logo
Bank of Maldives

Bank of Maldives

ޚަބަރު

ގެދޮރުވެރިޔާ ސްކީމް: 2000 އަށްވުރެ ގިނަ އެއްބަސްވުމުގައި ސޮއިކޮށްފި

އާމިނަތު ޝަފާ
26 އޯގަސްޓު 2025 - 13:13
ގެދޮރުވެރިޔާ ސްކީމް: 2000 އަށްވުރެ ގިނަ އެއްބަސްވުމުގައި ސޮއިކޮށްފި

ގެދޮރުވެރިޔާ ސްކީމްގެ ދަށުން މިހާތަނަށް 2000 އަށްވުރެ ގިނަ މީހުންނާއެކު އެއްބަސްވުމުގައި ސޮއިކުރެވިފައިވާކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަނުން ހާމަކޮށްފިއެވެ.

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓް ލިބުނު 4000 މީހުންނާއެކު އެއްބަސްވުން އެކުލަވާލުމުގެ މަސައްކަތް ކުރަމުން އަންނައިރު މިހާތަނަށް 2000އަށް ވުރެ ގިނަ އެއްބަސްވުމުގައި ސޮއިކޮށް ނިމިފައިވާކަމަށް އެ ކޯޕަރޭޝަނުން މައުލޫމާތުދެއެވެ. އަދި މިއީ ބޮޑު ކާމިޔާބީއެއްގެ ގޮތުގައި އެކުންފުނިން ފާހަގަކުރެއެވެ.

އެފްޑީސީގެ އަމާޒަކީ ވީއެންމެ އަވަސް މުުއްދަތެއްގެ ތެރޭގައި އެއްބަސްވުމުގައި ސޮއިކުރެވުނު ފަރާތްތަކާ ޔުނިޓުތައް ހަވާލުކުރުމެވެ.

Ad by Hajj Corporation

Ad by Hajj Corporation

އަމާޒަކީ ފްލެޓް ލިބުނު މީހުންނާއެކު އެއްބަސްވުމުގައި ސޮއިކުރުމުގެ މަސައްކަތް އިތުރަށް ހަލުވިކޮށް 3 މަސްދުވަހުގެ ތެރޭގައި ހުރިހާ ފަރާތްތަކާ އެކުވެސް އެއްބަސްވުން އެކުލަވާލުންކަމަށް ފަހިދިރިއުޅުމުގެ ކޯޕަރޭޝަނުން ވަނީ ބުނެފައެވެ.

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ހައުސިން ޔުނިޓް ލިބުނު ފަރާތްތަކާއެކު އެއްބަސްވުމުގައި ސޮއި ކުުރުމުގެ މަސައްކަތް އިތުރަށް ހަލުވިކޮށް، ދުވާލެއްގެ މައްޗަށް އެއްބަސްވުންތަކުގައި ސޮއިކުރެވޭ މިންވަރު އިތުރުކުރުމަށް މަސައްކަތް ކުރަމުންދާކަންވެސް ފަހި ދިރިއުޅުން ކޯޕަޝަނުން ހާމަކޮށްފައިވެއެވެ.

ސެޕްޓެމްބަރު މަހުގެ ނިޔަލަށް ގެދޮޮރުވެރިޔާ ސްކީމުން ފްލެޓް ލިބޭ ހުރިހާ މީހުންގެ އެގްރިމަންޓްގެ މަސައްކަތްތައް ނިންމާ ފްލެޓް ހަވާލުކުރުމަށް ސަރުކާރުން އަމާޒު ހިފާފައިވާއިރު ފްލެޓްގައި ސޮއިކުރުމަށް އައިމުގެ ކުރިން، އެކަމަށް ބޭނުންވާ ލިޔެކިޔުންތައް އެފްޑީސީގެ "ފަހި ޕޯޓަލް"އަށް އަޕްލޯޑްކުރުމަށް އެ ކޯޕަރޭޝަންއިން އަންގާނެއެވެ. އެއަށްފަހު ސޮއިކުރަން ދާންވާ ދުވަހާ ގަޑި އެފްޑީސީން އަންގަމުންދާނެއެވެ.

ސޮއިކުރުމުގެ ކަންކަން ކުރިއަށްދަނީ ހުޅުމާލެ ސިންތެޓިކް ޓްރެކްގައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ގެދޮރުވެރިޔާ ސްކީމް: 3032 އެއްބަސްވުމުގައި ސޮއިކޮށްފިޚަބަރު | މަހެއް ކުރިން4000 ފްލެޓްގެ ނަރުދަމާ މަސައްކަތް ޓެސްޓިން މަރުހަލާގައިޚަބަރު | 2 މަސް ކުރިންގެދޮރުވެރިޔާ ސްކީމް: 2955 އެއްބަސްވުމުގައި ސޮއިކޮށްފިޚަބަރު | 2 މަސް ކުރިންގެދޮރުވެރިޔާ ސްކީމް: 2416 އެއްބަސްވުމުގައި ސޮއިކޮށްފިޚަބަރު | 2 މަސް ކުރިން