logo
MPL

MPL

ޚަބަރު

"ރާއްޖެ ސަރަހައްދު ބެލެހެއްޓުމަށް ބޭރުގެ ބަޔަކަށް ނުދޭނަން"

އަޙުމަދު ރަމީޒު
14 އޮކްޓޯބަރު 2026 - 10:28
"ރާއްޖެ ސަރަހައްދު ބެލެހެއްޓުމަށް ބޭރުގެ ބަޔަކަށް ނުދޭނަން"

ދިވެހިރާއްޖޭގެ ސަރަޙައްދުގެ އެއްވެސް ބައެއް، އެއްވެސް ހާލެއްގައި، ބޭރުގެ އަސްކަރީ ނުވަތަ އެނޫންވެސް ބެލެހެއްޓުމުގެ ބާރަކަށް ނުދޭނެ ކަމުގައި ދިވެހި ސަރުކާރުން ބުނެފި އެވެ.

ރައީސް އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރާއްޖޭގެ ސަރަހައްދާއި ދިވެހި ދައުލަތުގެ ސިޔާދަތަކީ އެމައްޗަށް ދިވެހިރާއްޖޭގެ މިނިވަންކަން ބަރޯސާވާ، ބަދަލުނުކުރެވޭނޭ، ދިވެހި ދައުލަތާއި ދިވެހި ރައްޔިތުންގެ ހައްގެއް ކަމަށެވެ. ހަމައެފަދައިން ރާއްޖޭގެ ސަރަހައްދުގައި ހިމެނޭ ބައިނަލްއަގްވާމީ ވިޔަފާރީގެ ކަނޑުއޮޅިތަކާއި ރާއްޖޭގެ ހާއްސަ އިތިގްސާދީ ސަރަހައްދު ހިމެނޭގޮތުން، ރާއްޖޭގެ ސަރަޙައްދު ބެލެހެއްޓުމުގެ ފުރިހަމަ ބާރާއި ޒިންމާއަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީން ދިވެހި ދައުލަތާ ހަވާލުކޮށްފައިވާ ޒިންމާއެއް ކަމަށް ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.

"މިދެންނެވި ހުދޫދުގެ ތެރެއިން، ދިވެހިރާއްޖޭގެ ސަރަހައްދު ބަލަހައްޓައި ދިވެހިރާއްޖޭގެ މިނިވަންކަމާއި ދިވެހި ދައުލަތުގެ ސިޔާދަތު ރައްކައުތެރިކުރުމަކީ ދިވެހިން ވަރަށް ފަޚުރުވެރިކަމާއެކު ކޮށްފައިވާ އަދި ކުރަމުންގެންދާ ކަމެކެވެ. މިކަމަށް ދިވެހި ތާރީޚު ހެކިދެއެވެ،" ބަޔާނުގައިވެ އެވެ.

މިބަޔާނުގައި ބުނެފައިވަނީ ދުނިޔޭގެ ޖޯގުރަފީއަށް ބަލާއިރު، ރާއްޖެއަކީ އިސްތިރާޖީގޮތުން ވަރަށް މުހިއްމު ތަނެއްގައި ލައްވާފައިވާ ގައުމެއް ކަމަށެވެ. އަދި ރާއްޖޭގެ ސަރަހައްދުގެ ތެރޭގައި ހުރި ބައިނަލްއަގްވާމީ ވިޔަފާރީގެ ކަނޑުއޮޅިތަކަކީ ދުނިޔޭގެ ތެލުގެ ވިޔަފާރިއާއި އާންމު ވިޔަފާރީގެ ވަރަށް ބޮޑު އިންސައްތައެއް، ދުނިޔޭގެ އެއް ބައްރުން އަނެއް ބައްރަށް ދަތުރުކުރުމަށް ބޭނުންކުރާ މުހިންމު ކަނޑުއޮޅިތަކެއް ކަމަށްވެސް ފާހަގަކޮށްފައިވެ އެވެ.

"އެހެންކަމުން ދިވެހިރާއްޖޭގެ ސަރަހައްދު އަމާންކަމާއެކު ބޭނުންކުރުމުގެ ފުރުސަތު ފަހިކޮށްދޭދިނުމަކީ ދުނިޔޭގެ ތެލުގެ އަދި އެހެނިހެން ވިޔަފާރިތަކަށް ދިވެހިރާއްޖެއިން ޒަމާނުއްސުރެ ކޮށްދޭ އަގުހުރި ހިދުމަތެކެވެ. އަދި މިމޭރުމުން ދުނިޔެއާއި މި ސަރަހައްދުގެ ހަމަޖެހުމަށާއި އަމާންކަމަށް ދިވެހިރާއްޖެއިން ކޮށްދޭ ވަރަށް މުހިއްމު ހިދުމަތެއްވެސް މެއެވެ،" ބަޔާނުގައިވެ އެވެ.

