logo
ޚަބަރު

ގެދޮރުވެރިޔާ ސްކީމް: 2416 އެއްބަސްވުމުގައި ސޮއިކޮށްފި

އާމިނަތު ޝަފާ
29 އޯގަސްޓު 2025 - 09:09
ގެދޮރުވެރިޔާ ސްކީމް: 2416  އެއްބަސްވުމުގައި ސޮއިކޮށްފި

ގެދޮރުވެރިޔާ ސްކީމްގެ ދަށުން މިހާތަނަށް 2416 އެއްބަސްވުމުގައި ސޮއިކުރެވިފައިވާކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަނުން ހާމަކޮށްފިއެވެ.

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓް ލިބުނު 4000 މީހުންނާއެކު އެއްބަސްވުން އެކުލަވާލުމުގެ މަސައްކަތް ކުރަމުން އަންނައިރު 3005 އެއްބަސްވުމުގައި ސޮއިކުރުމަށް މިހާތަނަށް ވަނީ ތާވަލުކޮށްފައެވެ. ފަހި ދިރިއުޅުން ކޯޕަރޭޝަނުން ބުނީ މީގެ ތެރެއިން 2416 އެއްބަސްވުމުގައި ސޮއިކޮށް ނިމިފައިވާކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެފްޑީސީގެ އަމާޒަކީ ވީއެންމެ އަވަސް މުުއްދަތެއްގެ ތެރޭގައި އެއްބަސްވުމުގައި ސޮއިކުރެވުނު ފަރާތްތަކާ ޔުނިޓުތައް ހަވާލުކުރުމެވެ.

އަމާޒަކީ ފްލެޓް ލިބުނު މީހުންނާއެކު އެއްބަސްވުމުގައި ސޮއިކުރުމުގެ މަސައްކަތް އިތުރަށް ހަލުވިކޮށް 3 މަސްދުވަހުގެ ތެރޭގައި ހުރިހާ ފަރާތްތަކާ އެކުވެސް އެއްބަސްވުން އެކުލަވާލުންކަމަށް ފަހިދިރިއުޅުމުގެ ކޯޕަރޭޝަނުން ވަނީ ބުނެފައެވެ.

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ހައުސިން ޔުނިޓް ލިބުނު ފަރާތްތަކާއެކު އެއްބަސްވުމުގައި ސޮއި ކުުރުމުގެ މަސައްކަތް އިތުރަށް ހަލުވިކޮށް، ދުވާލެއްގެ މައްޗަށް އެއްބަސްވުންތަކުގައި ސޮއިކުރެވޭ މިންވަރު އިތުރުކުރުމަށް މަސައްކަތް ކުރަމުންދާކަންވެސް ފަހި ދިރިއުޅުން ކޯޕަޝަނުން ހާމަކޮށްފައިވެއެވެ.

ސެޕްޓެމްބަރު މަހުގެ ނިޔަލަށް ގެދޮޮރުވެރިޔާ ސްކީމުން ފްލެޓް ލިބޭ ހުރިހާ މީހުންގެ އެގްރިމަންޓްގެ މަސައްކަތްތައް ނިންމާ ފްލެޓް ހަވާލުކުރުމަށް ސަރުކާރުން އަމާޒު ހިފާފައިވާއިރު ފްލެޓްގައި ސޮއިކުރުމަށް އައިމުގެ ކުރިން، އެކަމަށް ބޭނުންވާ ލިޔެކިޔުންތައް އެފްޑީސީގެ "ފަހި ޕޯޓަލް"އަށް އަޕްލޯޑްކުރުމަށް އެ ކޯޕަރޭޝަންއިން އަންގާނެއެވެ. އެއަށްފަހު ސޮއިކުރަން ދާންވާ ދުވަހާ ގަޑި އެފްޑީސީން އަންގަމުންދާނެއެވެ.

ސޮއިކުރުމުގެ ކަންކަން ކުރިއަށްދަނީ ހުޅުމާލެ ސިންތެޓިކް ޓްރެކްގައެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ގެދޮރުވެރިޔާ ސްކީމް: 2416 އެއްބަސްވުމުގައި ސޮއިކޮށްފިޚަބަރު | 7 ދުވަސް ކުރިންގެދޮރުވެރިޔާ ސްކީމް: 2000 އަށްވުރެ ގިނަ އެއްބަސްވުމުގައި ސޮއިކޮށްފިޚަބަރު | 10 ދުވަސް ކުރިންފްލެޓް އެއްބަސްވުންތަކުގައި ސޮއިކުރުން ހުއްޓާލި ވާހަކަ އަކީ ދޮގެއްޚަބަރު | މަހެއް ކުރިންގެދޮރުވެރިޔާގެ އެއްބަސްވުންތަކުގައި ސޮއިކުރުމަށް ފްލެޓް ލިބުނު ފަރާތްތަކުގެ މައުލޫމާތު އެފްޑީސީއާ ހިއްސާކުރަނީޚަބަރު | 2 މަސް ކުރިން