logo
Bank of Maldives

Bank of Maldives

ޚަބަރު

153 މިލިއަނަށް ބިމެއް ގަނެ، ލާޖައްސައިގެން ވެސް ބީއެމްއެލުން ހުޅުމާލެއިން ބިމެއް ހޯދައިފި

ޢައްފާން މުޙައްމަދު
31 އޯގަސްޓު 2025 - 07:20
ބީއެމްގެ ބްރާންޗެއް---
ބީއެމްގެ ބްރާންޗެއް---

ލާޖައްސައިގެން ހުޅުމާލެ ދެވަނަ ފިޔަވަހިން ބިމެއް ހޯދައި، ގައުމީ ބޭންކު، ބީއެމްއެލް އިން އިތުރު ބިމެއް ހުޅުމާލެއިން ގަނެފިއެވެ.

ގާތްގަނޑަކަށް 28،000 އަކަފޫޓްގެ ބިމެއް ބީއެމްއެލްއިން ވަނީ ، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ގަތުމުގެ މުއާމަލާތް މިދިޔަ ހަފުތާގައިކޯޓު މެދުވެރިކޮށް ނިންމާފައެވެ. ބޭންކުން އެ ބިން ގަނެފައިވަނީ 153،938،394 (ސަތޭކަ ފަންސާސް ތިން މިލިއަން ނުވަލައްކަ ތިރީސް އަށްހާސް ތިންސަތޭކަ ނުވަދިހަ ހަތަރު) ރުފިޔާއަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ސިވިލް ކޯޓުން ކުރި ހުކުމަކުން ހުޅުމާލޭގެ 11824 ނަންބަރު ލޮޓުގެ ރަޖިސްޓްރީ މިހާރު ވަނީ ބީއެމްއެލްގެ ނަމަށް ބަދަލުކޮށްފައެވެ.

މި ބިމުގެ އިތުރުން ބީއެމްއެލް އިން ވަނީ، އެ ބޭންކުގެ ނަން މަތީގައި ހުޅުމާލެ ފޭސް 1 ގައި އޮތް ބިމެއް ލާޖައްސައި، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ނަމުގައި ހުޅުމާލެ ދެވަނަ ފިޔަވަހީގައި އޮތް ބިމަކާ ބަދަލުކޮށްފައެވެ.

އެ ދެ ބިމަކީ ވެސް 15،800 އަކަފޫޓުގެ ދެ ބިމެވެ.

އެ މުއާމަލާތާ ގުޅިގެން ސިވިލް ކޯޓުގެ ހުޅުމާލޭ ޑިވިޝަނުން މިދިޔަ ބުދަ ދުވަހު ކުރި ހުކުމުގައިވަނީ ލާޖެއްސުމުގެ މުއާމަލާތްތަކުގައި ދައުލަތުގެ ފަރާތުން ބިމުގެ ކަންކަން ހަވާލު ކޮށްފައިވާ ނާޒިރުގެ ރުހުން އޮތްތޯ ބަލަން ޖެހޭ ނަމަވެސް އެ ދެ ބިމަކީ އެޗްޑީސީގެ އިހުތިސާސްގެ ތެރޭގައި އޮތް ދެ ބިން ކަމަށް ވާތީ އެކަމުގައި ރުހުން އޮތްތޯ ބަލަން ނުޖެހޭ ކަމަށެވެ. އެ މުއާމަލާތުގައި ގާނޫނީ ހުރަހެއް ނެތުމުން އެއީ ސައްހަ މުއާމަލާތެއް ކަމަށް ހުކުމުގައިވެ އެވެ.

އެހެންވެ، ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ބިމުގެ މިލްކުވެރިކަން ބީއެމްއެލް އަށް އަދި ހުޅުމާލޭ ފުރަތަމަ ފިޔަވަހީގެ ބިމުގެ މިލްކުވެރިކަން އެޗްޑީސީ އަށް ލިބިގެންވާ ކަމަށް އެ ހުކުމުގައިވެ އެވެ.

ބީއެމްއެލް އިން އަންނަނީ އެ ބޭންކުގެ ޚިދުމަތް ރައްޔިތުންނާ ވީހާވެސް ގާތުންދީ، ފަސޭހަކޮށްދިނުމަށްޓަކައި ބޮޑެތި އިންވެސްޓްމަންޓުތަކަކާއި ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބޭންކް އޮފް މޯލްޑިވިސް އިން އެއްވެސް ކަމަކަށް ސަރުކާރަށް ޑޮލަރު ދީފައެއް ނުވާނެ: ޝަރީފުޚަބަރު | 6 ގަޑިއިރު ކުރިންސްވައިޕް މެދުވެރިކޮށް ބައިނަލް އަގުވާމީ އެކައުންޓް ހުޅުވޭނެ، މިއީ އިންގިލާބީ ބަދަލެއް: ބީއެމްއެލްގެ ސީއީއޯވިޔަފާރި | 2 ދުވަސް ކުރިންބޭންކް އޮފް މޯލްޑިވްސް 1.7 ބިލިޔަން ޑޮލަރު ވިއްކައިފިވިޔަފާރި | 5 ދުވަސް ކުރިންބޭންކް އޮފް މޯލްޑިވްސްއާއި މާސްޓަރކާޑު ގުޅިގެން 100،000 ރުފިޔާގެ ނަގުދު ފައިސާ ލިބޭ ޕްރޮމޯޝަނެއް ފަށައިފިޚަބަރު | 11 ދުވަސް ކުރިން