logo
Bank of Maldives

Bank of Maldives

ޚަބަރު

ލަފާކުރި ވަގުތުގެ ކުރިން ކަރަންޓު އަލުން ދެވުނީ އިންޖިނިއަރުންގެ ގާބިލްކަމުން: ފަހްމީ

އައިމިނަތު މޫސާ
23 އޯގަސްޓު 2025 - 06:31
ސްޓެލްކޯ މައި އޮފީސް
ސްޓެލްކޯ މައި އޮފީސް

ކަރަންޓުގެ މަސައްކަތް ނިމޭނެކަމަށް ކުރިން ލަފާކުރެވިފައިވާ ގަޑީގެ ކުރިން މަސައްކަތް ނިންމާލައި، އަލުން ކަރަންޓު ދެވިފައިވަނީ ސްޓެލްކޯގެ ހިދުމަތްތެރި އިންޖީނިއަރުންނާއި ޓެކްނީޝަނުންގެ ޤާބިލްކަމާއި ހީވާގިކަމުން ކަމަށް އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ހުސެއިން ފަހުމީ ވިދާޅުވެއްޖެއެވެ.

ސްޓެލްކޯއިން ބުނީ، ހުޅުމާލޭގައި ހުންނަ 50 މެގަވޮޓްގެ ބޮޑު އިންޖީނުގޭގެ ހުރިހާ ޖަނަރޭޓަރުތަކެއް ނިއްވާލުމާއި ގުޅިގެން މާލެއާއި ހުޅުމާލެއަށް ކަރަންޓު ފޯރުކޮށްދިނުމުގައި ލޯޑް ޝެޑަކަށް ދިޔުމުންކަމަށާއި، އެގޮތުން ކޮންޓްރޯލް ކުރެވިގެން ކަރަންޓު ބޭނުންކުރާ ނިސްބަތް އެ ގަޑިތަކުގައި މަދުވާހެނެހެން ހުރިހާ ޖަނަރޭޓަރުތަކެއް ހުޅުމާލޭ އިންޖީނުގޭގައި ނިއްވާލަންޖެހުނީ، ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކުރުމަށްކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ފަހުމީ މިކަމާއި ގުޅިގެން އެކްސްގައި ކުރި ޕޯސްޓުގައި ވިދާޅުވީ މިއަދު ހުޅުމާލޭގެ 50 މެގަވޮޓް އިންޖީނުގެ ވަގުތީގޮތުން ހުއްޓާލައި، މުހިންމު މެއިންޓަނަންސް މަސައްކަތެއް ކުރިއަށް ގެންގޮސްފައިވާކަމަށާއި، މި މަސައްކަތް ނިމުމާއެކު، މިއަދު ހެނދުނު 08:43 ގައި ސްޓެލްކޯއިން ވަނީ މާލެ އަދި ހުޅުމާލޭގެ ހުރިހާ ސަރަހައްދުތަކަށް ކަރަންޓުގެ ޚިދުމަތް އަލުން ފޯރުކޮށްދީފައިކަމަށެވެ. ކަރަންޓުގެ މަސައްކަތް ނިމޭނެކަމަށް ކުރިން ލަފާކުރެވިފައިވާ ގަޑީގެ ކުރިން މަސައްކަތް ނިންމާލައި، އަލުން ކަރަންޓު ދެވިފައިވަނީ ސްޓެލްކޯގެ ހިދުމަތްތެރި އިންޖީނިއަރުންނާއި ޓެކްނީޝަނުންގެ ޤާބިލްކަމާއި ހީވާގިކަމުން ކަމަށް ފަހުމީ ފާހަގަ ކުރެއްވިއެވެ.

މީގެ އިތުރުން، މިކާމިޔާބީ ހާސިލްކުރެވުނީ މަސައްކަތުގެ އަހުލާގާއި، އެ މަސައްކަތަށް އޮންނަ ލޯތްބާއި، ރައްޔިތުންނަށާއި ގައުމަށް ހިދުމަތްކުރުމުގެ މަތިވެރި ރޫހު މުވައްޒަފުން ކިބައިގައި ހުރުމުން ކަމަށް ފަހުމީ ވިދާޅުވިއެވެ. އެހެންކަމުން، މި މަސައްކަތުގައި ބައިވެރިވި މުވައްޒަފުންނަށް ފަހުމީ ވަނީ ޝުކުރުއަދާކުރައްވާފައެވެ.

އަދި މިފަދަ ކޮންމެ ދަނޑިވަޅެއްގައި ގްރޭޓަރ މާލެ ސަރަހައްދުގެ ކަސްޓަމަރުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް ފަހުމީ ވަނީ ޝުކުރު އަދާކުރައްވާފައެވެ.

ހުޅުމާލޭގައި ހުންނަ 50 މެގަވޮޓްގެ އިންޖީނުގޭގައި 6 ޖަނަރޭޓަރު ހުރެއެވެ. މިއީ 2019 ވަނަ އަހަރު ބޭނުންކުރަން ފެށި، އިންޖީނުގެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މާދަމާ ހެނދުނު ހެންވޭރާއި މާފަންނުން ކަރަންޓު ކެނޑިދާނެ: ސްޓެލްކޯޚަބަރު | 6 ދުވަސް ކުރިންރޭ ހުޅުމާލެއިން ކަރަންޓު ކެނޑުނީ ބަޔަކު ސަބްސްޓޭޝަނަކަށް ގެއްލުންދޭން އުޅުމުގެ ސަބަބުން: ސްޓެލްކޯޚަބަރު | މަހެއް ކުރިންރައީސް އޮފީީހުގެ މިނިސްޓަރު ފެންވަރުގެ މަގާމަކަށް ފަހުމީ އައްޔަންކޮށްފިޚަބަރު | މަހެއް ކުރިންސްޓެލްކޯގެ އެމްޑީކަމުން ފަހުމީ ވަކިކޮށްފިޚަބަރު | މަހެއް ކުރިން