

އެފެކްސް އަކީ މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ (އެމްސީއޭއޭ) އާއި އިންޓަނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަން (އައިކާއޯ) އިން ކަނޑައަޅާފައިވާ މިންގަނޑުތަކާ އެއްގޮތަށް ވީއައިއޭގައި ދިމާވެދާނެ ކުއްލި ހާލަތަކަށް ތައްޔާރުވުމަށް އަޅަންޖެހޭ ފިޔަވަޅުތައް ތަންފީޒު ކުރާކަން ކަށަވަރު ކުރުމަށް ލާޒިމުކުރާ ހަރަކާތެއް ކަމަށް ވެސް އެމްއޭސީއެލް އިން ވަނީ ބުނެފައެވެ.

ވީއައިއޭގައި އެއާޕޯޓް ފުލް-ސްކޭލް އެމަޖެންސީ އެކްސަސައިޒް (އެފެކްސް) އެންމެ ފަހުން ބޭއްވީ 2022 ވަނަ އަހަރުގައެވެ. މި އަހަރުގެ އެފެކްސްގައި 33 އިދާރާއަކާއި ވޮލަންޓިއަރުންގެ ގޮތުގައި 391 ފަރާތަކުން ބައިވެރިވާނެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ނޮޅިވަރަމްގައި މަލްޓި ސްޕޯޓްސް ކޮމްޕްލެކްސްއެއް އެޅުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފި ޚަބަރު | 21 ގަޑިއިރު ކުރިންއެއާޕޯޓް އެފެކްސް ތައްޔާރުވުމުގެ ގޮތުން މެޑިކަލް މެނޭޖްމަންޓް ތަމްރީނެއް ކުރިއަށް ގެންގޮސްފިޚަބަރު | ދުވަހެއް ކުރިންސަރަހައްދީ އެއާޕޯޓުތައް އެމްއޭސީއެލްގެ ދަށަށް ޚަބަރު | 2 ދުވަސް ކުރިންފުވައްމުލައް އެއާޕޯޓް ވަގުތީގޮތުން ބަންދުކުރުމާއި ގުޅިގެން މޯލްޑިވިއަންގެ ދަތުރުތައް މެދުކެނޑިއްޖެ ޚަބަރު | 2 ދުވަސް ކުރިން