logo
MPL

MPL

ޚަބަރު

ފަހި ފްލެޓުތަކުގައި ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ކުރަނީ

އަޙުމަދު ރިޝާން
3 ސެޕްޓެމްބަރު 2026 - 05:44
ފަހި ފްލެޓުތަކުގައި ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ކުރަނީ

އުސް އިމާރާތްތަކުން ކުޑަކުދިން ވެއްޓޭ ހާދިސާތައް އިތުރުވުމާ ގުޅިގެން، ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) ގެ ޓަވަރުތަކުގައި ކުޑަކުދިންނާއި ޚާއްސަ އެހީއަށް ބޭނުންވާ މީހުން އުޅޭ ޔުނިޓުތައް ފާހަގަކޮށް ރައްކާތެރިކަމުގެ ފިޔަވަޅުއެޅުމަށް މަޝްވަރާ ފަށާފައިވާކަމަށް އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ހަމްދާން ޝަކީލް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުން، "އަމާން އުދަރެސް" އަދި "އަމާން ދޯދި" ޓަވަރުތަކުގައި މިފަދަ ފަރާތްތައް ދިރިއުޅޭ ޔުނިޓުތައް ފާހަގަކުރުމާއި ސަލާމަތީ ފިޔަވަޅުތައް އެޅުމުގެ މަޝްވަރާތައް ވަނީ ފަށާފައެވެ. އަދި ޓަވަރުތަކުގައި ދިރިއުޅޭ އެންމެހައި ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި، އެންމެ ބޮޑަށް އިސްކަންދޭންޖެހޭ ޔުނިޓުތަކަށް ޚާއްސަ ސަމާލުކަމެއްދީގެން އިންތިޒާމުތައް ހަމަޖެއްސުމަށް ވަނީ ނިންމާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

 

View post on Twitter

 

ފްލެޓުތަކުން ކުޑަކުދިން ވެއްޓުމުގެ މައްސަލަތައް އިތުރުވެފައިވާއިރު، ސްޓެލްކޯ ފްލެޓަކުން 2 އަހަރުގެ ކުއްޖަކު ވެއްޓި ނިޔާވެފައިވުމާއި، އަމާން އުދަރެސް ޓަވަރަކުން 16 އަހަރުގެ ކުއްޖަކު ވެއްޓި ބޮޑެތި އަނިޔާތަކެއް ލިބިފައިވާކަން ފާހަގަކުރެވެއެވެ. މިފަދަ ނުރައްކާތެރި އެކްސިޑެންޓުތަކުން ކުދިން ސަލާމަތްކުރުމަށްޓަކައި، އުސް އިމާރާތްތަކުގެ ކުޑަދޮރު، ބެލްކަނި، އަދި ރެއިލިންގ ފަދަ ތަންތަނުގެ ސަލާމަތީ ކަންކަން ކަށަވަރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ގޮވާލައްވާފައެވެ.

އަދި މިއީ މުޅި މުޖުތަމައު ގުޅިގެން ކުރަންޖެހޭ ޤައުމީ އަދި އިންސާނީ މަސައްކަތެއްކަން ފާހަގަކުރައްވައި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި ތުއްތު ކުދިން ބެލެހެއްޓުމުގައި ޢާއިލާތަކާއި އިމާރާތްތައް ބަލަހައްޓާ ފަރާތްތަކުން ޒިންމާދާރުވުމަށް އެމަނިކުފާނު ވަނީ އިލްތިމާސްކުރައްވާފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފަހި ފްލެޓުތަކުގައި ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ކުރަނީޚަބަރު | ގަޑިއިރެއް ކުރިންކުޑަކުދިންގެ ދުވަސް ފާހަގަކުރުމަށް އެފްޑީސީން ހާއްސަ ހަވީރެއް ބާއްވަނީޚަބަރު | 4 މަސް ކުރިންއެންމެންގެ އިހުމާލު، އެންމެންނަށް ނުރައްކާ: ކުނީގެ މައްސަލަ ކޮންޓްރޯލުން ނެއްޓިއްޖެ!ރިޕޯޓް | 5 މަސް ކުރިންއެފްޑީސީ ފްލެޓްތަކުގެ ސެކިއުރިޓީ ޑިޕޮސިޓަށް ދެއްކި ފައިސާ ކުލިން އުނިކުރަން ނިންމައިފިޚަބަރު | 8 މަސް ކުރިން