logo
ޚަބަރު

ހައްޖު ކޯޕަރޭޝަނުން ތަރައްގީކުރާ ރެސިޑެންސްގެ ޑިޒައިންގެ މަސައްކަތް އެފްޑީސީއާ ހަވާލުކޮށްފި

އަޙްމަދު ޒަލީފް
25 ސެޕްޓެމްބަރު 2024 - 09:34
ހައްޖު ކޯޕަރޭޝަނުން ތަރައްގީކުރާ ރެސިޑެންސްގެ ޑިޒައިންގެ މަސައްކަތް އެފްޑީސީއާ ހަވާލުކޮށްފި

މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން ތަރައްގީކުރާ "ނިއަމް ރެސިޑެންސް" މަޝްރޫއުގެ ޑިޒައިން ހިދުމަތްތައް ފޯރުކޮށްދިނުމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ

އެ އެއްބަސްވުމުގައި އެފްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެފްޑީސީގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލެވެ. އަދި ހައްޖު ކޯޕަރޭޝަނުގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަކީލެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެފްޑީސީއިން ބުނީ އެ އެއްބަސްވުމުގެ މަގްސަދަކީ ހައްޖު ކޯޕަރޭޝަނުގެ, ނިއަމް ރެސިޑެންސް މަޝްރޫއުއަށް ބޭނުންވާ އާކިޓެކްޗަރަލް, އިންޖިނިއަރިން އަދި ކުރެހުންތައް ފޯރުކޮށްދިނުމާއި ކޮންސަލްޓެންސީގެ ހިދުމަތް ފޯރުކޮށްދިނުން ކަމަށެވެ.

އެފްޑީސީއިން ބުނީ އިސްލާމިކް މިނިސްޓްރީއާއި މޯލްޑިވް ގޭސްއާއެކު ވެސް އެމްއޯޔޫއެއްގެ ދަށުން އެ ފަދަ ހިދުމަތްތައް ފޯރުކޮށްދެމުންދާ ކަމަށެވެ.

އެފްޑީސީއަށް 5 އަހަރު ފުރުމުގެ މުނާސަބަތާ ގުޅިގެން އެ ކޯޕަރޭޝަނުގެ މެންޑޭޓަށް އައި ބަދަލާއެކު އެ ކޯޕަރޭޝަނުން އާމްދަނީ އިތުރުކުރުމުގެ ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށް ބުނެފައިވެ އެވެ.

އެ މަޝްރޫއުތައް ކާމިޔާބުކަމާއެކު ތަންފީޒުކުރުމަކީ އެ ދާއިރާއިން އިތުރު ފުރުސަތުތައް ހުޅުވި އެ ކުންފުންޏަކީ ފައިދާ ލިބޭ ކުންފުންޏަކަށް މަގުފަހިވެގެންދާނެ ކަމެއް ކަމަށް އެފްޑީސީއިން ބުނެ އެވެ.

އެފްޑީސީއިން ބުނީ އެ ލަނޑުދަނޑި ހާސިލުކުރުމަށްޓަކައި އެ ކޯޕަރޭޝަނުން ކެނޑިނޭޅި މަސައްކަތްކުރަމުންދާ ކަމަށެވެ.

މި މަހުގެ 14 ވަނަ ދުވަހު ހައްޖު ކޯޕަރޭޝަނުން ހުޅުމާލޭގައި އަޅާ, 9 ބުރީގެ އޮފީސް އިމާރާތުގެ ބިންގާ އެޅުމަށް ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޝަކީލް ވިދާޅުވީ ކުރިއަށް އޮތް މަދު ދުވަސްތަކެއްގެ ތެރޭގައި ވަރަށް ގިނަ ބޮޑެތި ޕްރޮޖެކްޓްތަކެއް ފެނިގެންދާނެ ކަމަށެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ގެދޮރުވެރިޔާ ސްކީމް: 2416 އެއްބަސްވުމުގައި ސޮއިކޮށްފިޚަބަރު | 6 ދުވަސް ކުރިންގެދޮރުވެރިޔާ ސްކީމް: 2000 އަށްވުރެ ގިނަ އެއްބަސްވުމުގައި ސޮއިކޮށްފިޚަބަރު | 9 ދުވަސް ކުރިންހައްޖު ކޯޕަރޭޝަނުން ތަންފީޒު ކުރާނީ ސަރުކާރުގެ ސިޔާސަތު: އެމްޑީ ޝަކީލްޚަބަރު | މަހެއް ކުރިންފްލެޓް އެއްބަސްވުންތަކުގައި ސޮއިކުރުން ހުއްޓާލި ވާހަކަ އަކީ ދޮގެއްޚަބަރު | މަހެއް ކުރިން