logo
ޚަބަރު

ބީއެމްއެލް އިން ސްޓާޓަޕް ގްރާންޓަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

ބީއެމްއެލް އިން ސްޓާޓަޕް ގްރާންޓަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މި އަހަރުގެ ސްޓާޓަޕް ގްރާންޓަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ބީއެމްއެލް އިސްލާމިކްގެ 10 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން މި އަހަރުގެ ސްޓާޓަޕް ގްރާންޓުން 3 ވިޔަފާރިއަކަށް ހިލޭ އެހީ ދިނުމަށް ނިންމާފައިވާ ކަމަށް ބީއެމްއެލް އިން ބުނެފިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެހެން އަހަރުތަކުގައި ސްޓާޓަޕް ގްރާންޓް މެދުވެރިކޮށް އެހީ ދެމުން އައިސްފައިވަނީ 2 ވިޔަފާރިއަކަށެވެ. ސްޓާޓަޕް ގްރާންޓް ހާސިލުކުރާ ކޮންމެ ފަރާތަކަށް 500،000 (ފަސް ލައްކަ) ރުފިޔާގެ ހިލޭ އެހީގެ އިތުރުން، ވިޔަފާރި ހިންގައި ކުރިއެރުވުމަށް ބޭނުންވާ ލަފާ ބޭންކުން ފޯރުކޮށްދޭނެ ކަމަށް ބީއެމްއެލްއިން ބުނެފައިވެއެވެ.

އާންމު ފަރުދުންނާއި އަލަށް ރަޖިސްޓްރީ ކޮށްފައިވާ ވިޔަފާރިތަކަށްވެސް މި ގްރާންޓަށް އެދި ހުށަހެޅޭނޭ ފުރުސަތު ވަނީ ހުޅުވާލައިފައެވެ.

ސްޓާޓަޕް ގްރާންޓަށް އެދި 7 ސެޕްޓެންބަރު 2025 ވަނަ ދުވަހުގެ ހަވީރު 4:00 ގެ ކުރިން އަށް [email protected] އީމެއިލް މެދުވެރިކޮށް ކުރިމަތިލުމުގެ ފުރުސަތު ވަނީ ހުޅުވާލައިފައެވެ. ވިޔަފާރިއެއް ފެށުމަށް ނުވަތަ ފުޅާކުރުމަށް ފަންޑު ހޯދުމަށް މަގުފަހިކޮށްދިނުމަށް އަމާޒުކޮށްގެން ބީއެމްއެލް ސްޓާޓަޕް ގްރާންޓް ތައާރަފްކުރީ 2022 ވަނަ އަހަރުގައެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބީއެމްއެލްއިން މާސްޓަރކާޑު ކަސްޓަމަރުންނަށް އޮސްޓްރޭލިއަން އޯޕަން ފައިނަލް ބަލާލަން ދިޔުމުގެ ފުރުސަތު ހުޅުވާލައިފިވިޔަފާރި | 2 ދުވަސް ކުރިން153 މިލިއަނަށް ބިމެއް ގަނެ، ލާޖައްސައިގެން ވެސް ބީއެމްއެލުން ހުޅުމާލެއިން ބިމެއް ހޯދައިފިޚަބަރު | 3 ދުވަސް ކުރިންސައިބާ ސެކިއުރިޓީ ވަރުގަދަކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފި ޚަބަރު | 24 ދުވަސް ކުރިންބީއެމްއެލް އިން ސްޓާޓަޕް ގްރާންޓަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިޚަބަރު | މަހެއް ކުރިން