logo
Bank of Maldives

Bank of Maldives

ޚަބަރު

ކުޑަކުދިންގެ ދުވަސް ފާހަގަކުރުމަށް އެފްޑީސީން ހާއްސަ ހަވީރެއް ބާއްވަނީ

މަރިޔަމް މާޙީ
8 މޭ 2026 - 05:15
އެފްޑީސީން ކުރިއަށް ގެންދިޔަ ކޮމިއުނިޓީ ރޯދަވީއްލުމުގެ ތެރެއިން--- ފޮޓޯ: އެފްޑީސީ
އެފްޑީސީން ކުރިއަށް ގެންދިޔަ ކޮމިއުނިޓީ ރޯދަވީއްލުމުގެ ތެރެއިން--- ފޮޓޯ: އެފްޑީސީ

ކުޑަކުދިންގެ ދުވަސް ކުލަގަދަކޮށް ފާހަގަކުރުމުގެ ގޮތުން ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން އިންތިޒާމުކުރާ ޚާއްސަ ކުޑަކުދިންގެ ހަވީރެއް ބޭއްވުމަށް އެ ކޯޕަރޭޝަނުން ނިންމައިފިއެވެ.

އެފްޑީސީން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނިގޮތުގައި، މި ހަރަކާތަކީ 2026 ވަނަ އަހަރުގެ ކުޑަކުދިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ކުރިއަށް ގެންދާ ހަރަކާތެކެވެ. މި ހަވީރު ޚާއްސަކޮށްފައިވަނީ އެފްޑީސީގެ "އަމާން ޓަވަރު" ތަކުގައި މިހާރު ދިރިއުޅެމުންދާ އެންމެހާ ރައްޔިތުންނަށެވެ. އެ ކޯޕަރޭޝަނުން ވަނީ މި އުފާވެރި ހަރަކާތުގައި ބައިވެރިވުމަށް ޓަވަރުތަކުގެ ހުރިހާ ރައްޔިތުންނަށް ދައުވަތު އަރުވާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެފްޑީސީން ބުނީ މި ހަރަކާތް ބޭއްވުމުގެ އެންމެ މުހިންމު އެއް މަޤްސަދަކީ އަމާން ޓަވަރުތަކުގައި ދިރިއުޅޭ އާއިލާތަކާއި ރައްޔިތުންގެ މެދުގައި އޮންނަ އިޖުތިމާޢީ ގުޅުން ބަދަހިކުރުން ކަމަށެވެ. އަދި މީގެ އިތުރުން، މި ހަވީރުގައި އެފްޑީސީން ބަހައްޓާ ޚާއްސަ ސްޓޯލްތަކުން، ޓަވަރުތަކުގެ ދިރިއުޅުމާ ގުޅޭ މުހިންމު މަޢުލޫމާތުތައް ރައްޔިތުންނަށް ފޯރުކޮށްދިނުމަކީވެސް އެ ކޯޕަރޭޝަންގެ އަމާޒެކެވެ.

މި ކުލަގަދަ ހަވީރުގައި އެފްޑީސީގެ އިތުރުން ދައުލަތުގެ ބައެއް ކުންފުނިތަކާއި މުއައްސަސާތަކުން ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ ތެރޭގައި ވެމްކޯ، އެމްޑަބްލިއުއެސްސީ، ދިރާގު، އުރީދޫ އަދި ބީސީސީ ހިމެނެއެވެ. މި ކުންފުނިތަކުގެ ބައިވެރިވުމާއެކު ކުޑަކުދިންނަށް ގިނަ ކުޅިވަރުތަކަކާއި މުނިފޫހިފިލުވުމުގެ ހަރަކާތްތަކެއް މި ހަވީރުގައި ފެނިގެންދާނެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކުގެ ދަށުން ބިނާކޮށްފައިވާ މި ޓަވަރުތަކަކީ، އެކުވެރި އަދި އަމާން މުޖުތަމަޢެއް ބިނާކުރުމަށް އިސްކަންދީގެން ހިންގާ މަޝްރޫޢުތަކެކެވެ. އެފްޑީސީން ބާއްވާ މިފަދަ ހަރަކާތްތަކުގެ ސަބަބުން އަވަށްޓެރިންގެ މެދުގައި އޮންނަ އެކުވެރިކަން އިތުރުވެ، ކުޑަކުދިންނަށް ރައްކާތެރި އަދި އުފާވެރި މާހައުލެއް ބިނާވެގެންދާނެ ކަމަށް އެ ކޯޕަރޭޝަނުން އުންމީދު ކުރެއެވެ.

ކުޑަކުދިންގެ ދުވަހަކީ މެއި މަހުގެ 10ވަނަ ދުވަހެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކުޑަކުދިންގެ ދުވަސް ފާހަގަކުރުމަށް އެފްޑީސީން ހާއްސަ ހަވީރެއް ބާއްވަނީޚަބަރު | 2 ގަޑިއިރު ކުރިންއެންމެންގެ އިހުމާލު، އެންމެންނަށް ނުރައްކާ: ކުނީގެ މައްސަލަ ކޮންޓްރޯލުން ނެއްޓިއްޖެ!ރިޕޯޓް | މަހެއް ކުރިންއެފްޑީސީ ފްލެޓްތަކުގެ ސެކިއުރިޓީ ޑިޕޮސިޓަށް ދެއްކި ފައިސާ ކުލިން އުނިކުރަން ނިންމައިފިޚަބަރު | 5 މަސް ކުރިންގެދޮރުވެރިޔާ ސްކީމް: 3032 އެއްބަސްވުމުގައި ސޮއިކޮށްފިޚަބަރު | 8 މަސް ކުރިން