logo
Bank of Maldives

Bank of Maldives

ޚަބަރު

ރަސްމާލެ ހިއްކުމުގެ މަސައްކަތް ކުރާތީ އެ ސަރަހައްދުގައި ޑައިވް ނުކުރަން އެދިއްޖެ

އާމިނަތު ޝަފާ
27 އޯގަސްޓު 2025 - 13:30
ރަސްމާލެ ހިއްކުމުގެ މަސައްކަތުގެ ތެރެއިން-- ފޮޓޯ/ އެޗްޑީސީ
ރަސްމާލެ ހިއްކުމުގެ މަސައްކަތުގެ ތެރެއިން-- ފޮޓޯ/ އެޗްޑީސީ

ރަސްމާލޭ ހިއްކުމުގެ މަސައްކަތް ކުރަމުންދާތީ އެ ސަރަހައްދުގައި ޑައިވް ނުކުރުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އެދިއްޖެ އެވެ.

އެ ކުންފުނިން ކުރި އިއުލާނެއްގައި ބުނީ ރަސްމާލޭ ބިން ހިއްކުމުގެ މަޝްރޫއުގެ ސައިޓް ސީ އާއި އީ އިން ވެލި ނަގަން ހަމަޖެހިފައިވާ ބޮރޯ އޭރިއާތަކާއި ބޮރޯ އޭރިއާ އާއި ބިން ހިއްކާ ސައިޓާ ދޭތެރޭ ކޮންޓްރަކްޓަރެއްގެ ޑްރެޖަރު 24 ގަޑިއިރު ހަރަކާތްތެރިވަމުން އަންނަކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ބިން ހިއްކުމަށް ވެލިނަގަން ހަމަޖެހިފައިވާ ބޮރޯ އޭރިއާގައި ޑްރެޖަރު ހަރަކާތްތެރިވާނެ ސަރަޙައްދާއި ބޮރޯ އޭރިއާ އާއި ބިން ހިއްކާ ސައިޓާ ދޭތެރޭ ކޮންޓްރެކްޓަރގެ ޑްރެޖަރ ދަތުރުކުރާނެ ރޫޓްގެ ޗާޓެއް އެ ކުންފުނިންވަނީ އާއްމުކޮށްފައެވެ.

423824_3_afb906790078ea4dd0583ecfe94cdf99a9656858_large.jpg

 

ވުމާއެކު ޗާޓުގައި ފާހަގަކުރެވިފައިވާ ސަރަޙައްދުތަކުގައި އުޅަނދު ފަހަރު އަޅައިގެން ތިބުމާއި، ޑައިވްކުރުން ފަދަ ކަންކަން ކުރުމަކީ ރައްކާތެރިކަމެއްނޫންކަމުގައި ފާހަގަކޮށް މި ސަރަޙައްދުން ކަނޑު ދަތުރުކުރާ ފަރާތްތަކުން ރައްކާތެރިކަމަށް ސަމާލުކަން ދެއްވައިގެން ދަތުރުކުރުމަށްވެސް އެކުންފުނިންވަނީ އިލްތިމާސްކޮށްފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ހުޅުމާލޭ ފޭސް 2ގައި ދޫކޮށްފައިވާ ބިންތައް ވިޔަފާރި ބޭނުންތަކަށް ބޭނުންކުރެވެން ޖެހޭ: މިނިސްޓަރު މުއްތޮލިބުޚަބަރު | 12 ދުވަސް ކުރިންހިޔާ ފްލެޓްތަކުގައި ލިފްޓް އިތުރުކުރުމުގެ މަޝްރޫޢުއެއްކޮށް ނިންމާލައިފިޚަބަރު | 12 ދުވަސް ކުރިންއެޗްޑީސީ އެޕްރެންޓިސްޝިޕް ޕްރޮގްރާމުގައި ބައިވެރިވުމަށް ހުޅުވާލައިފިޚަބަރު | މަހެއް ކުރިންއިނާޔަތްތަކާއެކު އެޗްޑީސީން އަމިއްލައަށް ވަޒީފާއިން ވަކިވުމަށް ހުޅުވާލައިފިޚަބަރު | މަހެއް ކުރިން