logo
MPL

MPL

ޚަބަރު

ވަޒީރުންނާ ސީދާ ސުވާލުކުރެވޭ "އަހާ" ފޯރަމްގެ 8 ވަނަ ބައްދަލުވުން އާދިއްތަ ދުވަހުގެ ރޭ

މުހައްމަދު މޫސާމުހައްމަދު މޫސާ
3 އޮކްޓޯބަރު 2026 - 03:13
ވަޒީރުންނާ ސީދާ ސުވާލުކުރެވޭ "އަހާ" ފޯރަމްގެ 8 ވަނަ ބައްދަލުވުން އާދިއްތަ ދުވަހުގެ ރޭ

 

ސަރުކާރުގެ އެކި ވުޒާރާތަކުން ހިންގަމުންދާ މަޝްރޫއުތަކާއި މަސައްކަތްތަކުގެ މައުލޫމާތު ރައްޔިތުންނާ ހިއްސާކުރުމަށް ބާއްވަމުން އަންނަ ސިލްސިލާ "އަހާ" ފޯރަމްގެ އަށްވަނަ ބައްދަލުވުން ކުރިއަށް އޮތް އާދިއްތަ ދުވަހުގެ ރޭ ބޭއްވުމަށް ހަމަޖެހިއްޖެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ގުޅިގެން ކުރިއަށްގެންދާ މި ފޯރަމަކީ، ދައުލަތުގެ އެކި އިދާރާތަކުގެ މަސައްކަތްތައް ވީހާވެސް ދެފުށް ފެންނަ ގޮތެއްގައި އާންމުންނަށް ތަފްސީލުކޮށްދީ، ރައްޔިތުންގެ ކަންބޮޑުވުންތަކާއި ސުވާލުތަކަށް ސީދާ ވަޒީރުންގެ ފަރާތްޕުޅުން ޖަވާބު ހޯދައިދިނުމުގެ މަގުސަދުގައި ބާއްވާ ހަރަކާތެކެވެ.

މި ފަހަރުގެ ފޯރަމްގައި ބައިވެރިވެވަޑައިގަންނަވާ ވަޒީރުން

އާދިއްތަ ދުވަހުގެ ރޭ 21:00 ގައި ފަށާ އަދި ދެ ގަޑިއިރުގެ މުއްދަތަކަށް ކުރިއަށްދާ މި ފޯރަމްގައި ބައިވެރިވެވަޑައިގަންނަވާނީ އެޓާނީ ޖެނެރަލް އަހުމަދު އުޝާމް، ޑިފެންސް މިނިސްޓަރު ހަސަން ރަޝީދު އަދި އިކޮނޮމިކް އެންޑް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު ސައީދެވެ.

މި ފޯރަމްގައި ބައިވެރިވެވަޑައިގަންނަވާ ވަޒީރުންނާ ސުވާލުކުރުމުގެ ފުރުސަތު މިހާރު ވަނީ އާންމުންނަށް ހުޅުވާލާފައެވެ. އެގޮތުން، ފޯރަމް ކުރިއަށްދާ މާލަމަށް ހާޒިރުވެ ސީދާ ސުވާލުކުރުމުގެ އިތުރުން، ޕީއެސްއެމް އެއާ އެޕްލިކޭޝަން އަދި ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް ކަމަށްވާ ފޭސްބުކާއި އެކްސް މެދުވެރިކޮށްވެސް އޮންލައިންކޮށް ސުވާލު ފޮނުވުމުގެ ފުރުސަތު ވަނީ ހަމަޖައްސައިދީފައެވެ.

ސަރުކާރުގެ މަސައްކަތްތަކާ ގުޅޭގޮތުން ވަޒީރުންނާ ސީދާ ސުވާލުކުރުމަށް ބާއްވާ މި ސިލްސިލާ ފޯރަމްތައް އެންމެ ފުރަތަމަ ފަށާފައިވަނީ 2024 ވަނަ އަހަރުގެ ޖެނުވަރީ މަހުގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމު 56 ބޭފުޅަކަށް, ޚާއްޞަ އިނާމު 57 ބޭފުޅަކަށް އަރުވައިފިޚަބަރު | 4 ދުވަސް ކުރިންދައުލަތަށް ހިދުމަތް ކުރުމުގެ އިނާމު 56 ބޭފުޅަކަށް ދެނީޚަބަރު | 6 ދުވަސް ކުރިންކަނޑުގެ މައްސަލަ ބަލާ ކޮމިޝަނަށް ބަދަލުތަކެއްޚަބަރު | 14 ދުވަސް ކުރިން"ރާއްޖެ ސަރަހައްދު ބެލެހެއްޓުމަށް ބޭރުގެ ބަޔަކަށް ނުދޭނަން"ޚަބަރު | މަހެއް ކުރިން