logo
Bank of Maldives

Bank of Maldives

ވިޔަފާރި

ބީއެމްއެލްއިން މާސްޓަރކާޑު ކަސްޓަމަރުންނަށް އޮސްޓްރޭލިއަން އޯޕަން ފައިނަލް ބަލާލަން ދިޔުމުގެ ފުރުސަތު ހުޅުވާލައިފި

ޢައްފާން މުޙައްމަދު
1 ސެޕްޓެމްބަރު 2025 - 08:57
ބީއެމްއެލްއިން މާސްޓަރކާޑު ކަސްޓަމަރުންނަށް އޮސްޓްރޭލިއަން އޯޕަން ފައިނަލް ބަލާލަން ދިޔުމުގެ ފުރުސަތު ހުޅުވާލައިފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން, އޮސްޓްރޭލިއާގެ މެލްބަން ގައި އަންނަ އަހަރު ޖަނަވަރީ މަހު ފެށުމަށް ހަމަޖެހިފައިވާ އޮސްޓްރޭލިއަން އޯޕަން ފައިނަލް ބަލާލަން ދަތުރެއް ކާމިޔާބު ކުރުމުގެ ފުރުސަތު މާސްޓަރކާޑު ބޭނުންކުރާ ކަސްޓަމަރުންނަށް ހުޅުވާލައިފިއެވެ.

މިއަދުން ފެށިގެން އޮކްޓޯބަރ 31 އަށް، ބީއެމްއެލްގެ ޕީއޯއެސް ޓާމިނަލްތަކުގައި ބީއެމްއެލްގެ ދޫކޮށްފައިވާ މާސްޓަރކާޑެއް ބޭނުންކޮށްގެން ވިޔަފާރިކުރާ ކަސްޓަމަރުންނަށް ގުރުއަތުގައި ބައިވެރިވެވޭނެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ގުރުއަތުން ހޮވޭ ކަސްޓަމަރަކަށް އިތުރު އެކަކާއެކު ހަތަރު ދުވަހުގެ ދަތުރެއް ބީއެމްއެލް އިން ދޭނެއެވެ. މީގެ ތެރޭގައި ދެ މީހުންގެ ދަތުރު ޓިކެޓް، ހުރުމާއި، ކެއުމާއި، އަދި ފައިނަލް މެޗުތަކުގެ ޓިކެޓް ހިމެނޭނެއެވެ.

މި ޕްރޮމޯޝަނަކީ ކަސްޓަމަރުންނަށް ބައިނަލްއަޤްވާމީ މިފަދަ ތަޖުރިބާތައް ހޯދައިދިނުމުގެ ގޮތުން ބީއެމްއެލްއިން ކުރަމުންދާ މަސައްކަތުގެ ދަށުން ތައާރަފްކުރި ޕްރޮމޯޝަނެކެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބޭންކް އޮފް މޯލްޑިވިސް އިން އެއްވެސް ކަމަކަށް ސަރުކާރަށް ޑޮލަރު ދީފައެއް ނުވާނެ: ޝަރީފުޚަބަރު | 6 ގަޑިއިރު ކުރިންސްވައިޕް މެދުވެރިކޮށް ބައިނަލް އަގުވާމީ އެކައުންޓް ހުޅުވޭނެ، މިއީ އިންގިލާބީ ބަދަލެއް: ބީއެމްއެލްގެ ސީއީއޯވިޔަފާރި | 2 ދުވަސް ކުރިންބޭންކް އޮފް މޯލްޑިވްސް 1.7 ބިލިޔަން ޑޮލަރު ވިއްކައިފިވިޔަފާރި | 5 ދުވަސް ކުރިންބޭންކް އޮފް މޯލްޑިވްސްއާއި މާސްޓަރކާޑު ގުޅިގެން 100،000 ރުފިޔާގެ ނަގުދު ފައިސާ ލިބޭ ޕްރޮމޯޝަނެއް ފަށައިފިޚަބަރު | 11 ދުވަސް ކުރިން