ދިވެހި ސަރުކާރުން ބުނީ ރާއްޖޭގެ ސަރަހައްދާއި ކަނޑުއޮޅިތައް ބެލެހެއްޓުމަށް ބޭރުގެ ފަރާތްތަކާ ހަވާލުނުކުރުމަކީ ރާއްޖޭގެ މިނިވަންކަމާއި ދިވެހި ދައުލަތުގެ ސިޔާދަތު ހިމާޔަތްކުރުމަށް ދިވެހި ސަރުކާރުން ގެންގުޅޭ އެންމެ މުހިންމު އެއް ސިޔާސަތު ކަމަށެވެ. މީގެ އިތުރުން މި ސިޔާސަތަކީ މި ސަރަހައްދުގެ ހަމަޖެހުމާއި ދުނިޔޭގެ ވިޔަފާރީގެ މުއާމަލާތުތަކަށް ފަހި ވެއްޓެއް ގާއިމުކޮށްދިނުމަށް ރާއްޖެއިން ގެންގުޅޭ އެހާމެ މުހިއްމު ސިޔާސަތެއް ކަމަށްވެސް ބަޔާނުގައި ބުނެފައިވެ އެވެ.

މިބަޔާނުގައި ބުނެފައިވަނީ ދިވެހިރާއްޖޭގެ ސަރަހައްދުގައި ހިމެނޭ ބައިނަލްއަގްވާމީ ވިޔަފާރީގެ ކަނޑުއޮޅިތަކާއި ދިވެހިރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދު ހިމެނޭގޮތުން، ރާއްޖޭގެ ސަރަހައްދުގެ އެއްވެސް ބައެއް އަސްކަރީގޮތުން ނުވަތަ އެނޫންވެސް ގޮތަކުން ބެލެހެއްޓުމަށް ބޭރުގެ ފަރާތަކަށް ހުޅުވާލުމަކީ ރާއްޖޭގެ މިނިވަން ކަމަށާއި ދިވެހި ދައުލަތުގެ ސިޔާދަތަށް އުނިކަން ލިބޭނޭ ކަމެއް ކަމަށެވެ. މި ސަރަހައްދުގެ ހަމަޖެހުމާއި ސަލާމަތަށް އެކަމުން އަސަރުކުރާނެ ކަމަށާއި އެހެންވެ އެގޮތަށް އަމަލުނުކުރުމަކީ ދިވެހި ސަރުކާރުގެ އަސާސީ ސިޔާސަތެއް ކަމަށްވެސް ފާހަގަކޮށްފައިވެ އެވެ.

"ވީމާ ދިވެހިރާއްޖޭގެ ސަރަޙައްދުގެ އެއްވެސް ބައެއް، އެއްވެސް ހާލެއްގައި، ބޭރުގެ އަސްކަރީ ނުވަތަ އެނޫންވެސް ބެލެހެއްޓުމުގެ ބާރަކަށް ދިވެހި ސަރުކާރުން ނުދޭނޭ ކަމުގައި ދަންނަވަމެވެ. އަދި މިނޫން ގޮތަކަށް މޭރުންވެދާނޭ ފަދަޔަކުން ބޭރުގެ ނުފޫޒަކަށް، ސީދާ ނުވަތަ ނުސީދާ ގޮތަކުން ވިޔަސް، އެއްވެސް ފަރާތަކުން ދައުވަތު ނުދިނުމަށް ދިވެހި ސަރުކާރުން އިލްތިމާސްކުރަމެވެ،" ބަޔާން ނިންމާލަމުން ބުނެފައިވެ އެވެ.

Ad by Hajj Corporation

Ad by Hajj Corporation

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

"ރާއްޖެ ސަރަހައްދު ބެލެހެއްޓުމަށް ބޭރުގެ ބަޔަކަށް ނުދޭނަން"ޚަބަރު | ގަޑިއިރެއް ކުރިން ވަޒީރުންނާ ސީދާ ސުވާލުކޮށްލަން ފުރުސަތު: 9 ވަނަ "އަހާ" ފޯރަމް މިރޭ އޮންނާނެޚަބަރު | 3 ދުވަސް ކުރިންވަޒީރުންނާ ސީދާ ސުވާލުކުރެވޭ "އަހާ" ފޯރަމްގެ 8 ވަނަ ބައްދަލުވުން އާދިއްތަ ދުވަހުގެ ރޭޚަބަރު | 11 ދުވަސް ކުރިންއދ.ގެ މަތީފަންތީގެ ބައްދަލުވުމަކަށް ނައިބް ރައީސް ނިއުޔޯކަށްޚަބަރު | 24 ދުވަސް ކުރިން