logo
ދުނިޔެ

ސަލާމަތަށް ނުރައްކާވާކަމަށް ބުނެ ހުޅަނގު އައްސޭރިން 3,000 ޒައިތޫނި ގަސް ކަނޑާލައިފި

އާމިނަތު ޝަފާ
24 އޯގަސްޓު 2025 - 04:08
ސަލާމަތަށް ނުރައްކާވާކަމަށް ބުނެ ހުޅަނގު އައްސޭރިން 3,000 ޒައިތޫނި ގަސް ކަނޑާލައިފި

އިސްރާއީލްގެ ވަޒަންވެރިންގެ ސަލާމަތަށް ހުރަސްއެޅޭކަމަށްބުނެ ހުޅަނގު އައްސޭރިން 3,000 ޒައިތޫނި ގަސް ކަނޑާލައިފިއެވެ.

އިސްތިއުމާރުކޮށްފައިވާ ފަލަސްtIނުގެ ހުޅަނގު އައްސޭރީގެ ރާމަالله ކައިރީގައި އޮންނަ އަލް-މުޣައްޔިރު އަވަށުގެ 0.27 އަކަކިލޯމީޓަރުގެ ސަރަޙައްދެއްގައިވާ ޒައިތޫނި ގަސްތައް ކަނޑާލުމަށް ބަހަނާއަކަށް ދައްކާފައިވަނީ މި ގަސްތަކުގެ ސަބަބުން އެ ބިމުގައި ވަޒަންވެރިކޮށްފައިވާ ޔަހޫދީ ވަޒަންވެރިން ދަތުރުކުރާ މަގެއްގެ ސަލާމަތަށް "ނުރައްކާ" ކުރިމަތިވެފައިވާކަމަށް ބުނެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ފަލަސްޠީނުގެ ޒައިތޫނި ގަސްތަކަކީ އެ ޤައުމުގެ ސަޤާފަތް ރަމްޒުކޮށްދޭ ޚާއްޞަ ނިޝާނެކެވެ. ފަލަސްޠީނުގެ އަމިއްލަވަންތަކަމަށް ގޮންޖަހައި ޒައިތޫނި ގަސްތައް ކެނޑުމަކީ ޒަމާނުއްސުރެ ޔަހޫދީން ކުރަމުންދާ ކަމެކެވެ. ބޭނުމަކީ ފަލަސްތީނު ރައްޔިތުން އެމީހުންގެ ބިން ދޫކޮށްލުމަށް މަޖުބޫރުކުރުވުމެވެ.

އަލް-މުޣައްޔިރު އަވަށުގެ ޒައިތޫނި ގަސްތައް ކަނޑާލާފައިވާއިރު މުޅި އަވަށް ހިސާރުކޮށް ގަދަ ބާރުން ގެތަކަށް ވަދެ ރައްޔިތުންނާއި މުދަލަށް ޔަހޫދީން އަންނަނީ ގެއްލުން ދެމުންނެވެ.

ހިފާފައިވާ ބިންތަކުގައި ވަޒަންވެރިކޮށްފައިވާ ޔަހޫދީ ވަޒަންވެރިންގެ އަނިޔާވެރިކަންވެސް އިތުރުވަމުން އަންނައިރު މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ޖުލައި މަހުގެ ނިޔަލަށް 2،370 އަށްވުރެ ގިނަ ހަމަލާ ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ޔަހޫދީ ވަޒަންވެރިން ދީފައިވެއެވެ. އެންމެ ގިނަ ހަމަލާތައް ރިކޯޑުކުރެވިފައިވަނީ ރާމަﷲ ސަރަހައްދުންނެވެ. އެއީ 585 ހަމަލާއެވެ. ދެވަނައަށް އެންމެ ގިނައިން ރިކޯޑުކުރެވިފައިވަނީ ނާބުލުސް ސަރަހައްދުންނެވެ. އެއީ 479 ހަމަލާއެވެ.

މި މުއްދަތުގެ ތެރޭގައި ހުޅަނގު އައްސޭރީގައި 129 ކުޑަކުދިން ވެސް ހިމެނޭ ގޮތަށް، އިސްރާއީލް ސިފައިންނާއި ޔަހޫދީ ވަޒަންވެރިންގެ ހަމަލާތަކުގައި 671 ފަލަސްތީނު ރައްޔިތުން ވަނީ ޝަހީދުކޮށްލާފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މުހައްމަދު ސިންވާރު ޝަހީދުކޮށްލައި، އަބޫ އުބައިދާއަށް އަމާޒުކޮށް ހަމަލާތަކެއް ދީފި ދުނިޔެ | 5 ދުވަސް ކުރިންރައްކާތެރި ސަރަޙައްދެއްގެ ގޮތުގައި ކަނޑައަޅާފައިވާ މަވާސީ އަށް ހަމަލާދީފި ދުނިޔެ | 7 ދުވަސް ކުރިންއަޤްސާ މިސްކިތަށް ވަދެގަނެ އަނެއްކާވެސް ހަމަނުޖެހުން ހިންގައިފިދުނިޔެ | 8 ދުވަސް ކުރިން430 ބާވަތެއްގެ ކާނާ ޣައްޒާއަށް ވެއްދުން މަނާކޮށްފި ޚަބަރު | 10 ދުވަސް ކުރިން