logo
MPL

MPL

ޚަބަރު

އދ.ގެ މަތީފަންތީގެ ބައްދަލުވުމަކަށް ނައިބް ރައީސް ނިއުޔޯކަށް

އަޙުމަދު ރަމީޒު
20 ސެޕްޓެމްބަރު 2026 - 03:43
ރައީސުލްޖުމްހޫރިއްޔާގެ ނައިބް ހުސައިން މުހައްމަދު ލަތީފް އެމެރިކާގެ ނިއުޔޯކަށް ފުރާވަޑައިގަތުމުގެ ކުރިން ވީއައިއޭގައި -- ފޮޓޯ: ރައީސް އޮފީސް.
ރައީސުލްޖުމްހޫރިއްޔާގެ ނައިބް ހުސައިން މުހައްމަދު ލަތީފް އެމެރިކާގެ ނިއުޔޯކަށް ފުރާވަޑައިގަތުމުގެ ކުރިން ވީއައިއޭގައި -- ފޮޓޯ: ރައީސް އޮފީސް.

އދ.ގެ އާންމު މަޖިލީހުގެ 81 ވަނަ ސެޝަން (ޔޫއެންޖީއޭ 81)ގެ ހައި-ލެވެލް ހަފްތާގައި ބައިވެރިވެވަޑައިގަތުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ ނައިބް ސައިން މުހައްމަދު ލަތީފް ރޭ އެމެރިކާގެ ނިއުޔޯކަށް ފުރާވަޑައިގެންފިއެވެ.

މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު މަތީ ފަންތީގެ ބައްދަލުވުންތަކުގައި ދިވެހިރާއްޖޭގެ ފަރާތުން ރަސްމީ ބަޔާން އިއްވެވުމުގެ އިތުރުން ދޭދޭ ޤައުމުތަކުގެ އިސްވެރިންނާއެކުގައްޔާއި، ގިނަ ގައުމުތައް ގުޅިގެން ބާއްވާ ބައްދަލުވުންތަކުގެ މަޝްވަރާތަކުގައި ބައިވެރިވެ ވަޑައިގަތުމަށް ވަނީ ހަމަޖެހިފަ އެވެ.

މީގެއިތުރުން ޢާންމު މަޖިލީހުގެ ބަހުސް ހުޅުވާލުމުގެ ރަސްމިއްޔާތާއި މި ބައްދަލުވުމުގެ ހަވާސާގައި ބާއްވާ ހަފްލާތަކުގައިވެސް އެމަނިކުފާނު ބައިވެރިވެވަޑައިގަންނަވާނެ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު މި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރި މާލެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މިމަހުގެ 26 ވަނަ ދުވަހު އެވެ.

Ad by Hajj Corporation

Ad by Hajj Corporation

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

"ރާއްޖެ ސަރަހައްދު ބެލެހެއްޓުމަށް ބޭރުގެ ބަޔަކަށް ނުދޭނަން"ޚަބަރު | 22 ދުވަސް ކުރިން ވަޒީރުންނާ ސީދާ ސުވާލުކޮށްލަން ފުރުސަތު: 9 ވަނަ "އަހާ" ފޯރަމް މިރޭ އޮންނާނެޚަބަރު | 25 ދުވަސް ކުރިންގައުމަށް ބޭނުންވާ އީޖާދީ ވިސްނުންތައް ހޯދައިދިނުމަށް ނައިބު ރައީސް ގޮވާލައްވައިފިޚަބަރު | މަހެއް ކުރިންވަޒީރުންނާ ސީދާ ސުވާލުކުރެވޭ "އަހާ" ފޯރަމްގެ 8 ވަނަ ބައްދަލުވުން އާދިއްތަ ދުވަހުގެ ރޭޚަބަރު | މަހެއް ކުރިން