logo
Bank of Maldives

Bank of Maldives

ޚަބަރު

ގޯއްޗާ ފްލެޓު ލިބޭނެކަމަށް ބުނެ ސްކޭމެއް

މުޙައްމަދު އަފްރާޙް
3 މާރިޗު 2026 - 11:07
ގޯއްޗާ ފްލެޓު ލިބޭނެކަމަށް ބުނެ ސްކޭމެއް

ގޯއްޗާ ފްލެޓު ލިބޭނެކަމަށް ބުނެ ސްކޭމެއް ހިންގާތީ ސަމާލުވުމަށް އިމާރާތް ކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވުޒާރާއިން އިލްތިމާސް ކޮށްފިއެވެ.

އެ ވުޒާރާ އިން ބުނީ 'ބިންވެރިޔާ' ސްކީމްގެ ދަށުން ދޫކުރާ ގޯއްޗާއި 'ގެދޮރުވެރިޔާ' ސްކީމްގެ ދަށުން ދޫކުރާ ގޯއްޗާއި ފުލެޓް ލިބޭނެ ކަމަށް ބުނެ، ސްކޭމްތަކެއް ހިންގަމުން އަންނަކަން އެ ވުޒާރާގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ގޯއްޗާއި ފުލެޓު ދިނުމުގެ އެންމެހާ މަސައްކަތްތައް ކުރިއަށް ގެންދާނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށް އާންމުކޮށްފައިވާ އުސޫލުތަކާ އެއްގޮތަށް ކަމަށް އެ ވުޒާރާ އިން ބުނެއެވެ. އަދި ސަރުކާރުގެ ޕްރޮގްރާމެއްގެ ދަށުން ދޫކުރާ ގޯތި ނުވަތަ ފުލެޓު ހޯދުމުގެ ގޮތުން އެއްވެސް ފަރާތަކާ ފައިސާގެ ނުވަތަ އެފަދަ އެހެން އެއްވެސް މުއާމަލާތެއް ނުކުރުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

މީގެ އިތުރުން ސަރުކާރުގެ ރަސްމީ އުސޫލުތަކުން ބޭރުން އެއްވެސް މުއާމަލާތެއް ނުހިންގުމަށް ވެސް އެދިފައިވެއެވެ. އަދި ސަރުކާރުގެ ގެޒެޓުގައި އާންމުކޮށްފައިވާ އުސޫލެއް ނުވަތަ އިއުލާނެއްގައި ބަޔާންކޮށްފައިވާ ކަންތައްތަކުގެ ބޭރުން ގޯއްޗާއި، ފުލެޓު ހޯދުމަށް އެއްވެސް ފަރާތަކުން އެއްވެސް މުއާމަލާތެއް ކޮށްފިނަމަ ނުވަތަ އެފަދަ މައުލޫމާތެއް ލިބިއްޖެނަމަ ލަސްނުކޮށް ރިޕޯޓު ކުރުމަށް ވެސް އެ ވުޒާރާ އިން ވަނީ އެދިފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބިންވެރިޔާ ސްކީމުން ގޯތި ދޫކޮށްލައި ފުލެޓަށް ބަދަލުވެވޭ ގޮތް ހަމަޖައްސައިފިޚަބަރު | މަހެއް ކުރިން "ބިންވެރިޔާ" ހާއްސަ ސްކީމަށް ތިން ވަނަ ކެޓަގަރީއެއް: އެޕްލިކޭޝަން ހުށަހެޅުން 10 މޭ ގައިޚަބަރު | މަހެއް ކުރިންފޭސް3 އަކުން ގޯތި ލިބުނު މީހުންނަށް ބިން ހަވާލުކުރުން މިއަދު ހަވީރު!ޚަބަރު | 3 މަސް ކުރިންގޯއްޗާ ފްލެޓު ލިބޭނެކަމަށް ބުނެ ސްކޭމެއްޚަބަރު | 3 މަސް ކުރިން