logo
Bank of Maldives

Bank of Maldives

ޚަބަރު

ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 9.4 އިންސައްތައިން އިތުރުވެއްޖެ

އާމިނަތު ޝަފާ
31 އޯގަސްޓު 2025 - 14:00
ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިން
ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިން

މިދިޔަ އަހަރާ އަޅާ ބަލާއިރު މި އަހަރުގެ މިހާތަނަށް ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 9.4 އިންސައްތަ އިތުރުވެއްޖެ އެވެ. 

ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު މިއަހަރުގެ އޮގަސްޓުމަހުގެ ނިޔަލަށް  1,482,668 (އެއް މިލިއަން ހަތަރު ލައްކަ އަށްޑިހަ ދެހާސް ހަ ސަތޭކަ ފަސްދޮޅަސް އަށެއް) ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައިވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

2024 ވަނަ އަހަރުގެ މި މުއްދަތުގައި ރާއްޖެ ޒިޔާރަތްކުރީ 1,355,395 ( އެއް މިލިއަން ތިން ލައްކަ ފަންސާސް ފަސް ހާސް ތިން ސަތޭކަ ނުވަދިހަ ފަހެއް) ފަތުރުވެރިންނެވެ.

މި އަހަރު އެންމެ ގިނަ ފަތުރުވެރިން އައިސްފައިވާ ޗައިނާއިން 234,440 ފަތުރުވެރިން މިހާތަނަށް ރާއްޖެ ޒިޔާރަތްކޮށްފައިވާއިރު ދެވަނައިގައި އޮތް ރަޝިޔާއިން 176,972 ފަތުރުވެރިން އަދި ތިން ވަނައިގައި އޮތް އިނގިރޭސިވިލާތުން 133,733 ފަތުރުވެރިން ވަނީ މި މުއްދަތުގައި ރާއްޖެ ޒިޔާރަތްކޮށްފައެވެ.

އަހަރުގެ މިހާތަނަށް ބަލާއިރު އެންމެ ގިނައިން ފަތުރުވެރިން ރާއްޖެ އައިސްފައިވަނީ ޖެނުއަރީ މަހުގައެވެ. ޖެނުއަރީ މަހު ރާއްޖެ ޒިޔާރަތްކުރީ 214,863 ފަތުރުވެރިންނެވެ. 

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 9 ލައްކައަށްވުރެ މައްޗަށްޚަބަރު | 13 ދުވަސް ކުރިންމަރުވި އިޓަލީގެ ފަސް ޑައިވަރުންގެ ތެރެއިން ފަހު ދެ މީހުންގެ ހަށިގަނޑު ނަގައިފިޚަބަރު | 23 ދުވަސް ކުރިންފަތުރުވެރިކަން ދަށަށްދާ ފަރަގު ކުޑަކުރެވިއްޖެ: ވަޒީރު އަމީންޚަބަރު | 24 ދުވަސް ކުރިންރާޅާ އަޅަން އުޅުނު ޓޫރިސްޓަކު ގެނބިގެން މަރުވެއްޖެޚަބަރު | 25 ދުވަސް ކުރިން