logo
ދުނިޔެ

ޣައްޒާ ފަހުނޭވާގައި: "ފަހަރުގައި ދެން ނުފެނިދާނެ"

އަޙްމަދު ޒަލީފް
27 އޯގަސްޓު 2025 - 12:27
ޣައްޒާ ފަހުނޭވާގައި: "ފަހަރުގައި ދެން ނުފެނިދާނެ"

ޣައްޒާގައި 2 މިލިޔަން މީހުން ދިރިއުޅޭއިރު، ޔަހޫދީންގެ ޙަމަލާތަކުން ސަލާމަތްވުމަށް އޭގެ ތެރެއިން މިލިޔަނެއްހާ މީހުން ޖަމާވެފައި ވަނީ ޣައްޒާ ސިޓީއަށެވެ.

ނަމަވެސް ޔަހޫދީންގެ ޙަމަލާތައް އެ ސަރަޙައްދަށް އަމާޒުކުރަން ފެށުމުން އެތައް ހާސް ބަޔަކު މިހާރު ވަނީ ހުޅަނގުގެ ސަރަޙައްދުތަކަށް މިސްރާބު ޖަހައިފައެވެ. ބައެެއް މީހުން ވަނީ މެދުތެރޭ ޣައްޒާއަށް ދިޔުމަށް ދެކުނުގެ ސަރަޙައްދުތަކަށް ފެތުރިގެންފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ފަލަސްޠީނުގެ ޣައްޒާގެ ޣައްޒާ ސިޓީއަށް ޔަހޫދީން ދެމުންދާ ޙަމަލާތައް އިތުރަށް ވަރުގަދަ ކުރަމުންދާތީ ރައްކާތެރިކަމެއް ލިބޭތޯ އެ ސަރަޙައްދުގައި ދިރިއުޅޭ ފަލަސްޠީނުގެ ގިނަ ޢަދަދެއްގެ ރައްޔިތުން އެ ސަރަޙައްދު ދޫކޮށް ވަނީ ގޮސްފައެވެ

ޣައްޒާ ސިޓީގައި ދިރިއުޅޭ ފަލަސްޠީނުގެ ރައްޔިތުން ބުނީ ފާއިތުވި ރޭ ޔަހޫދީން މެދުކެނޑުމެއްނެތި ވައިގެ މަގުންނާއި ޓޭންކަރު ބޭނުންކޮށްގެން އެ ސަރަޙައްދަށް ވަރުގަދަ ޙަަމަލާތައް ދީފައިވާ ކަމަށެވެ. ޣަައްޒާގެ އިރުމަތީގައި އޮންނަ ޣައްޒާ ސިޓީގެ ސަބްރާއާއި ޝަޖާއިއާއާއި ތުއްފާޙްގެ އިތުރުން ޖަބާލިޔާ އަވަށަށް ޔަހޫދީންގެ ޙަމަލާތައް އަމާޒުކޮށްފައިވެއެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ޣައްޒާގައި 34 މީހުން ޝަހީދުކޮށްލާފައިވާއިރު، އޭގެ ތެރެއިން 18 މީހުން ޝަހީދުކޮށްލާފައި ވަނީ ޣައްޒާ ސިޓީގައެވެ.

ޣައްޒާ ސިޓީގެ ރައްޔިތުން ޔަހޫދީންގެ ޙަމަލާތައް ސިފަކުރަނީ ބިންެހެލުންތަކެއްގެ ގޮތުގައެވެ. އެ ޙަމަލާތަކަކީ ގޭގޭގައި ތިބި މީހުންނަށް ބިރުދައްކައި ގެދޮރުން ނެރެ އެ ސަރަޙައްދު ދޫކޮށް ދިޔުމަށް މަޖުބޫރުކުރުމަށް ދޭ ޙަމަލާތަކެއް ކަމަށް އެ މީހުން ބުނެއެވެ.

ޔަހޫދީން މިހާރު ދަނީ މުޅި ޣައްޒާ އިސްތިއުމާރު ކުރުމަށް އައު އަސްކަރީ ޙަރަކާތެއް ފެށުމަށް ތައްޔާރުވަމުންނެވެ. ބައިނަލްއަޤްވާމީ މައިދާނުގައި ވެސް އަދި ޒަޔަނިސްޓު އިސްރާއީލުގައި ވެސް އެ ރޭވުންތަކާ ދެކޮޅަށް ދަނީ އަޑުއުފުލަމުންނެވެ. ފަލަސްޠީނުގެ ޣައްޒާގެ ރައްޔިތުންގެ ނަސްލުހޭދު ކުރުމަށް ހިންގަމުންދާ ޤަތުލުޢާންމު ވަގުތުން ހުއްޓައިލައި، އެ ސަހަރުގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތުގެ ބެލުމުގެ ދަށުގައި ތިބި އަސީރުން މިނިވަން ކުރުމަށް އެއްބަސްވުމެއް އެކުލަވައިލުމަށް ގޮވައިލައި ޒަޔަނިސްޓު އިސްރާއީލުގެ ރަށްތަކުގައި ބޮޑެތި މުޒާހަރާތައް ދަނީ ބާއްވަމުންނެވެ.

2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7ވަނަ ދުވަހު ޔަހޫދީން ޙަމަލާ ދޭން ފެށިތާ ދެ އަހަރުވާން ގާތްވެފައިވާއިރު، ޔަހޫދީން ވަނީ މި މުއްދަތުގައި ޣައްޒާގެ 62،000 މީހުން ޝަހީދުކޮށްލައިފައެވެ. ޔަހޫދީން ދަނީ ޣައްޒާއަށް އެހީގެ ސާމާނު ވެެއްދުމަށް ހުރަސްއަޅައި، ޣައްޒާގެ ރައްޔިތުން ބަނޑަށް ޖައްސަމުންނެވެ. ބަނޑަށް ޖެހުމުގެ ސަބަބުން ވެސް ޣައްޒާގައި މިހާތަނަށް 303 މީހުން ޝަހީދުވެފައިވެއެވެ. އޭގެ ތެރޭގައި 118 ކުޑަކުދިން ވެސް ހިމެނެއެވެ.

Hajj Corpooration

Hajj Corpooration

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފަލަސްތީނުގައި މިނިވަން ދައުލަތެއް ޤާއިމުވިޔަކަ ނުދޭނަން - ޔަހޫދީން ދުނިޔެ | 2 ދުވަސް ކުރިންޣައްޒާ ފަހުނޭވާގައި: "ފަހަރުގައި ދެން ނުފެނިދާނެ"ދުނިޔެ | 3 ދުވަސް ކުރިންނޫސްވެރިންތަކަކަށް އަމާޒުކޮށް ޣައްޒާގެ ހޮސްޕިޓަލަކަށް ބޮން އަޅައިފި ދުނިޔެ | 4 ދުވަސް ކުރިންޣައްޒާގައި ބަނޑަށް މަރުވި މީހުންގެ އަދަދު 300 އަށްދުނިޔެ | 5 ދުވަސް ކުރިން