logo
ޚަބަރު

ސައިބާ ސެކިއުރިޓީ ވަރުގަދަކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފި

އާމިނަތު ޝަފާ
10 އޯގަސްޓު 2025 - 12:10
ސައިބާ ސެކިއުރިޓީ ވަރުގަދަކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފި

ސައިބާ ސެކިއުރިޓީ ވަރުގަދަކުރުމަށް މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ (ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޮލޮޖީ) ، މާސްޓަރ ކާޑް އަދި ބޭންކް އޮފް މޯލްޑިވްސް އިން ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.

ހޯމް މިނިސްޓްރީން ބުނީ ދިވެހިރާއްޖެއަށް ޒަމާނީ އީޖާދުތައް ތައާރަފުކޮށް ޑިޖިޓަލް ޓެކްނޮލޮޖީތައް ބޭނުންކުރުން ހަލުވިކުރުމަށާއި އޭގެ ޒަރިއްޔާއިން ރައްޔިތުންނަށް ލުއިފަސޭހަކޮށް ހިދުމަތްތައް ދިނުމަށާއި ވަކިން ހާއްސަކޮށް އަދުގެ ސަރުކާރުގެ އެއް އަމާޒުކަމަށްވާ ޑިޖިޓަލް އިކޮނޮމީ ފުޅާކުރުމުގެ ދަށުން ކޭޝްލެސްކޮށް، މުޖުތަމައުގެ އެންމެނަށް ލުއި ފަސޭހަގޮތަކަށް ވިޔަފާރީގެ އަދި އެނޫންވެސް ފައިސާގެ މުއާމަލާތްތައް ހިންގޭނެ މަގުތައް ފަހިކޮށްދިނުމުގެ މަގުސަދުގައި މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ (ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޮލޮޖީ) ، މާސްޓަރ ކާޑް އަދި ބޭންކް އޮފް މޯލްޑިވްސް، މި ތިން ފަރާތުގެ މެދުގައި މިއަދު އެމް.އޯ.ޔޫ އެއްގައި ސޮއިކޮށްފައިވާކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ބޭންކް އޮފް މޯލްޑިވްސްގައި މިކަމަށްޓަކައި ބޭއްވި ހަފުލާއެއްގައި މިނިސްޓްރީ އޮފް ހޯމް ލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހޯމް ލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ އަދި ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޮލޮޖީ (އެން.ސީ.އައި.ޓީ)ގެ އިސްވެރިޔާ، ޑރ. މުޙައްމަދު ކިނާނަތު އެވެ. އަދި މާސްޓަރ ކާޑްގެ ފަރާތުން ސޮއި ކުރެއްވީ މާސްޓަރ ކާޑް އޭޝީޔާ ޕެސިފިކްގެ ސީނިއަރ ވައިސް ޕްރެސިޑެންޓް ސަޕަން ޝާހް އެވެ. މީގެ އިތުރުން ބޭންކް އޮފް މޯލްޑިވްސް އިން މި އެމް.އޯ.ޔޫ ގައި ސޮއި ކުރެއްވީ އެ ބޭންކުގެ ސީ.އީ.އޯ އަދި މެނޭޖިންގ ޑައިރެކްޓަރ މުޙައްމަދު ޝަރީފްއެވެ.

5 (ފަހެއް) އަހަރުދުވަހަށް ދެމިގެންދާ މި އެމް.އޯ.ޔޫގެ ދަށުން މައިގަޑު 7 ދާއިރާއިން މަސައްކަތްތަކެއް ކުރުމަށްވަނީ އެއްބަސްވެފައެވެ. މީގެ ތެރޭގައި ހިމެނޭ އެއް ކަމަކީ އެން.ސީ.އައި.ޓީ އިން ތަރައްޤީކޮށް ބަލަހައްޓަމުންދާ ދިވެހިރާއްޖޭގެ ޤައުމީ ޑިޖިޓަލް އައި.ޑީ ގެ ނިޒާމް ކަމަށްވާ އީފާސް އާއި ސްމާޓް އައި.ޑީގެ ތެރެއިން އިލެކްޓްރޯނިކްކޮށް ނުވަތަ ޑިޖިޓަލްކޮށް ފައިސާގެ މުއާމަލާތްތައް ހިންގޭނެ ހަރުދަނާ ސިސްޓަމްތަކެއް ޤާއިމްކުރުން ފާހަގަކޮށްލެއެވެ. މީގެ އިތުރުން ރޭވިފައިވާ ކަންތައްތަކުގެ ތެރޭގައި ސައިބަރ ސެކިއުރިޓީ ވަރުގަދަކޮށް، ޑިޖިޓަލް ޕޭމަންޓް ސިސްޓަމްތައް އިތުރަށް ހަރުދަނާކޮށް މުއާމަލާތްތަކުގެ ރައްކާތެރިކަން އިތުރަށް ކަށަވަރުކޮށް އޭގެ ސަބަބުން ސްކޭމްތަކާއި އެނޫންވެސް މަކަރާއި ހީލަތުން ހިންގާ މުއާމަލާތްތައް މަދުކުރުން ހިމެނެއެވެ. މީގެ އިތުރުންވެސް މާސްޓަރ ކާޑްގެ ފަންނީ ތަޖުރިބާ ހިއްސާކޮށް އޭގެ އެހީގައި ދިވެހިރާއްޖެއަށް ކުރިއެރުން ހާސިލްކުރެވޭނެ ގޮތްތައް ހޯދައި މި ތިން މުއައްސަސާއިން ގުޅިގެން މަސައްކަތް ކުރެވޭނެމަގު މި އެމް.އޯ.ޔޫ މެދުވެރިކޮށް ހުޅުވިގެންދާނެއެވެ.  

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބީއެމްއެލްއިން މާސްޓަރކާޑު ކަސްޓަމަރުންނަށް އޮސްޓްރޭލިއަން އޯޕަން ފައިނަލް ބަލާލަން ދިޔުމުގެ ފުރުސަތު ހުޅުވާލައިފިވިޔަފާރި | 2 ދުވަސް ކުރިން153 މިލިއަނަށް ބިމެއް ގަނެ، ލާޖައްސައިގެން ވެސް ބީއެމްއެލުން ހުޅުމާލެއިން ބިމެއް ހޯދައިފިޚަބަރު | 4 ދުވަސް ކުރިންސައިބާ ސެކިއުރިޓީ ވަރުގަދަކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފި ޚަބަރު | 24 ދުވަސް ކުރިންބީއެމްއެލް އިން ސްޓާޓަޕް ގްރާންޓަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިޚަބަރު | މަހެއް ކުރިން