logo
Bank of Maldives

Bank of Maldives

ޚަބަރު

ރޭ ހުޅުމާލެއިން ކަރަންޓު ކެނޑުނީ ބަޔަކު ސަބްސްޓޭޝަނަކަށް ގެއްލުންދޭން އުޅުމުގެ ސަބަބުން: ސްޓެލްކޯ

ޝަހްޒާ މުހައްމަދު
21 ސެޕްޓެމްބަރު 2025 - 06:58
ރޭ ހުޅުމާލެއިން ކަރަންޓު ކެނޑުނީ ބަޔަކު ސަބްސްޓޭޝަނަކަށް ގެއްލުންދޭން އުޅުމުގެ ސަބަބުން: ސްޓެލްކޯ

ރޭ ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑުނީ ހުޅުމާލޭގައި ހުންނަ ސްޓެލްކޯގެ ސަބްސްޓޭޝަނަކަށް ގެއްލުންދޭން ބަޔަކު ކުރި މަސައްކަތުގެ ސަބަބުންކަމަށް އެކުންފުނިން ބުނެފިއެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ވިނަރެސް އަދި ހިޔާ ފުލެޓުތަކުގެ ބައެއް ޓަވަރުތަކުން ރޭ ދަންވަރު ކަރަންޓު ކެނޑުނެވެ. އެގޮތުން ކަރަންޓު ކެނޑުނީ މެންދަމުން އަލިވެ 3:30 ހާއިރު ކަމަށް އެ ކުންފުނިން ބުންޏެވެ. 

Ad by Hajj Corporation

Ad by Hajj Corporation

އެ ކުންފުނިން ބުނެފައިވަނީ އެ ސަރަހައްދުތަކުން ކަރަންޓުގެ ހިދުމަތް މެދުކެނޑުނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހުރި ސަބްސްޓޭޝަނަކަށް ގެއްލުންދޭން ބަޔަކު މަސައްކަތްކުރުމުގެ ތެރޭގައި އެ ސަބްސްޓޭޝަނުގެ ނެޓްވޯކް ފީޑަރެއް ނިވިގެން ކަމުގައެވެ. 

މިކަމާ ގުޅިގެން ކުރެވުނު މަސައްކަތްތަކުން އަނބުރާ ކަރަންޓުގެ ހިދުމަތް އިއާދަކުރެވުނީ ފަތިހު 4:56 ހާއިރު ކަމުގައި އެ ކުންފުނިން ބުނެފައިވެއެވެ. 

ސްޓެލްކޯއިން ބުނެފައިވަނީ ސަބްސްޓޭޝަނަށް ގެއްލުންދިން މީހުންގެ މައްސަލަ ކަމާ ބެހޭ ފަރާތަށް މިހާރު ހުށަހަޅައި، އެ ފަރާތްތަކުގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށެވެ. އަދި އެފަދަ ކަންކަން ތަކުރާރުވިޔަނުދިނުމަށް ކަމާ ބެހޭ ފަރާތްތަކާއެކު މަސައްކަތް ކުރަމުންދާކަމުގައި އެ ކުންފުނިން ބުނެފައިވެއެވެ. 

 މިފަދަ ކަންކަމަކީ އެކަމުގެ ސަބަބުން މުޖުތަމައުގެ ގިނަ ބަޔަކު ބޮޑެތި ތަކުލީފުތައް އުފުލަންޖެހޭ ކަމެއް ކަމަށާއި، އަދި އެކަންކުރާ މީހުންގެ އަމިއްލަ ފުރާނައަށްވެސް އެކަމުގެ ސަބަބުން ނުރައްކާވާނެ ކަމުގައިވެސް ސްޓެލްކޯއިން ބުނެފައިވެއެވެ. 

އެއާއެކު އެފަދަ ނުރައްކާތެރި ކަންކަން ކުރާ މީހުންގެ އަމަލުތައް ހުއްޓުވުމަށްޓަކައި، އަދި އެފަދ އަމަލުތައް ތަކުރާރުވިޔަނުދިނުމަށް މިފަދަ ކަންކަން ކުރާ ފަރާތްތަކުގެ މައުލޫމާތު ކަމާ ބެހޭ ފަރާތްތަކާ ހިއްސާކުރަމުން ގެންދިއުމަށް ސްޓެލްކޯއިން އެދިފައިވެއެވެ. 

އެ ކުންފުނިންވަނީ އެ ހާދިސާއާ ގުޅިގެން އެ ކުންފުނީގެ ކަސްޓަމަރުންނަށް ލިބުނު ގެއްލުން ފާހަގަކޮށް ވަރަށް ބޮޑަށް ޝުކުރު އަދާކޮށްފައެވެ. 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ދިގުރަށުގެ ކަރަންޓު ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކުރިއަށްޚަބަރު | 2 ދުވަސް ކުރިންކ. ހުރާގެ ފެން، ކަރަންޓު އަދި ނަރުދަމާގެ ޚިދުމަތާ ސްޓެލްކޯއިން ހަވާލުވެއްޖެޚަބަރު | 3 ދުވަސް ކުރިންސްޓެލްކޯގެ ކަސްޓަމަރ ސަރވިސް ޕޯޓަލް 'ވަށަނި" އިފްތިތާހްކޮށްފިޚަބަރު | 7 ދުވަސް ކުރިންސްޓެލްކޯގައި ކުރިއަށްގެންދިޔަ ފަޔަރ ވޯޑަން - ޓްރެއިން ދަ ޓްރެއިނަރ ޕްރޮގްރާމްގެ ބައިވެރިންނަށް ސެޓްފިކެޓްދީފިޚަބަރު | 10 ދުވަސް ކުރިން