logo
Bank of Maldives

Bank of Maldives

ޚަބަރު

ރައީސް އޮފީީހުގެ މިނިސްޓަރު ފެންވަރުގެ މަގާމަކަށް ފަހުމީ އައްޔަންކޮށްފި

އައިމިނަތު މޫސާ
8 ސެޕްޓެމްބަރު 2025 - 10:40
ސްޓެލްކޯގެ ކުރީގެ އެމްޑީ ފަޙުމީ
ސްޓެލްކޯގެ ކުރީގެ އެމްޑީ ފަޙުމީ

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމުގައި ކުރިން ހުންެވި ހުސެއިން ފަހުމީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިސް މަގާމަކަށް އައްޔަނުކުރައްވައިފިއެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވަނީ އެކަން "މެންދުރުޓީވީ" އަށް ކަށަވަރުކޮށްދެއްވާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ފަހުމީ އައްޔަނުކުރައްވާފައިވަނީ ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕޮލިސީ އެންޑް މެނިފެސްޓޯގެ މަގާމަށެވެ.

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން ހުސައިން ފަހުމީ ވަކިކޮށްފައި ވަނީ އިއްޔެގައެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން ބުނީ ފަހުމީ މަގާމުން ވަކިކުރުމާއެކު ސްޓެލްކޯގެ އައު މެނޭޖިން ޑިރެކްޓަރުކަމަށް މިފްކޯގެ ސީއީއޯގެ މަގާމުގައި ހުންނެވި އަހުމަދު ސަމާހު ރަޝީދު އައްޔަނުކުރައްވާފައިވާކަމަށެވެ.

ސްޓެލްކޯގައި 1998 ވަނަ އަހަރުން ފެށިގެން މަސައްކަތް ކުރައްވަމުން ގެންދެވި ފަހުމީ އެ ކުންފުނީގެ އެމްޑީގެ މަގާމަށް އައްޔަންކުރެއްވީ 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހުއެވެ.

ފަހުމީ ވަނީ ސްޓެލްކޯގައި 25 އަހަރު ޚިދުމަތްކުރައްވާފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ސްޓެލްކޯއާ ހަވާލުކޮށްގެން ތުލުސްދޫގައި ޤާއިމްކޮށްފައިވާ ފެނުގެ ނިޒާމް އިފްތިތާޙްކޮށްފިޚަބަރު | 18 ދުވަސް ކުރިންސްޓެލްކޯއިން ދިއްފުށީގައި ޤާއިމްކޮށްފައިވާ އައު އިންޖީނުގެ ހުޅުވައިފި ޚަބަރު | 18 ދުވަސް ކުރިންސްޓެލްކޯގެ ތުލުސްދޫ އެކަޑެމީގައ ޤައުމީ ޔުނިވަރސިޓީގެ ޕްރޮގްރާމްތަކެއް ފަށަނީޚަބަރު | 18 ދުވަސް ކުރިންކަރަންޓު ކެނޑުނީ ޓެކްނިކަލް މައްސަލައެއް ދިމާވެގެން، އަލުން ކަރަންޓު ދީފިޚަބަރު | 19 ދުވަސް ކުރިން