logo
Bank of Maldives

Bank of Maldives

ޚަބަރު

ފޭސް3 އަކުން ގޯތި ލިބުނު މީހުންނަށް ބިން ހަވާލުކުރުން މިއަދު ހަވީރު!

އައިޝަތު ނަޝާ
26 މާރިޗު 2026 - 07:17
ފޭސް3 އަކުން ގޯތި ލިބުނު މީހުންނަށް ބިން ހަވާލުކުރުން މިއަދު ހަވީރު!

ބިންވެރިޔާ ސްކީމުގެ ދަށުން ހުޅުމާލެ ތިން ވަނަ ފިޔަވަހިން ގޯތި ލިބިފައިވާ ފަރާތްތަކަށް ބިން ހަވާލުކުރަން މިއަދު ހަވީރު ފަށާނެކަމަށް ހައުސިން ޑިވެލޮޕްެމެންޓް ކޯޕަރޭޝަން (އެސްޑީސީ)އިން ހާމަކޮށްފިއެވެ.

 އެޗްޑީސީއިން އެކްސްގައި ހިއްސާކުރި ޕޯސްޓެއްގައި ވަނީ، އެ ބިންތައް ހަވާލުކުރުމަށްޓަކައި ތައްޔާރީތައް ވަމުން އަންނަ ކަމަށް ބުނެފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިގޮތުން، އެ ސަރަހައްދުގެ އިންފާރު ވަކިކުރުމާއި ސާވޭ ކުރުމުގެ މަސައްކަތް ހައުސިން މިނިސްޓްރީއާ ގުޅިގެން ކުރަމުން އަންނަ ކަމަށާއި އަދި، އެ ސަރަހައްދުން ގޯތި ލިބުނު މީހުންނަށް ބިން ހަވާލުކުރަން ފަށާނީ ހަވީރު 16:00ގައި ކަމަށް އެ ކޯޕަރޭޝަންއިން ބުނެފައިވެއެވެ.

ނިމިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 20 ވަނަ ދުވަހު ވަނީ، ހުޅުމާލެ ތިން ވަނަ ފިޔަވަހިން ގޯތި ލިބުނު މީހުންގެ ގުރު ނަގާފައެވެ. އޭރު، ގުރު ނަގާފައި ވަނީ، އެ ސަރަހައްދުން ގޯތި ޙަވާލުކޮށްފައިވާ މީހުންގެ މެދުގައި އައު ޕްލޮޓް އެލޮކޭޓް ކުރުމަށް ކަމަށް ހައުސިން މިނިސްޓްރީން ވަނީ ބުނެފައެވެ.

ހުޅުމާލޭ ތިންވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަސައްކަތްތައް ކުރިއަށްގެންދިޔައީ، ޕްރިންސް ޑަ ނެދަލަންޑެންއާއި އޮރަންޖޭ ނަމަކަށް ކިޔާ ދެ ޑްރެޖަރު ބޭނުންކޮށްގެންނެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފޭސް3 އަކުން ގޯތި ލިބުނު މީހުންނަށް ބިން ހަވާލުކުރުން މިއަދު ހަވީރު!ޚަބަރު | 3 ގަޑިއިރު ކުރިންގޯއްޗާ ފްލެޓު ލިބޭނެކަމަށް ބުނެ ސްކޭމެއްޚަބަރު | 23 ދުވަސް ކުރިންހުޅުމާލެއިން ބިން ލިބުނު ކަމުގެ ލިޔުން އުފެއްދި 12 މީހަކަށް ދަޢުވާކުރަނީޚަބަރު | 25 ދުވަސް ކުރިން ފޭސް 3 ހިއްކައި ނިންމާލައިފިޚަބަރު | 2 މަސް ކުރިން